Roadha Mihaaru
މައިކްރޮސޮފްޓް މިހާރު ދުވަނީ ވާދަވެރިންގެ ފަހަތުން

މައިކްރޮސޮފްޓް މިހާރު ދުވަނީ ވާދަވެރިންގެ ފަހަތުން

18 އެޕްރީލް 2019

މައިކްރޮސޮފްޓަށް މިއިން ޒަމާނަކު ވެސް އާ ކަމެއް ކުރެވިފައެއް ނެތެވެ. ސާފަސް މަރުކާގެ ނޯޓްބުކްތަކަށް ފަހު، ހާޑްވެއާ އަކީ ވެސް އެ މީހުންނަށް އޮޅުކުރަން އެނގުނެ އެއްޗެއް ނޫނެވެ. މައިކްރޮސޮފްޓަށް މިހާރު ކުރެވޭހާ ވެސް ކަމަކީ ކޮޕީކުރެވޭތޯ ބެލުމެވެ. ވާދަވެރިންގެ ފަހަތުން ހިނގުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓަށް މިއިން ޒަމާނަކު ވެސް އާ ކަމެއް ކުރެވިފައެއް ނެތެވެ. ސާފަސް މަރުކާގެ ނޯޓްބުކްތަކަށް ފަހު، ހާޑްވެއާ އަކީ ވެސް އެ މީހުންނަށް އޮޅުކުރަން އެނގުނެ އެއްޗެއް ނޫނެވެ. މައިކްރޮސޮފްޓަށް މިހާރު ކުރެވޭހާ ވެސް ކަމަކީ ކޮޕީކުރެވޭތޯ ބެލުމެވެ. ވާދަވެރިންގެ ފަހަތުން ހިނގުމެވެ.

ވިންޑޯޒް އަދި އޮފީސް އެޕްލިކޭޝަން ޕެކޭޖް ފިޔަވައި، ވާދަވެރި މާކެޓުގައި މައިކްރޮސޮފްޓް ހިފަހައްޓައިދޭ ވަރުގެ އުފެއްދުމެއް ނެތެވެ. އެހެން ނަމަވެސް، ބަޔަކު ހަމަ ކަމެއް ކުރާއިރަށް، އެކަމެއް ކުރަން ފޫގަޅަ އެވެ. ސްމާޓްފޯނަކީ މައިކްރޮސޮފްޓަށް އޮޅުނުކުރެވުނު އާލާތެކެވެ. ފައިސާ ނެތިގެނެއް ނޫނެވެ. އިންޖިނޭރުން އަދި ފަންނީ މާހިރުންގެ އެއްބާރުލުން ނުލިބިގެނެއް ވެސް ނޫނެވެ. މައިކްރޮސޮފްޓުން ބޭނުންވި ގޮތަށް މަސްރަހު ބަދަލުނުކުރެވުމުންނެވެ.

ސްމާޓްފޯނުތައް ހިންގަން މައިކްރޮސޮފްޓުން މަސައްކަތްކުރީ ވިންޑޯޒްގަ އެވެ. އެއިރު އެކަމަކު ވާދަވެރިންގެ އަތުގައި ހުރި ވަރަށް މައިކްރޮސޮފްޓަށް މޮބައިލް އެޕްލިކޭޝަން އުފެއްދިފައެއް ނެތެވެ. އެޕަލް އަދި ގޫގުލް ވަނީ ފަހަތުން އަރައި ވައްޓައިނުލެވޭހައި އުހުގަ އެވެ. މައިކްރޮސޮފްޓްގެ މި ފިކުރާ ހެދި، ސްމާޓްފޯނާ ކުޅެން އެމީހުންނަކަށް އެއްގޮތަކަށް ވެސް ދަހެއް ނުވި އެވެ.

"އާޓިފިޝަލް އިންޓެލިޖެންސް" އަކީ ވެސް މައިކްރޮސޮފްޓަށް ލިބެން އެދޭ ބާރެކެވެ. އެއީ ކޮން އެއްޗެއްކަން އެނގި އެނގި ތިބި ހާލުގައި ވެސް، ވާދަވެރިން އަރައި ކުޅެގަތުމުގެކުރިން، މައިކްރޮސޮފްޓަށް ހޭވަރިވާކަށް ނޭނގުނެވެ. މައިކްރޮސޮފްޓް ކޯޓާނާ އަށް އާޓިފިޝަލް އިންޓެލިޖެންސް އުނގަނައިދޭން ކުރިހައި މަސައްކަތަކުން ވެސް، ގޫގުލް އަދި އެމެޒޯން އަށް އެނގުން ވާވަރެއް ނުވި އެވެ.

މައިކްރޮސޮފްޓަށް މިހާ ހިސާބުން އޮތީ "އިއާ ބަޑް" ނުވަތަ "ކަންފަތު އުނގުރި" އުފެއްދުމެވެ. އެޕަލް އިން އެ އަށް ކިޔަނީ "އެއާޕޮޑް" އެވެ. ސެމްސަންގުން ކިޔަނީ "ގެލަކްސީ ބަޑް" އެވެ. މައިކްރޮސޮފްޓުން ކިޔަން ބޭނުންވަނީ "ސާފަސް ބަޑް" އެވެ.

ބާރަށް ދުވަނީ ކޮން ބައެއްތޯ ބަލަން ހިނގާށެވެ.