Roadha Mihaaru
ބިލް ގޭޓްސް އަށް ވުރެ އީލޮން މަސްކް މުއްސަނދި

ބިލް ގޭޓްސް ފަހަތަށް ޖައްސާލައި އީލޮން މަސްކް ދެ ވަނަ އަށް

25 ނޮވެމްބަރ 2020

ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ބިލް ގޭޓްސް އަށް ގެއްލި، ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކަށް އެ މަގާމު ފުރަތަމަ ފަހަރަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ބިލް ގޭޓްސް އަށް ގެއްލި، ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކަށް އެ މަގާމު ފުރަތަމަ ފަހަރަށް ލިބިއްޖެ އެވެ.

ގިނަ އަހަރުތަކެއް ވަންދެން މައިކްސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަންކަން ކުރެއްވި ގޭޓްސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހިފަހެއްޓި ނަމަވެސް އޭނާ ފަހަަތަށް ޖައްސާލައި 2017 އިން ފެށިގެން އެންމެ މުއްސަނދި މީހާގެ މަގާމުގައި އޮތީ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް، 56، އަށެވެ. އޭނާގެ މިލްކިއްޔާތު މިހާރު 181.4 ބިލިއަން ޑޮލަރަށް އަރަ އެވެ.

ކުރިން ތިން ވަނައިގައި އޮތީ ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް، 36، އެވެ. އޭނާގެ މިލްކިއްޔާތަކީ 101.7 ބިލިއަން ޑޮލަރެވެ.

ދެ ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު އީލޮން އަށް ލިބުނު އިރު، އޭނާގެ މިލްކިއްޔާތު 127.9 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބްލޫމްބާގް ބިލިއަނާޒް އިންޑެކްސް އިން ބުންޏެވެ. އެތަނުން ބުނިގޮތުގައި އީލޮން، 49، ގެ ތަނަވަސްކަން އުފުލިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު ވެސް މި އަހަރު އުފުލިގެން ދިއުމެވެ. އެގޮތުން މި އަހަރުގެ އޭނާގެ އާމްދަނީ އަށް 7.2 ބިލިއަން ޑޮލަރުގެ ކުރިއެރުމެއް އައިސްފައިވެ އެވެ.

ގޭޓްސް، 65، މިހާރު އޮތީ އެންމެ މުއްސަނދި 10 މީހުންގެ ލިސްޓްގެ ތިން ވަނައިގަ އެވެ. އޭނާގެ މިލްކިއްޔާތަކީ 118.4 ބިލިއަން ޑޮލަރެވެ. ބްލޫމްބާގް ބިލިއަނާޒް އިންޑެކްސް އިން ބުނިގޮތުގައި މިއީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ގޭޓްސް ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ގެއްލުނު ދެވަނަ ފަހަރެވެ.