Roadha Mihaaru
މައިކްރޮސޮފްޓް އެޖް އައިފޯނަށާއި އެންޑްރޮއިޑަށް

މައިކްރޮސޮފްޓް އެޖް އައިފޯނަށާއި އެންޑްރޮއިޑަށް

05 އޮކްޓޯބަރ 2017

މޮބައިލް ބްރައުޒާ މާކެޓަށް މައިކްރޮސޮފްޓް ވަންނަނީ އެވެ. ދެކެވޭ ވާހަކަތަކުގައި ބަރުދަނެއް ހުރި ނަމަ، ލަސްތަކެއް ނުވެ، އައިފޯނުގައި މައިކްރޮސޮފްޓް އެޖް ހިންގަން ފަށާނެ އެވެ. ބުނެވޭ ގޮތުގައި، އެންޑްރޮއިޑް ފޯނުތަށް އެޖް އޮތީ ތައްޔާރުކޮށް ނިމިފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މޮބައިލް ބްރައުޒާ މާކެޓަށް މައިކްރޮސޮފްޓް ވަންނަނީ އެވެ. ދެކެވޭ ވާހަކަތަކުގައި ބަރުދަނެއް ހުރި ނަމަ، ލަސްތަކެއް ނުވެ، އައިފޯނުގައި މައިކްރޮސޮފްޓް އެޖް ހިންގަން ފަށާނެ އެވެ. ބުނެވޭ ގޮތުގައި، އެންޑްރޮއިޑް ފޯނުތަށް އެޖް އޮތީ ތައްޔާރުކޮށް ނިމިފަ އެވެ.

މައިކްރޮސޮފްޓަށް އިންޓަނެޓް ބްރައުޒާ މާކެޓް ފަރިތަ ނަމަވެސް، މޮބައިލް ބްރައުޒާ މާކެޓް އޮތީ ރޮލާ އެވެ. ބާރުގަދަ ބްރައުޒާތައް ރަސްކަމަށް ވާދަކުރާ މާހައުލެއްގައި، މައިކްރޮސޮފްޓަށް ޖެހޭނީ އިނގިލިކުރީގައި ހިފައިގެން އެޖް ބްރައުޒާ އަށް މަގުދައްކާށެވެ.

އެންޑްރޮއިޑް ފޯނުތަކުގައި ގޫގުލް ކްރޯމް އަދި މޮޒިއްލާ ފަޔާފޮކްސް ވާދަކުރާއިރު، ސެމްސަންގް އަމިއްލަ ފޯނުތަކަށް އެ ކުންފުނިން ވަނީ އަމިއްލަ އިންޓަނެޓް ބްރައުޒާއެއް ދީފަ އެވެ. ސެމްސަންގުން އިންޓަނެޓް ބްރައުޒާގައި ވަރަށް ގިނަ އަދި އެހައި ފަސޭހަ ފީޗާތައް ވަނީ ހިމަނާފަ އެވެ.

އައިފޯނުގައި އެޕަލް ސަފާރީ އަށް ބޮޑުބައި ދީފައި އޮތް ނަމަވެސް، ވިޔަފާރި އުސޫލުން ގޫގުލް ކްރޯމް އަށް "ބިންކޮޅެއް" ވަނީ ވިއްކާލާފަ އެވެ. އެހެންކަމުން ސަފާރީ އަދި ކްރޯމް އަށް އައިފޯނު ތަހަންމަލްކުރެވޭ މިންވަރަށް އެޖް ބްރައުޒާ އަށް ނުކުރެވުން ގާތެވެ.

މޮބައިލް ބްރައުޒާ މާކެޓްގައި ތާޑްޕާޓީ ބްރައުޒާތައް ގިނަ ނަމަވެސް، ކުރީ ސަފުން ޖާގައެއް، އެއިން ބްރައުޒާއަކަށް ލިބުމަށް ވުރެ ގާތީ ނުލިބުމެވެ. ސަބަބަކީ ބާރުގަދަ ކުންފުނިތަކުން ފުރުސަތު ނުދިނުމެވެ.

މޮބައިލް ބްރައުޒާ މާކެޓް އަންދާޒާކުރާ މީހުން ދެކޭ ގޮތުގައި، އެޖް ބްރައުޒާގެ ދާރަތައް ކިތަންމެ އޮމާން ނަމަވެސް، ގޫގުލް ކްރޯމް އަދި އެޕަލް ސަފާރީ ކިބައިން ސަލާމަތްވުން އުނދަގޫ ކަމަކަށް ވާނެ އެވެ.