16 ނޮވެމްބަރ 2020
ޗައިނާގެ ވާވޭއާ އެކު ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ހުއްދަ އެމެރިކާގެ ސެމީކޮންޑަކްޓަރު ކުންފުނި ކުއަލްކޮމަށް އެމެރިކާގެ ސަރުކާރުން އަލުން ދީފި އެވެ.
ޗައިނާގެ ވާވޭއާ އެކު ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ހުއްދަ އެމެރިކާގެ ސެމީކޮންޑަކްޓަރު ކުންފުނި ކުއަލްކޮމަށް އެމެރިކާގެ ސަރުކާރުން އަލުން ދީފި އެވެ.
އެ ހުއްދަ އަލުން ދިފައި ވަނީ ޗިފް އުފައްދާ އެމެރިކާގެ ޓެކް ކުންފުނިތަކުން ޗައިނާގެ ކުންފުނިތަކާ އެކު ވިޔަފާރިކުރުން ސެޕްޓެމްބަރު މަހު ހުއްޓުވާފައި ވަނިކޮށެވެ. އެ ނިންމުމަކީ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއި ޗައިނާ ދެމެދު ހޫނުވެފައިވާ ސީޔާސީ ކޯޅުންތަކުގެ ތެރެއިން އެމެރިކާ އިން އެޅި ފިޔަވަޅެކެވެ.
ވާވޭއާ އެކު އަލުން ވިޔަފާރީގެ މުއާލަމާތް ހިންގުމުގެ ހުއްދަ ކުއަލްކޮމަށް އަލުން ދީފައި ވަނީ މި މަހުގެ 3 ގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވައި ޓްރަމްޕް ބަލިވެވަޑައިގެންފައި ވަނިކޮށެވެ.
Qualcomm receives U.S. permission to sell 4G chips to Huawei in exception to ban https://t.co/KDg13KsZ4t
— Adhushan (@Adhushan1) November 15, 2020
ހުއްދަ ލިބުނުކަން ކަށަވަރުކޮށް ދެމުން ކުއަލްކޮމްގެ ތަރުޖަމާނު ހުކުރު ދުވަހު ރޮއިޓާސް އަށް ވިދާޅުވީ އެމެރިކާ ސަރުކާރުން ހުއްދަ ދިނީ 4ޖީ މޮބައިލް ފޯނުގެ ޗިޕްސް ވިއްކުމުގެ ހުއްދަ ކަމަށެވެ.
"ވާވޭގެ ވަރަށް ގިނަ ޕްރޮޑަކްޓްސް ވިއްކުމުގެ ލައިންސަންސް އަލުން މި ވަނީ ލިބިފައި. އޭގެ ތެރޭގައި 4ޖީ ޕްރޮކްޑަކްޓްތައް ވެސް ހިމެނޭ،" ތަރުޖަމާނު ވިދާޅުވި އެވެ.
ނަމަވެސް ވާވޭ އަށް ވިއްކަން ލިބުނު 4ޖީ ޕްރޮޑަކްޓްތަކާ ބެހޭ ތަފުސީލުތަކެއް ކުއަލްކޮމް އަކުން ނުދެ އެވެ. ވިޔަފާރި ދިިސާރާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ވާވޭ އަށް 4ޖީ ގެ ޕްރޮޑަކްޓްސް ވިއްކަން އަލުން ކުއަލްކޮމަށް ހުއްދަ ލިބުނަސް، މީގެ ތެރެއިން މާ ބޮޑު ފައިދާއެއް ނުލިބޭނެ އެވެ. ސަބަބަކީ 4ޖީ އަށް ވުރެ ބޮޑަށް މިހާރު 5ޖީ ފުޅާވާން ފެށުމެވެ. އަދި ކުއަލްކޮމަށް 5ޖީ ޑިވައިސްތަކުގެ ޗިޕް އުފެއްދުމުގެ ހުއްދަ ލިބުނުކަން ވެސް ކަށަވަރެއް ނުވެ އެވެ.
އެމެރިކާ އިން ބްލެކްލިސްޓްކުރި ވާވޭ އަށް މޮބައިލް ޗިޕް ވިއްކުން ހުއްޓައިލި އެމެރިކާގެ ކުންފުނިތަކުގެ ތެރޭގައި މައިކްރޯން ޓެކޮނޮޖީ އާއި އިންޓެލް ކޯޕަރޭޝަން ހިމެނެ އެވެ. އެ ކުންފުނިތަކުން މިހާރު އަލުން ލައިންސްސަން ހޯދަން އެދިފަ އެވެ.
އެމެރިކާގެ ކުންފުނިތަކުން ވާވޭ އަށް ޗިޕް ވިއްކުން ހުއްޓުމަކަށް ގެނައުމުން ވާވޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހައިސިލިކަން އިން ޗިޕް އުފެއްދުމުގެ މަސައްކަތް ފުޅާކޮށްފައިވެ އެވެ.
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
ބައިޑެންގެ ސަރުކާރަށް އުންމީދު ބޮޑު: ވާވޭގެ ސީއީއޯ
ވާވޭގެ 5ޖީ އާ މެދު ޔޫކޭން އަލުން ވިސްނަން ގޮވާލައިފި
ވާވޭގެ އޯއެސް އަންނަ އަހަރު ސްމާޓްފޯނުތަކަށް
ވާވޭގެ ވެރިޔާ އަށް ވެސް ރަނގަޅީ އައިފޯން
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ
ޗައިނާގެ މުވާސަލާތީ ސާމާނު ގަތުން އެމެރިކާ ހުއްޓާލަނީ
ފޯން ވިޔަފާރީގެ ރަސްކަން އަލުން އެޕަލް އަށް
ވާވޭގެ ފަތްޖެހޭ ފޯނު ޗައިނާގެ މާކެޓަށް ނެރެފި