11 ޑިސެމްބަރ 2020
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ސޯޝަލް ޕްލެޓްފޯމް ފޭސްބުކުން ވާދަވެރިން ދުއްވާލަން މަސައްކަތްކުރާ ކަމަށް ބުނެ އެމެރިކާ ސަރުކާރުން ފޭސްބުކަށް ދައުވާކޮށްފި އެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ސޯޝަލް ޕްލެޓްފޯމް ފޭސްބުކުން ވާދަވެރިން ދުއްވާލަން މަސައްކަތްކުރާ ކަމަށް ބުނެ އެމެރިކާ ސަރުކާރުން ފޭސްބުކަށް ދައުވާކޮށްފި އެވެ.
މާކް ޒަކަބާގްގެ ފޭސްބުކަށް ވައިޓް ހައުސް ދޫކުރައްވަން ޖެހިވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދައުވާކުރި އިރު، ފޭސްބުކާ ދެކޮޅަށް އެމެރިކާގެ 48 ސްޓޭޓަކުން ޝަކުވާ ހުށަހަޅާފައިވެ އެވެ. މިކަމާ ބެހޭ ގޮތުން ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ބުނީ ފޭސްބުކުން ދަނީ އުސޫލުތަކާ މުޅިން ހިލާފަށް ވާދަވެރިންގެ ދައުރު ނައްތާލައި، މޮނޮޕޮލީގެ މައްޗަށް ވިޔަފާރި ބައްޓަންކުރަމުން ކަމަށެވެ.
އެހެން ބައެއް ޕްލެޓްފޯމްތައް ފޭސްބުކްގެ މުށުތެރެއަށް ލަމުންދާ ކަމަށް ބުނެ އިތުރު ދައުވާއެއް ވެސް ކޮށްފައިފައިވެ އެވެ. އެގޮތުން ވަޓްސްއެޕާއި އިންސްޓަގްރާމާ ގަނެ އެ އެއްޗެހީގެ ވާދަވެރިކަން ވެސް ނައްތާލާފައިވާ ކަމަށް ބުނެފައިވެ އެވެ. ފޭސްބުކުން ވަޓްސްއެޕް 19 ބިލިއަން ޑޮލަރަށް ގަތީ 2014 ގަ އެވެ. އަދި ބިލިއަން ޑޮލަރަށް އިންސްޓަގްރާމް ގަތީ 2012 ގަ އެވެ.
މިއާ އެކު ތިން ޕްލެޓްފޯމާ އެކު ފޭސްބުކްގެ އަގު މިހާރު 800 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
ފޭސްބުކަށް ދައުވާކުރަން އެފްޓީސީން ވޮޝިންޓަން ޑީސީ ފެޑެރަލް ކޯޓަށް ހުށަހެޅީ ބުދަ ދުވަހު އެވެ.
މޮނޮޕޮލީގެ މައްސަލާގައި ފޭސްބުކަށް ދައުވާކުރާ މައްސަލާގައި ނިއު ޔޯކްގެ އެޓާނީ ޖެނެރަލް ލެޓިޓިއާ ޖޭމްސް ވިދާޅުވި ގޮތުގައި ފާއިތުވި 10 ވަރަކަށް އަހަރު ފޭސްބުކްގައި މޮނޮޕޮލީގެ ވަކި ވަރަށް ބޮޑަށް ހިއްޕާލައިފަ އެވެ.
"ކުދި ވިޔަފާރިތައް [ސޯޝަލް ޕްލެޓްފޯމްތައް] އިނދަޖައްސާލުުގެ ރޫމެއް ފޭސްބުކްގައި އޮތީ. އެއަށް ލިބޭ އާމްދަނީން ބޮޑު ބައެއް ދުއްވާލަނީ ވެސް އެފަދަ ޕްލެޓްފޯމްތައް ދުއްވާލަން،" އޭނާ ވިދާުވި އެވެ.
ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް.
ފޭސްބުކަށް ކުރާ ދައުވާގައި ވަނީ އެ ކުންފުނީގެ މޮނޮޕޮލީ ހުއްޓުވައި، ވިޔަފާރީގެ ތެރޭގައި ވާދަވެރިކަން އޮންނާނެކަން ކަށަވަރުކޮށްދީ، ކުދި ޕްލެޓްފޯމްތަކުގެ ބާރު އަތުލަން އެފްބީން ކުރާ މަސައްކަތްތައް ވެސް ހުއްޓުމަކަށް ގެނެސްދޭން އެދިފަ އެވެ.
މިކަމާ ބެހޭ ގޮތުން ފޭސްބުކުން ބުނީ އެ ކުންފުންޏާ ދެކޮޅަށް ކުރާ ދައުވާ ދިރާސާކުރަމުން އަންނަ ކަމަށެވެ.
"އެއަށް ފަހު އަހަރެމެން މި މައްސަލާގައި ދެކޭ ގޮތް ހާމަކުރާނަން،" ފޭސްބުކުން ބުންޏެވެ.
މިދިޔަ އޮކްޓޯބަރު މަހު 11 ސްޓޭޓަކުންނާއި ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ގޫގުލްގެ އެންޓިޓްރަސްޓް މައްސަލަތަކެއް ވެސް ކޯޓަށް ހުށަހަޅައިފަ އެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
"މެޓަ" ގެ ނަމުގެ މައްސަލަ ބޮޑުވެދާނެ
މައުލޫމާތު ނުދީގެން އެފްބީ 70 މިލިއަނުން ޖޫރިމަނާ
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ފޭސްބުކް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
ފޭސްބުކް ނުދޭތީ ޓްރަމްޕް ބަދަލުހިއްޕަވާނެކަމުގެ އިންޒާރު
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
އެފްބީގެ ވެރިޔާގެ ސެކިއުރިޓީ އަށް 23 މިލިއަން ޑޮލަރު
ރޭ ބެންއާ ގުޅިގެން ފޭސްބުކުން ސްމާޓް އައިނު ނެރެނީ