08 އޯގަސްޓް 2020
ފޭސްބުކް ވުޖޫދަށް ގެނެސްގެން ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން ޖާގަ ހޯދި އެމެރިކާގެ މާކް ޒަކަބާގްގެ މިލްކިއްޔާތު ވެސް މިހާރު 100 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފޭސްބުކް ވުޖޫދަށް ގެނެސްގެން ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން ޖާގަ ހޯދި އެމެރިކާގެ މާކް ޒަކަބާގްގެ މިލްކިއްޔާތު ވެސް މިހާރު 100 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން މި ވާހަކަ ދައްކާފައިވަނީ ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމަށް، ޗައިނާގެ ބައިޓްޑާންސްގެ ޓިކްޓޮކާ ދާދި އެއް ކަހަލަ ފީޗާއެއް ކަމަށްވާ "ރީލްސް" ގެނެސް 50 ގައުމަކަށް ތައާރަފުކުރުމާ އެކު، ފޭސްބުކްގެ ހިއްސާގެ އަގު ވެސް އުފުލުމުންނެވެ.
"ރީލްސް" އާ އެކު ފޭސްބުކްގެ ހިއްސާގެ އަގު ބުރާސްފަތި ދުވަހު ހަ ޕަސަންޓަށް ވުރެ މައްޗަށް އުފުލިފައިވެ އެވެ. އަނެއްކޮޅުން އެމެރިކާ ސަރުކާރުން އަންނަނީ އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް މަސައްކަތްކުރަމުންނެވެ.
Mark Zuckerberg joins Jeff Bezos and Bill Gates in the $100 billion club https://t.co/dTcDioVgjF
— Bloomberg Technology (@technology) August 6, 2020
މިއާ އެކު ޒަކަބާގްގެ އަމިއްލަ ތަނަވަސްކަމުގެ މިންވަރު 100 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު އޭނާ މިހާރު ހިމެނެނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެމެޒޯންގެ ޖެފް ބެޒޯސް އާއި ދެވަނަ އަށް އެންމެ ބޮޑު މަހުޖަނު ބިލް ގޭޓްސްއާ އެކު "ސެންޓިބިލިއަނާ ކުލަބް" ގަ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ދިމާކޮށް އެމެޒޯން ކަހަލަ ޓެކް ކުންފުނިތަކުގެ އާމްދަނީ މި އަހަރު ބޮޑުތަނުން އުފުލިފައިވާ އިރު، ބުލޫމްބާގުން ބުނާގޮތުން ފޭސްބުކްގެ ދަށުން ހިންގާ މުއާމަލާތްތަކުން ޒަކަބާގްގެ އާމްދަނީ އަށް މި އަހަރުގެ މިހާތަނަށް 22 ބިލިއަން ޑޮލަރު އިތުރުވެފައިވެ އެވެ. އުމުރުން 36 އަހަރުގެ ޒަކަބާގަކީ މިހާރު ވެސް ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ތެރެއިން އެކެކެވެ.
ފޯބްސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ބިލިއަނަރުންގެ ލިސްޓް ދައްކާ ގޮތުން ޒަކަބާގް އޮތީ 7 ހަތް ވަނައިގަ އެވެ. އެކަމަކު 100 ބިލިއަން ޑޮލަރުގެ މިލްކިއްޔާތާ އެކު އޭނާ އަށް ގަދަ ތިނެކުން ޖާގަ ލިބޭނެ އެވެ.
ބެޒޯސްގެ، 56، ގެ މިލްކިއްޔާތަކީ މިހާރު 185.8 ބިލިއަން ޑޮލަރެވެ. ގޭޓްސް، 64، ގެ މިލްކިއްޔާތު 112.8 ބިލިއަން ޑޮލަރަށް އަރަ އެވެ.
އެފްބީގެ ވެރިޔާގެ ސެކިއުރިޓީ އަށް 23 މިލިއަން ޑޮލަރު
މީޑިއާތަކަށް އެހީވާން ފޭސްބުކުން 100 މިލިއަން ޑޮލަރު
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
"މެޓަ" ގެ ނަމުގެ މައްސަލަ ބޮޑުވެދާނެ
މައުލޫމާތު ނުދީގެން އެފްބީ 70 މިލިއަނުން ޖޫރިމަނާ
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ފޭސްބުކް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
ފޭސްބުކް ނުދޭތީ ޓްރަމްޕް ބަދަލުހިއްޕަވާނެކަމުގެ އިންޒާރު
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް