Roadha Mihaaru
ތިމާވެށީގެ ހިމާޔަތުގައި ޗައިނާއާއި އެމެރިކާ އެއްގަލަކަށް

ތިމާވެށީގެ ހިމާޔަތުގައި ޗައިނާ އާއި އެމެރިކާ އެއްގަލަކަށް

11 ނޮވެމްބަރ 2021

ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން، ދުނިޔެ ހޫނުވުމަށް މެދުވެރިވާ ސަބަބުތައް ނައްތައިލުމުގައި ގުޅިގެން މަސައްކަތްކުރުމަށް، އެމެރިކާ އާއި ޗައިނާ އިން އެއްބަސްވެ، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26 ގައި، އިއްޔެ އެކަން އިއުލާންކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ގްލާސްގޯގައި މިހާރު ކުރިއަށް ދާ ކޮޕް26ގައި ދެ ގައުމުން އާންމުކުރި ގުޅިފައިވާ ބަޔާނުގައިވާ ގޮތުން، ދުނިޔެ ހޫނުވުން ހުއްޓުވުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރުން މަދުކުރުމާއި، ޖަންގަލިތައް ހިމާޔަތްކުރުމާއި، ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓައިލުމެވެ.

ދެ ގައުމުގެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ދެގުނަ އިތުރުކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް އެންމެ ގިނައިން ކާބަން ޑައިއޮކްސައިޑް ދޫކުރާ ދެ ގައުމުން ބުނި ގޮތުގައި، ދެ ގައުމުން ސޮއިކުރި އެއްބަސްވުމުގެ ބޭނުމަކީ، މޫސުމީ ބަދަލުތައް ހުއްޓުވުމަށް، 2020ގެ އަހަރުތަކުގައި ގުޅިގެން މަސައްކަތް ކުރުމެވެ.

އަދި މިކަމުގައި އަމަލުކުރާނެ މިންގަނޑެއް ކަމުގައި ބަލާނީ، 2015 ވަނަ އަހަރުގެ ޕެރިސް އެގްރީމެންޓް ކަމަށް ވެސް އެމެރިކާ އާއި ޗައިނާ އިން ބުނެ އެވެ. އޭގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު 2025ގެ ނިޔަލަށް ވަރަށް ބޮޑަށް ދަށްކުރުމަކީ ވެސް މި އެއްބަސްވުމުގެ އަމާޒެކެވެ.

ނޮވެމްބަރު 10، 2021؛ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް، ޗައިނާ އާއި ރަޝިޔާ އިން އެއްބަސްވެ، އިނގިރޭސި ވިލާތުގެ ގްލާސްގޯގައި ކުރިއަށް ދާ، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާގައި، ތިމާވެއްޓާ ބެހޭ ޗައިނާގެ ހާއްސަ މަންދޫބު ޒީ ޒެންހުއާ އެކަން އިއުލާން ކުރައްވަނީ. --އޭއެފްޕީ

"ދެ ފަރާތަށް ވެސް އެއްބަސްވެވެނީ، ދުނިޔޭގެ ހޫނުމިން މަތިވުން ކޮންޓްރޯލްކުރުމަށް ޕެރިސް އެގްރީމެންޓްގައި ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި، އެކަމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކާ ދެމެދު ވަރަށް ބޮޑު ހުސް ބާގަނޑެއް އެބަ އޮތްކަމަށް. އެހެންވީމާ، މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތް، އަހަރެމެން ގުޅިގެން ވަރުގަދަކުރާނަން،" އެމެރިކާ އާއި ޗައިނާގެ އެއްބަސްވުން އިއުލާން ކުރައްވައި އިއްޔެ ގްލާސްގޯގައި ވާހަކަ ދައްކަވަމުން ޗައިނާ ސަރުކާރުގެ ތިމާވެއްޓާ ބެހޭ ހާއްސަ މަންދޫބު ޝީ ޒެންހުއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، ތިމާވެށި ހިމާޔަތް ކުރުމުގައި ގެންގުޅޭނެ ހަރުދަނާ ރޭވުމެއް ވެސް، މި އެއްބަސްވުމުގައި ހިމެނެ އެވެ. އަދި ޕެރިސް އެގްރީމެންޓް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި މިހާރު ކުރެވެން ހުރި ކަންކަން ނިންމުމަށް، ކޮޕް26ގައި ދެ ގައުމުން މަސައްކަތް ކުރާނެ އެވެ. އަދި މި އެއްބަސްވުމާ ހަމައަށް އައުމަށްޓަކައި، މިވޭތުވެ ދިޔަ 10 މަސް ތެރޭގައި، އެމެރިކާ އާއި ޗައިނާގެ ކަމާ ބެހޭ އޮފިޝަލުންގެ މެދުގައި، އޮންލައިން މެދުވެރިކޮށް 30 ބައްދަލުވުން ބާއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަރަންސޭސި ވިލާތުގެ ޕެރިހުގައި 2015 ވަނަ އަހަރު ބޭއްވި، އދ.ގެ މޫސުމާ ބެހޭ ބައްދަލުވުމުގައި ދުނިޔޭގެ ގައުމުތަކުން ނިންމާފައިވަނީ، 1750 ވަނަ އަހަރު ސިނާއީ އިންގިލާބު ފެށުމުގެ ކުރިން، ދުނިޔޭގެ ފިނިހޫނުމިން ހުރި މިންވަރަށް ވުރެ، 1.5 ޑިގްރީ ސެލްސިއަސް އިތުރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ.

ނޮވެމްބަރު 10، 2021؛ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް، ޗައިނާ އާއި ރަޝިޔާ އިން އެއްބަސްވެ، އިނގިރޭސި ވިލާތުގެ ގްލާސްގޯގައި ކުރިއަށް ދާ، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާގައި، ތިމާވެއްޓާ ބެހޭ އެމެރިކާގެ ހާއްސަ މަންދޫބު ޖޯން ކެރީ އެކަން އިއުލާން ކުރައްވަނީ. --އޭއެފްޕީ

މުޅި ދުނިޔެ އިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 40 ޕަސެންޓް ހިއްސާކުރަނީ ޗައިނާ އާއި އެމެރިކާ އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ، ތިމާވެއްޓާ ބެހޭ މަންދޫބު އަދި ކުރީގެ ހާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ ޗައިނާއާ އެކު ގާއިމުކުރި އެއްބަސްވުމަކީ، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާގެ ކާމިޔާބީ ރަމްޒުކޮށްދޭ ބަޔާނެއް ކަމަށެވެ. އަދި މި އެއްބަސްވުމަކީ، ޕެރިސް އެގްރީމެންޓާއި މިހާރުގެ ހާލަތާ ދެމެދު އޮތް ބޮޑު ހުސް ބާގަނޑު ފުރައިލުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޖޯން ކެރީ ވިދާޅުވި އެވެ.

"މިހާރު އަޅާ ކޮންމެ ފިޔަވަޅަކީ ވެސް އެހާމެ މުހިންމު ފިޔަވަޅެއް. އަހަރެމެންގެ ކުރިމަތީގައި ވަރަށް ދިގު ރާސްތާއެއް އަދިވެސް އެބަ އޮތް."

އެމެރިކާ އާއި ޗައިނާ އިން، ދުނިޔޭގެ ތިމާވެށީގެ ހިމާޔަތުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވައިލި އެއްބަސްވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ބައްދަލުކުރެއްވުމެއް، މިފެށޭ ހަފުތާގެ ތެރޭގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޮންނާނެ އެވެ.