Roadha Mihaaru
ބެޒޯސްގެ ފަރާތުން 200 މިލިއަން ޑޮލަރުގެ އެހީއެއް

ބެޒޯސްގެ ފަރާތުން 200 މިލިއަން ޑޮލަރުގެ އެހީއެއް

16 ޖުލައި 2021

މި މަހުގެ 20 ގައި ޖައްވީ ދަތުރަށް ފުރާވަޑައިގަންނަވާ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސް އެމެރިކާގެ ސުމިތުސޯނިއަން އިންސްޓިޓިއުޝަންގެ ނެޝަނަލް އެއާ އެންޑް ސްޕޭސް މިއުޒިއަމަށް 200 މިލިއަން ޑޮލަރު ހަދިޔާކުރައްވަން ނިންމަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 20 ގައި ޖައްވީ ދަތުރަށް ފުރާވަޑައިގަންނަވާ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސް އެމެރިކާގެ ސުމިތުސޯނިއަން އިންސްޓިޓިއުޝަންގެ ނެޝަނަލް އެއާ އެންޑް ސްޕޭސް މިއުޒިއަމަށް 200 މިލިއަން ޑޮލަރު ހަދިޔާކުރައްވަން ނިންމަވައިފި އެވެ.

މި އެހީ އަކީ މިހާތަނަށް އެތަނަށް ލިބުނު އެންމެ ބޮޑު ހިލޭ އެހީ އެވެ. ނެޝަނަލް އެއާ އެންޑް ސްޕޭސް މިއުޒިއަމުން ބުނީ އެހީގެ ބޮޑު އަދަދެއް ހޭދަކުރާނީ އެތަނުގެ މިއުޒިއަމްގައި އެޑިކޭޝަން ސެންޓަރެއް ހަދާށެވެ. އެތަނުގައި 130 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ސެންޓަރަށް ކިޔަން ނިންމާފައި ވަނީ ބެޒޯސް ލާނިން ސެންޓަ އެވެ.

"މިއީ މިއުޒިއަމްގެ ކުރިއެރުމާއި ތަރައްގީ އަށް ލިބުނު ވަރަށް ބޮޑު އެހީއެއް. މީގެ ސަބަބުން ކުރެވޭ މަސައްކަތުގެ ސަބަބުން ސްޕޭސްއާ ގުޅުން ހުރި ކަންކަމުގައި ދަރިވަރުންނާއި ޓީޗަރުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ." ސުމިތުސޯނިއަން އިންސްޓިޓިއުޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުންޏެވެ.

އެތަނުން ބުނި ގޮތުގައި މިހާތަނަށް ހެޔޮ އެދޭ ވަރަށް ފަރާތްތަކުންނާއި ފެޑެރަލް ސަރުކާރުން ވެސް މާލީ އެހީ ލިބިފައިވެ އެވެ. އެކަމަކު ބެޒޯސް ދެއްވަން ނިންމެވި އެހީ އިންސްޓިޓިއުޝަން އުފެދުނު ފަހުން މިހާތަނަށް ލިބުނު އެހީ ކަމަށް ބުންޏެވެ.

އެމެޒޯން ކުންފުނީގެ ކުރީގެ ސީއީއޯ ބެޒޯސް، 57، ގެ މިލްކިއްޔާތު 210.3 ބިލިއަން ޑޮލަރަށް އަރަ އެވެ.

ސުމިތުސޯނިއަން އިންސްޓިޓިއުޝަން ވުޖޫދަށް އައީ މީގެ 174 އަހަރު ކުރިން އޮގަސްޓް 10، 1846 ގަ އެވެ.