05 އެޕްރީލް 2022
މޫސުމީ ބަދަލުތަކުން އިންސާނީ ދަރިފަސްކޮޅު ސަލާމަތްކުރުމަށް އިންސާނުންގެ ކުރިމަތީގައި އޮތީ މަދު އަހަރުތަކެއް ކަމަށް، އދ.ގެ ތިމާވެށީގެ ތަޖުރިބާކާރުން އިންޒާރުކޮށްފި އެވެ.
މޫސުމީ ބަދަލުތަކުން އިންސާނީ ދަރިފަސްކޮޅު ސަލާމަތްކުރުމަށް އިންސާނުންގެ ކުރިމަތީގައި އޮތީ މަދު އަހަރުތަކެއް ކަމަށް، އދ.ގެ ތިމާވެށީގެ ތަޖުރިބާކާރުން އިންޒާރުކޮށްފި އެވެ.
ދުނިޔެ ހޫނުވުން ހުއްޓުވައި، ދިރިއުޅެވޭ ފަދަ ކުރިމަގެއް ކަށަވަރުކުރުމުގެ މައްޗަށް، އދ.ގެ އިންޓަގަވަރްމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން އިއްޔެ ޝާއިއުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ ތިމާވެށި މިހާރު އޮތީ ސަލާމަތްކުރަން ދަތި މިންވަރަކަށް ނުރައްކަލަށް ހުށަހެޅިފަ އެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް ޖައްވަށް ދޫކުރާ މިންވަރު ދަށްކުރުމަށް އޮތީ ތިން އަހަރުގެ މުއްދަތެއް ކަމަށެވެ.
އޭގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މިހާރު ޖައްވަށް ބޭރުވާ މިންވަރު، އޭގެ ދެ ބައިކުޅަ އެއްބަޔަށް ދަށް ކުރުމަށް، މިހާރުގެ ޖީލުތަކުގެ ކުރިމަތީގައި އޮތީ އެންމެ 10 އަހަރު ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކަށް ބަލާއިރު، ދުނިޔޭގެ ތިމާވެށި ސަލާމަތް ކުރުމަކީ އުނދަގޫ އަދި ބުރަ ބޮޑު މަސައްކަތެއް ކަމަށާއި ނަމަވެސް އެއީ އަދިވެސް ކުރެވިދާނެ ކަމެއް ކަމަށް އެ ރިޕޯޓްގައިވެ އެވެ. އެހެން ނަމަވެސް، ދުނިޔޭގެ ގައުމުތަކުގެ ސިޔާސަތުތައް މިހާރު ވެސް ހުރީ، ރެކޯޑް މިންވަރަކަށް ދުނިޔޭގެ ހޫނުމިން މަތިވާނެ ފަދަ ގޮތަކަށް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު ދަށް ނުކޮށްފި ނަމަ، ދުނިޔޭގެ ހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ދާނެ ކަމަށް، އައިޕީސީސީން ވަނީ 1990 ވަނަ އަހަރު އިންޒާރު ކޮށްފަ އެވެ. ނަމަވެސް، ޖައްވަށް ވިހަ ގޭސް ދޫކުރުން ހުއްޓުވުމަށް، ސިނާއީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެ އެވެ.
ލިބެން ހުރި މައުލޫމާތަށް ބުރަވެ، ތިމާވެށީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ދުނިޔޭގެ ހޫނުމިން މިހާރު ވަނީ، ސިނާއީ އިންގިލާބު ފެށުނު އިރު ހުރި މިންވަރަށް ވުރެ، 1.5 ސެލްސިއަސް ދަރަޖަ މަތިވުމާ ވަރަށް ކައިރީގަ އެވެ. އަދި ވިހަ ގޭސްތައް ޖައްވަށް ދޫކުރާ މިންވަރު މިހާރުން މިހާރަށް މަދުނުކޮށްފި ނަމަ، މިހިނގާ ސައްތަ ނިމޭއިރު، 3.2 ދަރަޖަ އަށް ދުނިޔޭގެ ހޫނުމިން މައްޗަށް ދާނެ އެވެ.
އައިޕީސީސީން ކުރި ދިރާސާގައި ބުނެފައިވާ ގޮތުގައި މި ބިންމަތީގައި އިންސާނީ ދަރިފަސްކޮޅު ދެމިއޮންނަން ބޭނުންވާ ނަމަ، 2025 ވަނަ އަހަރު އައުމުގެ ކުރިން، ވިހަ ގޭސްތައް މިހާރު ޖައްވަށް ބޭރުވާ މިންވަރަށް ވުރެ އިތުރުވިޔަ ނުދީ ހުއްޓުވަންޖެހޭނެ އެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، 2030 ވަނަ އަހަރު އަންނަ އިރު، ޖައްވުގެ ތެރެއަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު 43 ޕަސެންޓަށް ދަށްކުރަންޖެހޭނެ އެވެ. އަދި 2050 ވަނަ އަހަރު އަންނަ އިރު، އެ ނިސްބަތް 84 ޕަސެންޓަށް ދަށްކޮށްގެން ނޫނީ، ޕެރިސް އެގްރީމެންޓްގައި ބުނެފައިވާ 1.5 ދަރަޖައިގައި، ދުނިޔޭގެ ހޫނުމިން މަތިވާ މިންވަރު ނުހިފެހެއްޓޭނެ އެވެ.
"ދުނިޔެ ހޫނުވާ މިންވަރު 1.5 ދަރަޖައިގައި ހިފަހައްޓަން ބޭނުން ނަމަ، އެކަން ކުރަންވީ މިވަގުތު، އެހެން ނޫނީ ދެން އެކަމެއް ނުކުރެވޭނެ. ސިނާއީ ހުރިހާ ދާއިރާއެއްގައި މިހާރުން މިހާރަށް، ވަރަށް ބޮޑަށް މަސައްކަތްކޮށް، ވަރަށް ބޮޑަށް ވިހަ ގޭސްތައް މަދުކޮށްގެން ނޫނީ، އެކަން ކުރުމަކީ މުސްތަހީލު ކަމެއް،" އައިޕީސީސީ ރިޕޯޓް އެކުލަވައިލުމުގައި އިސްކޮށް އުޅުއްވި، ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ޕްރޮފެސަރު ޖިމް ސްކޭ ވިދާޅުވި އެވެ.
އައިޕީސީސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ތިމާވެށި މިހާރު ހަލާކުވެފައިވާ މިންވަރަށް ބަލާއިރު، ވިހަ ގޭސްތައް ޖައްވަށް ބޭރުކުރާ މިންވަރު ދަށްކޮށްގެން އެކަނި ފަރުޖެހޭކަށް ނެތެވެ. އޭގެ އިތުރުން، މިހާރު ޖައްވުގެ ތެރޭގައި ހުރި ވިހަ ގޭސްތައް ޖައްވުގެ ތެރެއިން ދަމައި މަދުކުރެވޭނެ ޓެކްނޮލޮޖީއެއް ފަރުމާކޮށް ތަރައްގީކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން
ކާބަން ޑައިއޮކްސައިޑް އާދަޔާ ޚިލާފަށް މައްޗަށް
ތިމާވެށީގެ ހިމާޔަތުގައި ޗައިނާއާއި އެމެރިކާ އެއްގަލަކަށް
ވައުދުތައް ވިޔަސް އަމާޒަށް ވާސިލުވާން ގާތް ވެސް ނުވޭ
ޗައިނާ އެމެރިކާއަށް: ހުސްއަނގަ ނުތަޅާ އަމަލުން ދައްކާ
ޖަންގަލިން ގަސް ކެނޑުން ހުއްޓައިލުމަށް ވައުދުވެއްޖެ
ހޫނު އެންމެ ގަދަވީ މިދިޔަ 8 އަހަރު: ރިޕޯޓް
އިންޑިއާ، ޕާކިސްތާންގެ ހޫނަކީ ކުރިމަގަށް އިންޒާރެއް
ކޮޕް27 މިސްރުގައި، ކޮޕް28 އެމިރޭޓްސްގައި