Roadha Mihaaru
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް

އެޕަލް އިން އަންނަ އަހަރު "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް

19 ނޮވެމްބަރ 2021

އެޕަލްގެ ޑިވައިސްއަކަށް މައްސަލަ ޖެހިގެން މަރާމާތުކުރަން ޖެހިއްޖެ ނަމަ ބޯގޮވާ މީހުންނަށް މިހާރު އޮތީ އުފާވެރި ޚަބަރެކެވެ. އެއީ އެތަކެއް އަހަރެއް ފަހުން އެޕަލް އިން އަންނަ އަހަރުގެ ކުރީކޮޅު "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގާމެއް ފަށަން ނިންމިކަން އިއުލާންކުރުމެވެ. މި ބަދަލާ އެކު "އެޕަލްއާ ނުބައްސައި" އަމިއްލައަށް އައިފޯން ފަދަ ޑިވައިސްތައް މަރާމާތުކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ ޑިވައިސްއަކަށް މައްސަލަ ޖެހިގެން މަރާމާތުކުރަން ޖެހިއްޖެ ނަމަ ބޯގޮވާ މީހުންނަށް މިހާރު އޮތީ އުފާވެރި ޚަބަރެކެވެ. އެއީ އެތަކެއް އަހަރެއް ފަހުން އެޕަލް އިން އަންނަ އަހަރުގެ ކުރީކޮޅު "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގާމެއް ފަށަން ނިންމިކަން އިއުލާންކުރުމެވެ. މި ބަދަލާ އެކު "އެޕަލްއާ ނުބައްސައި" އަމިއްލައަށް އައިފޯން ފަދަ ޑިވައިސްތައް މަރާމާތުކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

އެޕަލް އިން ބުނި ގޮތުގައި މި ހުޅުވާލާ ފުރުސަތާ އެކު އައިފޯނުގެ ބެޓެރި އާއި ސްކްރީނާއި ކެމެރާ ބަދަލުކުރުން ފަދަ ކަންކަން އަމިއްލަ އަށް ކުރެވޭނެ އެވެ. މިކަން ފަހިކޮށްދޭން އެޕަލް އިން ނިންމީ އެ ފުރުސަތު ދިނުމަށް ގޮވާލައި، އެތައް ބަޔަކު ކެމްޕޭން ކުރާތާ ވެސް އެތައް ދުވަހެއް ފަހުންނެވެ.

ޓިމް ކުކްގެ އެޕަލް އިން ބުނި ގޮތުގައި "ސެފްލް-ސާވިސް ރިޕެއާ" ޕްރޮގްރާމް ފަށާ އިރު، އެތަނުގެ އާ ރިޕެއާ ސްޓޯރުން އައިފޯނާ ގުޅުން ހުރި 200 އަށް ވުރެ އައިޓަމް ވިއްކާނެ އެވެ.

އެޕަލް ބުނީ އިން ކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ލުއެއްދޭ އިރު މިކަން ކުރިއަށް ގެންދިއުމުގެ ފުރުސަތުދޭނީ އިލެޓްރިކް ޑިވައިސްތައް މަރާމާތުކުރުމުގެ ހުނަރާއި ތަޖުރިބާ ހުރި ޓެކްނިޝަނުން މެދުވެރިކޮށް ޑިވައިސްތައް މަރާމާތުކުރެވޭ ގޮތަށެވެ.

"އެހެންވީމަ ދެން ކަސްޓަމަރުންނަށް އޮންނާނެ އެންމެ ބޮޑު ލުޔަކީ އެފަދަ މަސައްކަތްތައް ކުރާ ޕްރޮފެޝަނަލް ބައެއްގެ ގާތަށް ގޮސް ހިދުމަތް ހޯދުން." އެޕަލްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޖެފް ވިލިއަމްސް ވިދާޅުވި އެވެ.

މިހާތަނަށް މި ފުރުސަތު އެޕަލް އިން ހުޅުވާނުލައި އޮތީ ކުންފުނިން ބުނާ ގޮތުން އުފެއްދުންތަކުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައެވެ.

ޖެފް ވިދާޅުވި ގޮތުގައި ޑިވައިސްތައް އަމިއްލަ އަށް މަރާމާތު ކުރަން އަންނަ އަހަރު ހުޅުވާލާ ފުރުސަތުތަކުގެ ސަބަބުން ދިގު މުއްދަތަކަށް ޑިވައިސް ބޭނުންކުރަން ކަސްޓަމަރުންނަށް އިތުރަށް މަގުފަހިވެގެން ދާނެ އެވެ.

އެ ކުންފުނިން "ސެލްފް-ސާވިސް ޕްރޮގްރާމް" ފަށަން ނިންމާފައި ވަނީ ހުއްދަދޭ 5،000 އަށް ވުރެ ގިނަ ޓްނަރުންނާއި އަމިއްލަ ގޮތުން މަރާމާތުކޮށްދޭ 2،800 ފަރާތާ އެކީގަ އެވެ. އެޕަލް އިން ބުނެފައިވާ ގޮތުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި ޑިވައިސްތަކުގެ އޮރިޖިނަލް ބައިތަކާ އެކު މަރާމާތުކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ އަދަދު ގާތްގަނޑަކަށް ދެ ގުނަވެފައިވެ އެވެ.

އަންނަ އަހަރު "ސެލްފް-ސާވިސް ޕްރޮގްރާމް" ފަށަން ނިންމިކަން އިއުލާންކޮށްފައި މި ވަނީ އެޕަލްގެ ބާނީންގެ ތެރޭގައި ހިމެނޭ ސްޓީވް ވޮޒަނިކް ވެސް ދާދި ފަހަކުން އެ ފުރުސަތު ދޭން ގޮވާލައްވާފައި ވަނިކޮށެވެ.