11 މާޗް 2021
މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރަން އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސް އުފައްދާފައިވާ "ބެޒޯސް އާތު ފަންޑް" ގެ ވެރިއަކަށް އާ މީހަކު ހަމަޖައްސައިފި އެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރަން އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސް އުފައްދާފައިވާ "ބެޒޯސް އާތު ފަންޑް" ގެ ވެރިއަކަށް އާ މީހަކު ހަމަޖައްސައިފި އެވެ.
މިކަން ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އިންސްޓަގްރާމްގައި އާންމުކޮށް ވިދާޅުވީ އަންނަ މަހުގެ މެދުތެރެއިން ފެށިގެން "ބެޒޯސް އާތު ފަންޑް" ގެ ރައީސް/ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޑރ. އެންޑްރޫ ސްޓިއާ ކަމަށެވެ. ތިމާވެށީގެ ތަޖުރިބާކާރެއް ކަމަށްވާ އެންޑްރޫ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ ވޯލްޑް ރިސޯސެސް އިންސްޓިޓިއުޓް (ޑަބްލިއުއާރްއައި) ގެ ސީއީއޯގެ ގޮތުގަ އެވެ. އެތަނުގައި އޭނާ އަށް އަހަރު ހިދުމަތްކޮށްފައިވެ އެވެ.
"އަހަރެމެން ވަރަށް އުފާކުރަން އަހަރެމެންގެ ޓީމްގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި އެންޑްރޫ އަންނަ މަހުން ފެށިގެން މަސައްކަތް ފައްޓަވާތީ،" އެމެޒޯން ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.
ފެބްރުއަރީ 17، 2019 ގައި އިއުލާންކުރި "ބެޒޯސް އާތު ފަންޑް" ގެ އެއް އަމާޒަކީ މުސޫމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ ފާހަގަކޮށްލެވޭ ބޮޑެތި މަސައްކަތްތަކަށް އެހީވުމެވެ. އެގޮތުން 2030 އާ ހަމައަށް އެހީގެ ގޮތުގައި ފަންޑުން 10 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވެ އެވެ.
"ބެޒޯސް އާތު ފަންޑް" އިން މިދިޔަ އަހަރު 16 ޖަމިއްޔާއަކަށް 791 މިލިއަން ޑޮލަރު ދީފައިވެ އެވެ.
ބެޒޯސް ވިދާޅުވީ އާތު ފަންޑްގެ ވެރިއަށް އެންޑްރޫ ވަޑައިގެންނެވުމާ އެކު މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވި ކްލައިމެޓް ޗޭންޖްގެ މައްސަލަތަކާ ދެކޮޅަށް ކުރެވޭ ކަންކަން އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ. އެގޮތުން ރިސާޗްތައް ހެދުމާއި މޫސުމީ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކާއި އިންސްޓިޓިއުޝަންތަކަށް ފަންނީ އެހީ ވެސް ދެވޭނެ ކަމަށް ވިދާޅުވި އެވެ.
The Earth Fund will invest in scientists, NGOs, activists, and the private sector to help drive new technologies, investments, policy change and behavior. We will emphasize social justice, as climate change disproportionately hurts poor and marginalized communities [4/5]
— Dr. Andrew Steer (@AndrewSteerWRI) March 9, 2021
"ބެޒޯސް އާތު ފަންޑް" އިން ފުރުސަތު ލިބިވަޑައިގަތުމުން އެ ވާހަކަ ޓްވިޓާގައި ވެސް ހިއްސާކުރައްވައި އެންޑްރޫ ވިދާޅުވީ ފަންޑުން ސައިންޓިސްޓުންނާއި އެންޖީއޯތަކާއި އެކްޓިވިސްޓުންނަށް ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދަން އާ ޓެކްނޮލޮޖީ އީޖާދުކުރަން އެހީތައް ދެވޭނެ ކަމަށެވެ.
"ބެޒޯސް އާތު ފަންޑް" ގެ އިސް ވެރިޔާގެ މަގާމުން ބެޒޯސް ފެއަށް ޖެހިވަޑައިގަންނަވަން ނިންމެވި އިރު މިދިޔަ ފެބްރުއަރީ މަހު އޭނާ ވަނީ އެމެޒޯންގެ ސީއީއޯގެ މަގާމު ވެސް ދޫކޮށްލައްވަން ނިންމަވައިފަ އެވެ. މި އަހަރުގެ ޖުލައި 1 ގެ ފަހުން ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރީގެ ސީއީއޯގެ މަގާމާ ހަވާލުވާނީ މިހާރު އެމެޒޯންގެ ވެބް ސާވިސްގެ ޗީފް އެކްޒެކެޓިވްގެ މަގާމުގައި ހުންނެވި އެންޑީ ޖެސީ އެވެ.
މޫސުމީ ބަދަލާ ދެކޮޅަށް ބެޒޯސް 10 ބިލިއަން ޑޮލަރުދެނީ
އޮބާމާ ފައުންޑޭޝަނަށް ބެޒޮސްގެ 100 މިލިއަން ޑޮލަރު
ބެޒޯސްގެ ފަރާތުން 200 މިލިއަން ޑޮލަރުގެ އެހީއެއް
މެކެންޒީ މިހާތަނަށް 4.2 ބިލިއަން ޑޮލަރުގެ އެހީ ދީފި
ބެޒޯސްގެ އާތު ފަންޑުން ޖަމިއްޔާތަކަށް 791 މިލިއަން
އެމެޒޯންގެ އޮފީސް އިމާރާތެއް ގެދޮރުނެތް މީހުންނަށް ދީފި
ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް
ދެ މަހުޖަނުންގެ ޖައްވީ ދަތުރު ބޮޑު ވާދަޔަކަށްވެއްޖެ
އެމެޒޯންގެ އާ ސީއީއޯ މަގާމާ ހަވާލުވެއްޖެ
ބެޒޯސް އަށްވުރެ ކުރިން ބްރޭންސަން ޖައްވަށް ފުރަނީ