19 ފެބުރުއަރީ 2020
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް، ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ 10 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސައިފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް، ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ 10 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސައިފި އެވެ.
މިކަން އޭނާ އިންސްޓަގްރާމްގައި ހިއްސާކުރައްވަމުން ވިދާޅުވީ "ބެޒޯސް އާތު ފަންޑް" އިން ކްލައިމެޓް ޗޭންޖަށް ހޭދަކުރާ 10 ބިލިއަން ޑޮލަރަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ސައިންޓިސްޓުންނާއި އެކްޓިވިސްޓުންނާއި އެހެނިހެން ގްރޫޕްތަކުން ކުރާ މަސައްކަތްތަކަށް ދެއްވާ އެހީއެއް ކަމަށެވެ. އަދި އެކަމަށް ހާއްސަ ފަންޑެއްގެ ދަށުން އެހީތެރިކަން ފޯރުކޮށް ދެއްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ. މި ފަންޑުގެ ދަށުން، އަންނަ މަހުގެ ތެރޭގައި ފައިސާތައް ފޯރުކޮށްދޭން ޖެހޭ ދިމަދިމާލަށް އެހީވާން ފަށާނެ އެވެ.
ބެޒޯސް ވިދާޅުވި ގޮތުގައި ކްލައިމެޓް ޗޭންޖަކީ މި ވަގުތު ދުނިޔެ އަށް ކުރިމަތިވެފައިވާ އެންމެ ސީރިއަސް އެއް މައްސަލަ އެވެ.
"އެހެންވީމަ އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރާ ނަމަ މި ދުނިޔެ އަހަރެމެންނަށް ސަލާމަތްކުރެވޭނެ،" ބެޒޯސް ވިދާޅުވި އެވެ. "މީގައި ހުރިހާ ގައުމުތަމުތަކާއި ކުދިބޮޑު ކުންފުނިތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި އަދި ފަރުދީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ކުރުން ވަރަށް މުހިއްމު. ދުނިޔެ އަކީ އެންމެންގެ ތަނެއް. އެހެންވެ މިތަން ހިމާޔަތްކޮށް، ރައްކާތެރިކުރަން މަސައްކަތްކުރަން ޖެހޭނީ ވެސް އެންމެން އެއްކޮށް."
"ބެޒޯސް އާތު ފަންޑް" ދަށުން ކްލައިމެޓް ޗޭންޖަށް 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމި އިރު، އެއީ އޭނާގެ މިލްކިއްޔާތުގެ 8 ޕަސަންޓެވެ. ބެޒޯސްގެ މިލްކިއްޔާތު 130 ބިލިއަން ޑޮލަރަށް އަރަ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްލައިމެޓް ޗޭންޖާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބޮޑު އެހީއެއް ދެއްވަން ބެޒޯސް ނިންމެވީ އެމެޒޯންގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުންތަކެއްގެ އެދުމާއި ޕްރެޝަރާ ހެދި އެވެ.
ޖެފް ބެޒޯސްގެ "އާތު ފަންޑް" އަށް އާ ވެރިއެއް
ބެޒޯސްގެ އާތު ފަންޑުން ޖަމިއްޔާތަކަށް 791 މިލިއަން
އޮބާމާ ފައުންޑޭޝަނަށް ބެޒޮސްގެ 100 މިލިއަން ޑޮލަރު
ބެޒޯސްގެ ފަރާތުން 200 މިލިއަން ޑޮލަރުގެ އެހީއެއް
މެކެންޒީ މިހާތަނަށް 4.2 ބިލިއަން ޑޮލަރުގެ އެހީ ދީފި
އެޕަލް 2030 އަށް ކާބަން ނިއުޓްރަލްވަނީ
އެމެޒޯންގެ އޮފީސް އިމާރާތެއް ގެދޮރުނެތް މީހުންނަށް ދީފި
ތިމާވެށީގެ ހިމާޔަތުގައި ޗައިނާއާއި އެމެރިކާ އެއްގަލަކަށް
ޗައިނާ އެމެރިކާއަށް: ހުސްއަނގަ ނުތަޅާ އަމަލުން ދައްކާ
ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް