13 ޖެނުއަރީ 2022
ބޮޑެތި ބައެއް ޓެކް ކުންފުނިތައް މިހާރު ވާޗުއަލް ދުނިޔެ، މެޓަވާސްއާ ދިމާ އަށް މިސްރާބު ޖަހާފައި އޮތަސް މަޝްހޫރު އެޕަލް ކުންފުނިން އެކަމަށް ޝައުގުވެރި ކަމެއް ނެތް ކަމަށް ބުނެފި އެވެ.
ބޮޑެތި ބައެއް ޓެކް ކުންފުނިތައް މިހާރު ވާޗުއަލް ދުނިޔެ، މެޓަވާސްއާ ދިމާ އަށް މިސްރާބު ޖަހާފައި އޮތަސް މަޝްހޫރު އެޕަލް ކުންފުނިން އެކަމަށް ޝައުގުވެރި ކަމެއް ނެތް ކަމަށް ބުނެފި އެވެ.
ކުރިން ބެލެވިފައި އޮތީ އެޕަލް އިން ވާޗުއަލް ރިއަލިޓީ (ވީއާރް)/އޯގްމަންޓެޑް ރިއަލިޓީ (އޭއާރް) އާ ގުޅުން ހުރި މަސައްކަތްތައްކޮށް، ވީއާރް ހެޑްސެޓެއް ވެސް ނެރެން ތައްޔާރު ވާތީ އެ ކުންފުނި ވެސް މެޓަވާސްގެ ތެރެއަށް ވަންނާނެ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ވަރަށް ގިނަ ބަޔަކު ސުވާލުތައް ވެސް ފެންމަތި ކުރެ އެވެ. އެކަމަކު އެޕަލް އިން މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެހެންވެ، ގިނަ ބަޔަކު ތިބީ ސީދާ އެޕަލް ބުނާނެ އެއްޗެއްގެ އިންތިޒާރުގަ އެވެ.
އެޕަލް އިން މެޓަވާސް އަށް ނުކުންނާނެތޯ ކުރެވޭ ސުވާލަށް ޖަވާބެއް މި ވަގުތު "ދިރާސާކޮށްފައި" ކޮންމެ ވެސް ވަރެއްގެ ޖަވާބެއް ދީފައި މިއޮތީ އެޕަލްގެ ޚަބަރުތައް ގެެނެސްދޭ ބުލޫމްބާގް މަޝްހޫރު ނޫސްވެރިޔާ މާކް ގާމަން އެވެ.
އޭނާ ބުނި ގޮތުގައި މިހާތަނަށް ސާފުކުރެވުނު މައުލޫމާތުތަކަށް ބަލާއިރު މެޓަވާސް އަށް ގޮސް، އެ ދިމާ އަށް ފޯކަސްކުރުމަކީ އެޕަލްގެ އަމާޒެއް ނޫނެވެ. އެކަމަކު ކުންފުނިން ގޭމިން އާއި ކޮމިއުނިކޭޝަންގެ އިތުރުން ކޮންޓެންޓް ކޮންޒަމްޕްޝަނަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ އެވެ. އެކަމަކު މައިގަނޑު ވިސްނުމަކީ ހަގީގީ ދުނިޔޭގެ ތެރެއިން އެޕަލްގެ އުފެއްދުންތަކާއި އެޕަލްގެ ކޮންޓެންޓްތައް ތަޖުރިބާކުރުމުގެ ފުރުސަތު އަބަދު ވެސް ބޭއްވުމެވެ.
Lots of interest in my take on “Apple Reality” and the Metaverse https://t.co/ZmacFcOC9k pic.twitter.com/C4SNbFbULp
— Mark Gurman (@markgurman) January 9, 2022
މާކް ފާހަގަކޮށްފައިވާ ގޮތުގައި އެޕަލް އިން މެޓަވާސް އަށް ދިއުމުގެ ވިސްނުން ނުގެންގުޅޭ މައިގަނޑު އެއް ސަބަބަކީ ސްކްރީނާ މީހުން ދުރުކުރަން އެ ކުންފުނިން ޕޮލިސީތަކެއް ވެސް ގެންގުޅޭތީ އެވެ. ސްކްރީނަށް ގިނަ ބަޔަކު ދެވިހިފުމުގެ މައްސަލަ އަކީ މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އެވެ. ގިނަ ބަޔަކު ވަކިން ހާއްސަކޮށް ޒުވާނުންނާއި ޅަކުދިންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ މިހާރު މީހުންގެ ދުވަހުގެ ގިނަ ވަގުތި ކޮންމެ ވެސް ސްމާޓް ޑިވައިސްއަކާ އެކު ސްކްރީނަށް ވަގުތު ހުސްކުރާ މީހުންނެވެ.
މީގެ ސަބަބުން ނުކުންނަ ސިއްހީ، އިޖުތިމާއީ އަދި ނަފުސާނީ މައްސަލަތައް ވެސް އިތުރުވަމުންދާކަން ދިރާސާތަކުން އެނގެ އެވެ.
އެޕަލް އިން ވީއާރް ހެޑްސެޓް ނެރެން ނިންމާފައި އޮތަސް އެއާ ބެހޭ ތަފުސީލެއް ވެސް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ އެ ނެރޭނެ އިރެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު މި އަހަރުގެ ތެރޭގައި އެޕަލްގެ ވީއާރް ހެޑްސެޓް ނެރުމުގެ ފުރުސަތު ބޮޑެވެ.
މެޓަވާސް އަށް މިހާރު އެންމެ ބާރަށް މަސައްކަތްކުރާ ކުންފުންޏަކީ އެކަމާ ގުޅިވައިގެން މިދިޔަ އޮޮކްޓޯބަރުގައި ކުންފުނީގެ ނަން "މެޓަ" އަށް ރީބްރޭންޑްކުރި މާކް ޒަކަބާގްގެ ފޭސްބުކެވެ. މެޓަވާސް އަކީ ވާޗުއަލް ދުނިޔެއެކެވެ. މީގައި ހިޔާލީ ދުނިޔޭގައި މީހުންނާއި އެކި އެއްޗިއްސާ ބައްދަލު ވެސް ވެވޭނެ އެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓިމް ކުކް ވެސް 100 ބިިލިއަން ޑޮލަރު ކްލަބަށް
ފޯން ވިޔަފާރީގެ ރަސްކަން އަލުން އެޕަލް އަށް
ފުރަތަމަ އައިފޯނު ހަނދާން އެބަހުރިތަ؟
އެޕަލްގެ އަގު ތިން ޓްރިލިއަނަށް އަރައިފި
އެޕް ސްޓޯރް އިންޑިއާގައި ވެސް މައްސަލައަކަށް
އެޕަލްގެ އަގު 3 ޓްރިލިއަނާ ދިމާއަށް
އެޕަލްއިން ކްރިޕްޓޯއަށް އިންވެސްޓެއް ނުކުރާނެ: ކުކް
އައިފޯން 13 ލިބުން ދަތިވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟