24 ޖުލައި 2020
ކުރިއަށް އޮތް 10 އަހަރު ތެރޭގައި، ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރުން ހުއްޓާލައި 2030 ގެ ނިޔަލަށް ކާބަން-ނިއުޓްރަލް ކުންފުންޏަކަށްވުމުގެ އަމާޒު މަޝްހޫރު އެޕަލް ކުންފުނިން ހިފައިފި އެވެ.
ކުރިއަށް އޮތް 10 އަހަރު ތެރޭގައި، ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރުން ހުއްޓާލައި 2030 ގެ ނިޔަލަށް ކާބަން-ނިއުޓްރަލް ކުންފުންޏަކަށްވުމުގެ އަމާޒު މަޝްހޫރު އެޕަލް ކުންފުނިން ހިފައިފި އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލް އިން މިކަން އިއުލާންކުރީ އަންގާރަ ދުވަހު އެވެ. އެ ކުންފުނިން ތިމާވެއްޓާ ރައްޓެހި ނޫން ހަކަތަ އެޕަލް ކުންފުނީގެ މަސައްކަތްތަކާއި އުފެއްދުންތަކުން ދަށްކޮށް 2030 ކަނޑައެޅި އަމާޒު ހާސިލުކުރަން މިހާރުން ފެށިގެން މަސައްކަތް ފެށުނީ ކަމަށެވެ.
އެޕަލް އިން ބުނި ގޮތުގައި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ކުންފުނީގެ ހުރިހާ ޑިވައިސްތަކަކީ "ޒީރޯ ކްލައިމެޓް އިމްޕެކްޓް" އެއްޗިއްސަށް ހެދުމާ އެކު މަސައްކަތުގައި 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަކަށް ހިޖުރަކުރުމެވެ.
"ކުރިއަށް މިއޮތް ދިހަ އަހަރުގެ ތެރޭގައި މިކަން ހާސިލުކުރެވޭނެކަމުގެ އުންމީދު ވެސް ވަރަށް ބޮޑު،" އެޕަލް ސީއީއޯ ޓިމް ކުކް ވިދާޅުވި އެވެ. ބުންޏެވެ. "އަހަރެމެން މިހާރު ވަނީ އަމާޒަށް ވާސިލުވާން ރޯޑްމެޕެއް ވެސް އެކުލަވާލާފައި. މިއީ ދެމަހެއްޓެނިވި ތަރައްގީ އަށް ކުރެވޭ ވަރަށް މުހިއްމު މަސައްކަތަކަށް ވާނެ."
By 2030, Apple’s entire business will be carbon neutral — from supply chain to the power you use in every device we make. The planet we share can’t wait, and we want to be a ripple in the pond that creates a much larger change. https://t.co/bltmlnau1X
— Tim Cook (@tim_cook) July 21, 2020
އެޕަލްގެ އެންވަޔަރަމަންޓް ޗީފް ލީޒާ ޖެކްސަން ވިދާޅުވި ގޮތުގައި ކުންފުނީގެ މަސައްކަތްތައް ތިމާވެއްޓާ ރައްޓެހިކުރުމުގެ ގޮތުން މިހާރު ވަނީ "ޑޭވް" ކިޔާ ހާއްސަ ރޮބޮޓެއް ވެސް އުފައްދައި އޭގެ އެހީގައި ގިނަ މަސައްކަތްތަކެއް ކުރަން ނިންމައިފަ އެވެ. އެ ރޮބޮޓް ބޭނުންކުރާނީ އެޕަލްގެ އުފެއްދުންތަކަށް ބޭނުންވާ ރޯ މެޓީރިއަލް ހޯދުމަށެވެ.
ކާބަން-ނިއުޓްރަލް އަށް އަމާޒު ހިފާފައިވާ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި މައިކްރޮސޮފްޓާއި ގޫގުލް އާއި އެމެޒޯން ވެސް ހިމެނެ އެވެ. މި ކުންފުނިތަކުގެ އަމާޒަކީ އިންޓަނެޝަނަލް ޕެނެލް އޮފް ކްލައިމެޓް ޗޭންޖެސް (އައިޕީސީސީ) އިން ކަނޑައަޅާފައިވާ 2050 ގެ ކުރިން ކާބަން-ނިއުޓްރަލް އަށް ވާސިލިވުމެވެ.
ތިމާވެށީގެ ހިމާޔަތަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާއަތްތަކުން ބުނާގޮތުގައި ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުން މަސައްކަތްކޮށްގެން ނޫނީ ދުނިޔެ އަށް މިހާރު ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުހޯދޭނެ އެވެ. އެހެންވެ ހަމައެކަނި ވިޔަފާރީގެ ފައިދާ އަށް އެކަނި ވިސްނުމުގެ ބަދަލުގައި އެފަދަ ކުންފުނިތަކުން ދުނިޔެ ސަލާމަތްކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ގްރީންޕީސް ފަދަ ޖަމިއްޔާތަކުން އަބަދު ވެސް އަންނަނީ ބުނަމުންނެވެ.
އިންސާނުންގެ ކުރިމަތީގައި މި ވަގުތު ތިމާވެށީގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ މޫސުމަށް އަންނަ ނޭދެވޭ ބަދަލު ނުވަތަ ކްލައިމެޓް ޗޭންޖްގެ މައްސަލަ އެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އެޕް ސްޓޯރް އިންޑިއާގައި ވެސް މައްސަލައަކަށް
ޓެސްލާ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
ޓިމް ކުކް ވެސް 100 ބިިލިއަން ޑޮލަރު ކްލަބަށް
މައިކްރޮސޮފްޓުން އިޓަލީ އަށް 1.5 ބިލިއަންގެ އިންވެސްޓްމަންޓެއް
މޫސުމީ ބަދަލާ ދެކޮޅަށް ބެޒޯސް 10 ބިލިއަން ޑޮލަރުދެނީ
މައިކްރޮސޮފްޓް 2030 ގައި ކާބަން ނިއުޓްރަލް ވަނީ
ގޫގުލް ހިންގާ އަލްފަބެޓްގެ އަގު ޓްރިލިއަން ޑޮލަރަށް
ސިރީ ގާތު ދައްކާ ވާހަކަތައް މިހާރު އަޑެއް ނާހާނެ
މައިކްރޮސޮފްޓް މިހާރު ދުވަނީ ވާދަވެރިންގެ ފަހަތުން