28 ފެބުރުއަރީ 2018
އާޓިފިޝަލް އިންޓެލިޖެންސް ޑިވައިސްތައް އުފެއްދުމަށްޓަކައި، މައިކްރޮސޮފްޓް އަދި ޝޯމީ އެއްބަސްވުމެއްގައި ސޮއިކުރި ވާހަކަ އެބަ ދެކެވެ އެވެ. ބޭނުމަކީ އެޕަލް، ގޫގުލް އަދި އެމެޒޯން ބާރުގަދަކޮށްފައި އޮތް، އާޓިފިޝަލް އިންޓެލިޖެންސް "އޭއައި" މާކެޓުން ބައެއް އަތުލުމެވެ. މި ދެ ކުންފުނި ގުޅިގެން އުފައްދާ ޑިވައިސްތައް، ބަޖެޓް ޑިވައިސްތަކެއް ގޮތުގައި، ގިނަ ބަޔަކަށް ގަނެވޭ އަގެއްގައި، އުފައްދަން ވަނީ އެއްބަސްވެފަ އެވެ.

އިލެކްޓްރޯނިކްސް އާލާތްތައް، އޭއައި އަށް ބަދަލުވަނީ އެވެ. އެޕަލް، ގޫގުލް އަދި އެމެޒޯން ވަނީ މި މަސައްކަތުގައި ކުރިހޯދާފަ އެވެ. މާކެޓް ގާތްގަނޑަކަށް ހަމަހަމަ އަށް، ތިން ބަޔަށް ބަހާލައިފަ އެވެ.
ސެމްސަންގް، މައިކްރޮސޮފްޓް އަދި ޗައިނާ އަށް އުފަން ޝޯމީ، ވާވޭ އަދި އޮޕޯ ފަދަ ކުންފުނިތައް، ތަންކޮޅެއް ފަހަތުގައި އުޅުނަސް، ފުރުސަތު އަދި މުޅިން ނުގެއްލެ އެވެ. ސެމްސަންގް ކުރިހޯދަމުން ވަރަށް ބާރަށް ކުރިއެރި ނަމަވެސް، އޭއައި ޑިވައިސްތައް މާކެޓްކުރުމުގައި ލަސްކަން ފާހަގަކުރެވެ އެވެ.
މައިކްރޮސޮފްޓާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އޭއައި ސްމާޓް ސްޕީކަރުތައް ޝޯމީ އުފައްދާނެ އެވެ. "އޭއައި"އިން ހިންގާ ސްމާޓްފޯނުތައް ޝޯމީ އުފައްދާނެ އެވެ. މި ކަމަށް ބޭނުންވާ ގޮތްފޮތް ކިޔައިދީ ޝޯމީ އަށް މައިކްރޮސޮފްޓުން ވަސީލަތްތައް ފޯރުކޮށްދޭނެ ފޯރުކޮށްދޭނެ އެވެ.
ޝޯމީ އަށް މައިކްރޮސޮފްޓުން ވެދޭނެ އެންމެ ބޮޑު އެހީތެރިކަމަކީ އެ ކުންފުނީގެ "ކްލައުޑް ކޮމްޕިއުޓިން" އުފެއްދުންތަކާއި ސޮފްޓްވެއާ މޮޑިއުލްތައް ފޯރުކޮށްދިނުމެވެ. ބަދަލުގައި ޗައިނާ މާކެޓުން މައިކްރޮސޮފްޓަށް ފުރުސަތު ތަނަވަސްކޮށްދިނުން ޝޯމީ އަށް ލާޒިމުވާނެ އެވެ.
މައިކްރޮސޮފްޓް ކޯޓާނާ އަކީ ޝޯމީ އަށް ލިބޭނެ ރަންގަނޑަކަށް ވާނެ ކަމަށް ބުނެވެ އެވެ. އެއީ ޝޯމީ "މީ އޭއައި" ސްޕީކަރުތައް ހިންގަން ބޭނުންތެރި ވަސީލަތަކަށް ވާނެ ކަމަށް ވެސް ބުނެވެ އެވެ. އަދި މައިކްރޮސޮފްޓް ބިންގް، އެޖް އަދި ސްކައިޕް ފަދަ އިންޖީންތައް ބޭނުންކުރަން ޝޯމީ އަށް ފުރުސަތުލިބޭނެ އެވެ.
ގޫގުލް: މާކެޓް ލީޑަރަކަށް ވުމަށް އިންވެސްޓްކުރަނީ
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓެސްލާ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
"ބިންގް" އަކީ މިހާރު "މައިކްރޮސޮފްޓް ބިންގް"
އެޕަލް 2030 އަށް ކާބަން ނިއުޓްރަލްވަނީ
އެޕަލް އިން ސިރީ އަށް އުނގަންނައިދެނީ
މައިކްރޮސޮފްޓް މިހާރު ދުވަނީ ވާދަވެރިންގެ ފަހަތުން
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ
މައިކްރޮސޮފްޓް އެޖް އައިފޯނަށާއި އެންޑްރޮއިޑަށް
އެޕަލް އާއި ގޫގުލް އިން އޯލެޑް ޑިސްޕްލޭ ފަތް ޖަހަނީ