Roadha Mihaaru
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ

ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ފޯނުތަކަށް

26 މެއި 2021

ޗައިނާގެ ވާވޭ އިން އުފެއްދި އަމިއްލަ އޮޕަރޭޓިން ސިސްޓަމް (އޯއެސް) ހާމަނިއޯސް ނުވަތަ ހާމަނީ އޯއެސް އަންނަ މަހުގެ 2 ގައި ސްމާޓްފޯންތަކަށް ލިބޭނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ވާވޭ އިން އުފެއްދި އަމިއްލަ އޮޕަރޭޓިން ސިސްޓަމް (އޯއެސް) ހާމަނިއޯސް ނުވަތަ ހާމަނީ އޯއެސް އަންނަ މަހުގެ 2 ގައި ސްމާޓްފޯންތަކަށް ލިބޭނެ ކަމަށް ބުނެފި އެވެ.

މިކަން އެ ކުންފުނީގެ ޓްވިޓާގައި ވަނީ އިއުލާނުކޮށްފަ އެވެ.

އެމެރިކާ އިން ވާވޭ ބްލެކްލިސްޓްކުރުމާ ގުޅިގެން ގޫގުލް އިން އެ ކުންފުންނަށް އެންޑްރޮއިޓް ސަޕޯޓް ދިނުން ހުއްޓައިލުމާ ގުޅިގެން ތަރައްގީކުރި އަމިއްލަ އޯއެސް އިއުލާންކުރީ 2019 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ހާމަނިއޯސް ވާވޭގެ ސްމާޓްވޮޗާއި ވާވޭ ޓީވީ އާއި ކާރު ހެޑް ޔުނިޓް ފަދަ އެއްޗެހީގައި ބޭނުންކުރަން ފަށާފައިވެ އެވެ. އަދި ވާވޭގެ ސްމާޓްފޯނަށް އަމިއްލަ އޯއެސް މި އަހަރު ގެންނާނެ ކަމަށް ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެހެންވެ ވާވޭ ފޯނު ގެންގުޅޭ މީހުންނަށް ދެން އާ އޯއެސް ކުރަން ޖެހޭ މާ ދިގު އިންތިޒާރެއް ނެތެވެ. ޖޫން 2 މިހާރު އޮތީ ދާދި ގާތުގަ އެވެ. އާ އޯއެސްއާ އެކު، ވާވޭގެ ފޯނުތަކުން ފެންނާނެ ބަދަލުތަކެއް ތަޖުރިބާކުރުމަކީ ވެސް ގިނަ ބަޔަކު ޔަގީނުން ވެސް ޝައުގުވެރިވާނެ ކަމަކަށްވާނެ އެވެ.