24 ނޮވެމްބަރ 2021
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮމާބާގެ، އޮބާމާ ފައުންޑޭޝަނަށް މަހުޖަނު ޖެފް ބެޒޮސް 100 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮމާބާގެ، އޮބާމާ ފައުންޑޭޝަނަށް މަހުޖަނު ޖެފް ބެޒޮސް 100 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.
ފައިސާގެ މި ބޮޑު އެހީ އަކީ 1960 ގެ އަހަރުތަކުގައި އެމެރިކާގައި މަދަނީ ހައްގުތައް ހޯދުމަށް ހަރަކާތްތައް ފެށުނު ފަހުން އެ މަސައްކަތުގައި ހަޔާތު ބޮޑު ބައި ހޭދަކުރި އަދި މިދިޔަ އަހަރު މަރުވި ޖޯން ލުވިސްގެ ޝަރަފުގައި ދޭ އެހީއެކެވެ.
މި އެހީ އޮބާމާ ފައުންޑޭޝަނަށް ދިނުމުގެ އިތުރަށް ދެވަނައަށް އެންމެ ބޮޑު މަހުޖަނު ވަނީ މިހާރު ޝިކާގޯގައި ހަދަމުން އަންނަ އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރުގެ ޕްލާޒާއަކަށް "ޖޯން ލުވިސް ޕްލާޒާ" ގެ ނަން ވެސް ދޭން އެދިފަ އެވެ. ބެޒޮސް ބުނި ގޮތުގައި މިނިވަންކަން ހޯދަން މަސައްކަތްކުރި މީހުންނަކީ އަބަދު ވެސް ހާއްސަ މަގާމެއް ދެވިފައިވާ ބަޔަކަށް ވާން ޖެހޭނެ އެވެ. އަދި ޖޯން އަކީ އެ މަސައްކަތުގައި ނަމޫނާ ދެއްކި ޝަހުސިއްޔަތެއް ކަމަށް ބުންޏެވެ.
އެމެރިކާގެ ގާނޫނު ހަދާ މަލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ޖޯން މަރުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އެމެރިކާގެ 44 ވަނަ ރައީސްގެ ގޮތުގައި ވެރިކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވި އޮބާމާގެ އޮބާމާ ފައުންޑޭޝަން އުފެދުނީ 2014 ގަ އެވެ.
އޭނާގެ ފައުންޑޭޝަނަަށް ބެޒޮސް 100 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމި އިރު މިދިޔަ ހަފުތާގައި ވަނީ ހާލުގައި އުޅޭ އާއިލާތަކަށް އެހީވާން މަސައްކަތްކުރާ 32 ޖަމިއްޔާއަކަށް 96 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ދީފަ އެވެ. ބެޒޮސް އަކީ އަބަދު ވެސް ބޮޑެތި އަދަދުތަކުން އެހީވަމުން އަންނަ މީހެކެވެ. އެމެޒޯން ކުންފުނީގެ ކުރީގެ ސީއީއޯގެ މިލްކިއްޔާތު 210.7 ބިލިއަން ޑޮލަރަށް އަރަ އެވެ.
ބެޒޯސްގެ ފަރާތުން 200 މިލިއަން ޑޮލަރުގެ އެހީއެއް
ޖެފް ބެޒޯސްގެ "އާތު ފަންޑް" އަށް އާ ވެރިއެއް
މެކެންޒީ މިހާތަނަށް 4.2 ބިލިއަން ޑޮލަރުގެ އެހީ ދީފި
އެމެޒޯންގެ އޮފީސް އިމާރާތެއް ގެދޮރުނެތް މީހުންނަށް ދީފި
މޫސުމީ ބަދަލާ ދެކޮޅަށް ބެޒޯސް 10 ބިލިއަން ޑޮލަރުދެނީ
ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް
ދެ މަހުޖަނުންގެ ޖައްވީ ދަތުރު ބޮޑު ވާދަޔަކަށްވެއްޖެ
އެމެޒޯންގެ އާ ސީއީއޯ މަގާމާ ހަވާލުވެއްޖެ
ބެޒޯސް އަށްވުރެ ކުރިން ބްރޭންސަން ޖައްވަށް ފުރަނީ
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖައްވަށް ދަނީ