03 އޯގަސްޓް 2019
އެޕަލްގެ ވާޗްއަލް އެސިސްޓަންޓް "ސިރީ" ގާތު ކަސްޓަމަރުން ދައްކާ ވާހަކަ އެޕަލް އިން އަޑު އަހާ މައްސަލަ ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެކަން މިހާރު ހުއްޓާލާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.
އެޕަލްގެ ވާޗްއަލް އެސިސްޓަންޓް "ސިރީ" ގާތު ކަސްޓަމަރުން ދައްކާ ވާހަކަ އެޕަލް އިން އަޑު އަހާ މައްސަލަ ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެކަން މިހާރު ހުއްޓާލާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.
އެ ކުންފުނން ބުނި ގޮތުގައި "ކޮލިޓީ ކޮންޓްރޯލް ކުރަން" ކުރިއަށް ގެންދިޔަ ގްރޭޑިން ޕްރޮގްރާމްގެ ތެރެއިން، ކަސްޓަމަރުން ދައްކާ ވާހަކަ އެޕަލްގެ މުވައްޒަފުން ކުރިން އަޑުއެހި ނަމަވެސް އެކަން މިހާރު ނުކުރާނެ އެވެ. އަދި މި އުސޫލު މުޅި ދުނިޔެ އަށް އެޕްލައި ވާނެ ކަމަށް ބުންޏެވެ. މި މައްސަލަ ފެންމަތިވުމުން އެޕަލް އިން ބުނެފައި ވަނީ ހިދުމަތްތައް ރަނގަޅު ކުރަން ބޭނުންވާތީ އަޑު އަހާފައި ވަނީ ސީދާ އެކަމަށް ކިރިކިރިޔާ ފުދޭ ވަރަށް ކަމަށެވެ.
ސިރީ ގާތު ދައްކާ ވާހަކަ އަޑު ނޭހިއެއްކަމަކު، ސިރީގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވާނެ ބަޔަކު ހޯދުމަށްޓަކައި، ބޭނުންކުރާ މީހުންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް އެޕަލް އިން ބުންޏެވެ. އައިއޯއެސް އަށް، ސިރީއާ ގުޅޭ ގޮތުން ދެން ގެންނަ ކުރިއެރުންތަކުގައި މިކަން (ސާމްޕަލްތައް ރެކޯޑްކުރުން) ބޭނުންކުރާ މީހުންގެ އިޚްތިޔާރަށް ދޫކޮށްލައި "ޕޮޕަޕް" މެސެޖަކުން ދައްކުވާނެ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ. އެމެޒޯން އެލެކްސާ ވެސް މި މޮޑެލް އަށް ފައްތާނެ ކަމަށް އެ މީހުން ބުނެ އެވެ.
އެލަޕް އިން ބުނި ގޮތުގައި އެންމެ މުހިއްމު ކަމަކީ ކަސްޓަމަރުންގެ ޕްރައިވެސީ ކަމަށްވާތީ ކުރިން ހެދުނު ގޯސްތައް ދެން ތަކުރާރެއް ނުކުރާނެ އެވެ.
ޓެކް ކްރަންޗަށް އެޕަލް އިން ބުނި ގޮތުގައި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ބޭނުން ކުރާ މީހުންގެ އިތުރުބާރު ކަމަށްވާތީ ކަސްޓަމަރުން ނުރުހޭ ގޮތަކަށް ހިދުމަތްތަކެއް ބައްޓަމެއް ނުކުރާނެ އެވެ. އެހެންވެ ކުރިން ހެދުނު ގޯސްތަކަށް މައާފަށް އެދޭ ކަމަށާއި އެކަން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ވެސް ދޭ ކަމަށް ބުންޏެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ގޫގުލް އިން ވެސް މިހާރު ވަނީ ގޫގުލް އެސިސްޓެންޓްގެ ގްރޭޑިން ޕްރޮގްރާމަށް ކޮންމެވެސް ވަރެއްގެ ހިފަހެއްޓުންތަކެއް ގެނެސްފަ އެވެ. އެގޮތުން އީޔޫގެ ގައުމުތަކުގައި މިކަން ކުރުން ވަނީ ހުއްޓާލައިފަ އެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ
އެޕަލް 2030 އަށް ކާބަން ނިއުޓްރަލްވަނީ
ސިރީ ގާތު ދައްކާ ވާހަކަ މުވައްޒަފުން އަޑުއަހާ: އެޕަލް
އެޕް ސްޓޯރް އިންޑިއާގައި ވެސް މައްސަލައަކަށް
ޓެސްލާ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
ޓެކް ކުންފުނިތަކުގެ އިވެންޓްތަކެއް އަންނަ ހަފުތާގައި
ނިންޓެންޑޯގެ "ޑރ. މާރިއޯ ވޯލްޑް" ހުއްޓާލަނީ
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
މިހާރު 3 ބިލިއަން އެންޑްރޮއިޑް ޑިވައިސް ބޭނުންކުރޭ