11 ޖުލައި 2021
ސްޕޭސް ޓޫރިޒަމް ފަށައި، ޖައްވީ ދަތުރެއް ކުރާ ފުރަތަމަ މަހުޖަނުގެ މަގާމު ހޯދަން އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސް މަސައްކަތްކުރަމުން އަންނަނިކޮށް އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަން އެ މަގާމު ހޯދަން އަމާޒު ހިފުމުން ބެޒޯސް މަލާމާތްކޮށްފި އެވެ.
ސްޕޭސް ޓޫރިޒަމް ފަށައި، ޖައްވީ ދަތުރެއް ކުރާ ފުރަތަމަ މަހުޖަނުގެ މަގާމު ހޯދަން އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސް މަސައްކަތްކުރަމުން އަންނަނިކޮށް އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަން އެ މަގާމު ހޯދަން އަމާޒު ހިފުމުން ބެޒޯސް މަލާމާތްކޮށްފި އެވެ.
މި އަހަރުގެ ކުރީކޮޅު ބެޒޯސްގެ ދަތުރު މި މަހުގެ 20 އަށް ތާވަލުކޮށްފައި ވަނިކޮށް، ބްރޭންސަންގެ ދަތުރު މި މަހުގެ 11 ގައި ބާއްވާނެކަން އިއުލާންކުރީ މިދިޔަ ހަފުތާގެ ތެރޭގެ އެވެ. މިއަދު ދަތުރަށް ފަށާ އިރު، ބެޒޯސްގެ ސްޕޭސް ކުންފުނި ބްލޫ އޮރިޖިން ވަނީ ބްރޭންސަންގެ ދަތުރަށް ޖޯކް ޖަހައިފަ އެވެ.
ބެޒޯސްގެ ދަތުރަކީ ރޮކެޓް ސްޓައިލަށް ތައްޔާރުކޮށްފައިވާ، ހަ މީހުންގެ ޖާގައިގެ "ނިއު ޝެފަޑް" ގައި ކުރާ ދަތުރެކެވެ. މިއީ އޭގެ އެތެރޭގައި ތިބޭ އިރު، 360 ޑިގްރީ ވިއު ނުވަތަ ވަށައިގެން ބޭރުގެ މާހައުލު އެއްކޮށް ފެންނާނެ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.
ބްލޫ އޮރިޖިންގެ "ނިއު ޝެފަޑް".
ބްރޭންސަންގެ ސްޕޭސް ކުންފުނި، ވާޖިން ގެލެކްޓިކްގެ ޖައްވީ ދަތުރަށް ބޭނުންކުރަނީ މަތިންދާބޯޓު ފާޑަށް ފަރުމާކޮށްފައިވާ، ހަ މީހުންގެ ޖާގައިގެ "ޔުނިޓީ22" އެވެ. ދެ ކުންފުނީގެ އުޅަނދުގައި ހުރި ފަރަގުތަކާއި ދަތުރުގެ ދުރުމިނުގެ ރާސްތާ އަޅާކިޔާފައި ބްލޫ އޮރިޖިން އިން ކުރި ޓްވީޓްތަކެއްގައި ހުކުރު ދުވަހު ވާޖިން ގެލެކްޓިކަށް މަލާމާތްކޮށްފައިވެ އެވެ.
Only 4% of the world recognizes a lower limit of 80 km or 50 miles as the beginning of space. New Shepard flies above both boundaries. One of the many benefits of flying with Blue Origin. pic.twitter.com/4EAzMfCmYT
— Blue Origin (@blueorigin) July 9, 2021
ބްލޫ އޮރިޖިން އިން ބުނި ގޮތުގައި އެ ކުންފުނީގެ އުޅަނދަކީ ޖައްވީ ދަތުރަކަށް އެންމެ ފައްކާވާނެ އަދި ޖައްވީ ދަތުރުގެ ތެރޭގައި މަންޒަރު އެންމެ ފުރިހަމަކޮށް ފެންނާނެ ގޮތަށް ހަދާފައިވާ އުޅަނދެކެވެ. "ނިއު ޝެފާޑް" އަކީ ޖައްވުގެ މަންޒަރުތައް ބަލަން ބޮޑެތި ދޮރުތައް ލާފައިވާ އެއްޗެއް ކަމަށާއި އޭގައި ކުރާ ދަތުރަކީ އެފަދަ އުޅަނދެއްގައި ޖައްވަށް ދެވޭނެ އެންމެ ދުރު ރާސްތާއަކަށް ދެވޭނެ އުޅަނދު ކަމަށް ވެސް ބުނެފައިވެ އެވެ.
From the beginning, New Shepard was designed to fly above the Kármán line so none of our astronauts have an asterisk next to their name. For 96% of the world’s population, space begins 100 km up at the internationally recognized Kármán line. pic.twitter.com/QRoufBIrUJ
— Blue Origin (@blueorigin) July 9, 2021
މިއާ އެކު ވާޖިން ގެލެކްޓިލް އުޅަނދު ބްލޫ އޮރިޖިން އިން ސިފަކޮށްފައި ވަނީ އާދައިގެ އުސްމިނަކުން ބުރުޖަހާނެ "ހައި އޯލްޓިޓިއުޑް ޕްލޭން" އެއްގެ ގޮތުގަ އެވެ.
"އޭގެ ދޮރުތައް ވެސް ހުރި އާދައިގެ ފްލައިޓެއްގެ ހުންނަ ވަރުގެ ކުދިކުދި ކުޑަދޮރުތަކެއް،" ބްލޫ އޮރިޖިން ބުންޏެވެ. "އަނެއްކާ އެ މީހުންގެ އުޅަނދަކު ނެތް އެސްކޭޕް ސިސްޓަމެއް ވެސް. އޭގެ ސަބަބުން ދުނިޔޭގެ އޯޒޯން ފަށަލަ އަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ."
ވާޖިން ގެލެކްޓިކްގެ "ޔުނިޓީ 22".
ބްލޫ އޮރިޖިންގެ މަލާމާތާ ގުޅިގެން ވާޖިން ގެލެކްޓިކުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ ކުންފުނީގެ ހުރިހާ ސަމާލުކަމެއް އޮތީ މިއަދު ފަށާ ދަތުރު ކާމިޔާބުކުރުމަށެވެ.
ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް
ބްރެންސަންގެ ކުންފުނިން އީލޮން ޖައްވަށް ދަނީ
ޖައްވަށް ދާން ޓިކެޓެއް ހަ މިލިއަން ރުފިޔާއަށް
ބެޒޯސް އަށްވުރެ ކުރިން ބްރޭންސަން ޖައްވަށް ފުރަނީ
ހޭންކްސް އަށް ޖައްވީ ދަތުރަކީ ބޭކާރު ކަމެއް
ސްޕޭސް ޓޫރިޒަމަށް ވިލިއަމް ފާޑުވިދާޅުވެއްޖެ
ވާޖިން ގެލެކްޓިކުން ދެ މީހަކު ޖައްވަށް ގެންގޮސްދެނީ
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖައްވަށް ދަނީ
ޖައްވީ ޓޫރިޒަމަށް ބޭނުންކުރާނެ އުޅަނދު ދައްކާލައިފި
ވާޖިން ގެލޭޓިކްގެ ޖައްވީ ސޫޓް ދައްކާލައިފި