12 އޯގަސްޓް 2020
އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކްގެ މިލްކިއްޔާތު ވެސް މިހާރު 100 ބިލިއަނަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކްގެ މިލްކިއްޔާތު ވެސް މިހާރު 100 ބިލިއަނަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަހުޖަނުންގެ ތެރެއިން މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އަރާފައި ވަނީ އެންމެ ތިން މީހުންގެ އެވެ. އެއީ އެމެޒޯންގެ ވެރިިޔާ ޖެފް ބެޒޯސް (189.8 ބިލިއަން ޑޮލަރު) އާއި މައިކްރޮސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަން ބިލް ގޭޓްސް (113.6 ބިލިއަން ޑޮލަރު) ގެ އިތުރުން ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް (100 ބިލިއަން ޑޮލަރު) އެވެ.
ޒަކަބާކްގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރިކަން ބްލޫމްބާގުން އިއުލާންކޮށްފައި ވަނީ މިދިޔަ ހަފުތާގަ އެވެ.
Nine years after Tim Cook became the head of Apple, the company is more valuable than ever—and so is Tim Cook https://t.co/r8mMLDk6UZ
— Bloomberg (@business) August 11, 2020
ރިޕޯޓްތައް ބުނާ ގޮތުން ޓިމް، 59، ގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރީ މި އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 125 މިލިއަން ޑޮލަރާ އެކީގަ އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ލިސްޓްގެ ކުރީގައި ހިމެނޭ އެޕަލް އަކީ ކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ ދެ ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ބެލެވޭ ކުންފުންޏެވެ. އެ ކުންފުނީގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އެރީ 2018 ގަ އެވެ.
އެޕަލްގެ ސީއީއޯގެ މަގާމާ ކުކް ހަވާލުވީ މީގެ ނުވަ އަހަރު ކުރިން ސްޓީވް ޖޮބްސް މަރުވުމާ ގުޅިގެންނެވެ. ޓިމް އަކީ ޚައިރާތަށް ވެސް ބޮޑު ހޭދައެއްކުރާ މީހެކެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ބެޒޯސްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް
ބިލް ގޭޓްސް އަށް ވުރެ އީލޮން މަސްކް މުއްސަނދި
ޖެފް، އަނެއްކާވެސް އެންމެ މުއްސަނދި މީހާ އަށް
އެޕަލް އިން މެޓަވާސް އަށް ނުކުތުމުގެ ފުރުސަތު ކުޑަ
އެފްބީގެ ވެރިޔާގެ ސެކިއުރިޓީ އަށް 23 މިލިއަން ޑޮލަރު
ވޮރެން ބަފެޓް ވެސް 100 ބިލިއަން ޑޮލަރު ކްލަބަށް
ބޮޑު މަހުޖަނުގެ މަގާމުގައި އީލޮންއަށް ތިން ދުވަސް
ތިން ވަނަ އަށް އެންމެ މުއްސަނދީ އީލޮން
ޒަކަބާގްގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް