28 އޮކްޓޯބަރ 2021
ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު އީލޮން މަސްކްގެ ކާރު ކުންފުނި ޓެސްލާގެ އަގު ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު އީލޮން މަސްކްގެ ކާރު ކުންފުނި ޓެސްލާގެ އަގު ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.
ފާއިތުވި އަހަރުތަކުގައި ވިޔަފާރީން ބޮޑު ފައިދާއެއް ލިބެމުން އަންނަ ކުންފުނީގެ އަގު ޓްރިލިއަން ޑޮލަރަށް އެރީ ހޯމަ ދުވަހު އެވެ. މިއާ އެކު ޓެސްލާ ވެފައި ވަނީ ޓްރިލިއަން ޑޮލަރަށް އެރި ފަސް ވަނަ ކުންފުންޏަށެވެ.
މީޑިއާތަކުން ބުނީ އިލެކްޓްރިކް ކާރު އުފެއްދުމުގައި މިހާރު ރަސްކަން ކުރާ ކުންފުނީގެ އަގު ޓްރިލިއަން ޑޮލަރަށް އެރުމުގެ މައިގަނޑު ބާރަކަށްވީ ކާރު ކުއްޔަށް ދޭ ކުންފުނި ހާޓްޒް އިން ލިބުނު 100،000 ކާރުގެ އޯޑަރާ އެކީގައި ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 14 މަސް ދުވަހުގެ ތެރޭގައި ޓެސްލާ އިން ހާޓްޒް އަށް ސަޕްލައިކޮށްދޭ މޮޑެލް 3އެސްގެ ކާރުތަކުގެ އަގު 4.2 ބިލިއަން ޑޮލަރަށް އަރަ އެވެ.
ޓެސްލާ އަށް ހާޓްޒް އިން ލިބުނު ބޮޑު އޯޑަރާ އެކު ކުންފުނީގެ ހިއްސާގެ އަގަށް ވެސް ވަނީ 12.6 ޕަސެންޓްގެ ކުރިއެރުމެއް އައިސްފަ އެވެ.
އީލޮން މަސްކް.
ޓެސްލާ އަށް މި ލިބުނު ކުރިއެރުމާ އެކު، ކުންފުނީގައި އޮތް އީލޮންގެ ހިއްސާގެ އަގަށް ވެސް 23 ޕަސަންޓްގެ ކުރިއެރުމާ އެކު މިހާރު ވަނީ އޭނާގެ ހިއްސާގެ 230 މިލިއަން ޑޮލަރަށް އަރައިފަ އެވެ. ސްޕޭސް އެކްސްގެ ވެރިޔާގެ މިލްކިއްޔާތު މިހާރު 255.2 ބިލިއަން ޑޮލަރަށް އަރަ އެވެ.
ޓެސްލާގެ ކުރިން ޓްރިލިއަން ޑޮލަރަށް އެރި ކުންފުނިތަކަކީ އެޕަލް އާއި މައިކްރޮސޮފްޓާއި އެމެޒޯން އާއި ގޫގުލް ހިންގާ ކުންފުނި އަލްފަބެޓެވެ.
މީގެ 18 އަހަރު ކުރިން ވުޖޫދަށް އައި ޓެސްލާ އަކީ މިހާރު 70,750 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އެޕަލް އަށް ޓެސްލާ ވިއްކާލަން އުޅުނިން: އީލޮން
ޓެސްލާގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި
ޓެސްލާއިން ސޮފްޓްވެއާއެއް ވަގަށް ނެގުމުން ދައުވާކުރަނީ
ބޮޑު މަހުޖަނުގެ މަގާމުގައި އީލޮންއަށް ތިން ދުވަސް
ބިލް ގޭޓްސް އަށް ވުރެ އީލޮން މަސްކް މުއްސަނދި
ތިން ވަނަ އަށް އެންމެ މުއްސަނދީ އީލޮން
ބެޒޯސްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް
އެޕަލް 2030 އަށް ކާބަން ނިއުޓްރަލްވަނީ
އެމެޒޯން އިން 1.2 ބިލިއަން ޑޮލަރަށް ޒޫކްސް ގަނެފި