06 ނޮވެމްބަރ 2021
ފޭސްބުކް ހިންގާ ކުންފުނީގެ ނަން މިދިޔަ މަހުގެ ފަހުކޮޅު "މެޓަ" އަށް ބަދަލު ކުރުމާ އެކު، އެ ނަން ކިޔާ އެހެން ކުންފުންޏަކާ ހެދި ނަމުގެ މައްސަލަ ބޮޑުވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ފޭސްބުކް ހިންގާ ކުންފުނީގެ ނަން މިދިޔަ މަހުގެ ފަހުކޮޅު "މެޓަ" އަށް ބަދަލު ކުރުމާ އެކު، އެ ނަން ކިޔާ އެހެން ކުންފުންޏަކާ ހެދި ނަމުގެ މައްސަލަ ބޮޑުވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މެޓަ ޕީސީގެ ނަމުގައި ހިންގަމުން އަންނަ އެމެރިކާގެ ކުންފުންޏެއްގެ ނަން "މެޓަ" އަށް ރަޖިސްޓްރީ ކުރަން ބެހޭ އިދާރާތަކަށް ހުށަހެޅީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަމަކު އަދި އެ ނަން ރަސްމީކޮށް ޓްރޭޑްމާކެއްގެ ގޮތުގައި މެޓަ ޕީސީ އަށް ލިބިފައި ނެތަސް، އެ ނަން ކުންފުނިން ދޫ ނުކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
އެހެންވެ ނަން ރަޖިސްޓްރީވުމާ އެކު މާކް ޒަކަބާގްގެ މެޓަ ގޮވައިގެން މެޓަ ޕީސީ ކޯޓަށް ދާން ވިސްނާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. އަދި ބައެއް މީޑިއާތަކުން ބުނީ މެޓަ ޕީސީން އެ ނަން ދޫކޮށްލާނީ މަދުވެގެން 20 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ޒަކަބާގްގެ ކުންފުނިން ދޭން އެއްބަސްވާ ނަމަ އެވެ.
an announcement regarding our new name from our founder @zackshutt pic.twitter.com/I7tofqPa6Z
— META PCs (@METAPCs) October 28, 2021
ނަމަވެސް މިކަމާ ގުޅިގެން މެޓަ އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފޭސްބުކް އިންކް އިން މެޓަ ޕްލެޓްފޯމްސް އިންކް އަށް ނަން ބަދަލުކުރި އިރު ޒަކަބާގަށް މެޓަ ކިޔާ އެހެން ކުންފުންޏެއް އޮތްކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ކުންފުނީގެ ނަން "މެޓަ" އަށް ބަދަލުކުރީ ފޭސްބުކުން ތަރައްގީ ކުރަމުން އަންނަ ވާޗުއަލް ވޯލްޑް، "މެޓަވާސް" އާ ގުޅުވައިގެންނެވެ.
މެޓަ ޕީސީ އަކީ ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޓެބްލެޓާއި އެފަދަ އެއްޗިއްސާ ގުޅުން ހުރި ސޮފްޓްވެއާތައް ވިއްކާ ކުންފުންޏެކެވެ. ހިންގާތާ މިހާރު އަހަރެއްހާ ދުވަސްވީ ކުންފުނީގެ ވެރިންނަކީ ޖޯ ޑާގާ އާއި ޒެކް ޝަޓެވެ.
އެ މީހުންގެ ކުންފުންޏަށް ކިޔާ ނަން ފޭސްބުކް ހިންގާ ކުންފުނީގެ ނަމަށް މިދިޔަ މަހުގެ 28 ގައި ރިބްރޭންޑް ކުރުމާ ގުޅިގެން ،މެޓަ ޕީސީން އެކަމަށް އިޝާރާތްކޮށް ޓްވީޓްތަކެއް ވެސް ކޮށްފައިވެ އެވެ. އެގޮތުން އާންމުކުރި ވީޑިއޯއެއްގައި ޖޯކަކަށް ހަދާފައި ޒެކް ބުނީ "މެޓަ ޕީސީ އަކީ މިހާރު ފޭސްބުކް" ކަމަށެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
މައުލޫމާތު ނުދީގެން އެފްބީ 70 މިލިއަނުން ޖޫރިމަނާ
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ފޭސްބުކް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
ފޭސްބުކް ނުދޭތީ ޓްރަމްޕް ބަދަލުހިއްޕަވާނެކަމުގެ އިންޒާރު
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
އެފްބީގެ ވެރިޔާގެ ސެކިއުރިޓީ އަށް 23 މިލިއަން ޑޮލަރު
މާ ބާރުގަދަކުރާތީ ފޭސްބުކަށް އެމެރިކާ އިން ދައުވާކޮށްފި
ރޭ ބެންއާ ގުޅިގެން ފޭސްބުކުން ސްމާޓް އައިނު ނެރެނީ