Roadha Mihaaru
ބިލް ގޭޓްސްއަށް ކަމުދަނީ އެންޑްރޮއިޑް ފޯން

ބިލް ގޭޓްސްއަށް ކަމުދަނީ އެންޑްރޮއިޑް ފޯން

02 މާޗް 2021

ބޭނުންކުރަން އެންމެ ފަސޭހައީ އެންޑޮރޮއިޑް ކަމަށްވާތީ އާންމުކޮށް ބޭނުންކުރައްވަނީ އެންޑްރޮއިޑް ސަޕޯޓްކުރާ ފޯނު ކަމަށް މަހުޖަނު ބިލް ގޭޓްސް ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޭނުންކުރަން އެންމެ ފަސޭހައީ އެންޑޮރޮއިޑް ކަމަށްވާތީ އާންމުކޮށް ބޭނުންކުރައްވަނީ އެންޑްރޮއިޑް ސަޕޯޓްކުރާ ފޯނު ކަމަށް މަހުޖަނު ބިލް ގޭޓްސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނޫސްވެރިޔާ އެންޑްރޯ ރޮސް ސޯކިން އާއި އައިއޯއެސް ވޮއިސް-އޮންލީ ޕްލެޓްފޯމް "ކުލަބްހައުސް" ގެ ބާނީ ޕޯލް ޑޭވިޑްސަނާ އެކީ ކުރިއަށް ގެންދިޔަ އިންޓަވިއުއެއްގައި، މައިކްސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަން ވިދާޅުވީ ދޭތެރެ ދޭތެރެއިން އެޕަލްގެ އައިފޯނު ވެސް ގެންގުޅުއްވާ ކަމަށެވެ.

އެކަމަކު އެންޑްރޮއިޑްގެ ޑިވައިސްތަކާއި މައިކްރޮސޮފްޓްގެ ސޮފްޓްވެއާތައް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާތީ އާންމުކޮށް ބޭނުންކުރައްވެނީ އެންޑްރޮއިޑް ފޯނުތައް ކަމަށް ވިދާޅުވި އެވެ.

"ވާގޮތަކީ ހުރިހާ ކަަމަކަށް އަހަންނަށް މާ ފަސޭހަ އެންޑްރޮއިޑް. މާ ފްލެކްސިބްލް އެންޑްރޮއިޑް ޑިވައިސްތައް. އެހެން ވިޔަސް އަހަންނަކީ އައިފޯނާ ވެސް ކުޅޭ މީހެއް،" ގޭޓްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންޑްރޮއިޑް ޑިވައިސްތައް އުފައްދާ ކުންފުނިތަކުން އެ މީހުންގެ އުފެއްދުންތަކުގައި މައިކްރޮސޮފްޓްގެ ސޮފްޓްވެއާތައް ދުރާލައި އިންސްޓޯލްކޮށްފައި ހުރުމަކީ ވެސް އެ އުފެއްދުންތަކަށް ގަޔާވާ ކަމެކެވެ.

"ކުރުކޮށް ބުނަންޏާ ބުނެވޭނީ ހަމަ މާ ބޮޑަށް ފަސޭހައީއޭ އެންޑްރޮއިޑް ގެންގުޅެން. އަހަރެން އެންޑްރޮއިޑް ގެންގުޅުނަސް ވަރަށް ގިނަ ރައްޓެހިންނަކީ އައިފޯނު ބޭނުންކުރާ މީހުން،" ގޭޓްސް ބުންޏެވެ.

މައިކްރޮސޮފްޓަކީ ވެސް ސްމާޓް ފޯން އުފައްދައި އެ ވިޔަފާރިއަށް ވަންނަން މަސައްކަތްކުރި ކުންފުންޏަކަށް ވިޔަސް އެ މީހުންނަށް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.