16 ޖޫން 2021
އައިއޯއެސް 12 ބޭނުންކުރާ ކުރީގެ އައިފޯންތަކުގެ މެމަރީ އަށް ދިމާވެދާނެ މައްސަލަތަކެއް ހުރުމުން ވީހާ ވެސް އަވަހަކަށް ފޯނުގެ ސޮފްޓްވެއާ އަޕްޑޭޓް ކުރަން އެޕަލް އިން އެދެފި އެވެ.
އައިއޯއެސް 12 ބޭނުންކުރާ ކުރީގެ އައިފޯންތަކުގެ މެމަރީ އަށް ދިމާވެދާނެ މައްސަލަތަކެއް ހުރުމުން ވީހާ ވެސް އަވަހަކަށް ފޯނުގެ ސޮފްޓްވެއާ އަޕްޑޭޓް ކުރަން އެޕަލް އިން އެދެފި އެވެ.
އެ ކުންފުނިން ބުނީ 12.5.4 އަށް އަޕްޑޭޓްކުރަން ޖެހޭ ޑިވައިސްތަކަކީ އައިފޯން 5އެސް، އައިފޯން6، އައިފޯން 6 ޕްލަސް އަދި އައިޕެޑް އެއާ ކަމަށެވެ.
"އައިއޯސް 12.5.4 އާ އެކު އެ ޑިވައިސްތަކަށް ވަރަށް މުހިއްމު ސެކިއުރިޓީ އަޕްޑޭޓްތަކެއް ލިބޭނެ. އެހެންވީމަ ފާހަގަކުރި ކުރީގެ ޑިވައިސްތައް ބޭނުންކުރާ ހުރިހާ އެންމެން ވެސް ވީހާ އަވަހަށް އަޕްޑޭޓްކުރަން އެދެން." އެޕަލް އިން ބުންޏެވެ. "އެހެން ނޫނީ މި ޑިވައިސްތަކުގެ މެމޮރީ ކޮރަޕްޓުވެ، ޑިވައިސް ބޭނުން ނުކުރެވޭ ހާލަތަކަށް ހިނގައިދާނެ."
މައްސަލަ ދިމާވެދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރި ޑިވައިސްތަކަކީ 2013 އާއި 2014 ގައި ނެރެފައިވާ އެއްޗިއްސެވެ. ނެރުނުތާ ދުވަސްވީ ނަމަވެސް ޑިވައިސްތަކަށް މިހާތަނަށް ވެސް އެޕަލް އިން ގެންދިޔައީ ސެކިއުރިޓީ އަޕްޑޭޓް ދެމުންނެވެ. އެކަމަކު އައިއޯއެސް 13 އާ އެކު، އެ ޑިވައިސްތަކަށް އާ ފީޗާތަކެއް ދޫކޮށްފައެއް ނުވެ އެވެ.
ޑިވައިސް އެޓްލަސް އިން މިދިޔަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުން އައިފޯން ބޭނުންކުރާ މީހުންގެ އަށް ޕަސެންޓް މީހުން އަދިވެސް ބޭނުން ކުރަނީ އައިފޯން 5އެސް، އައިފޯން6 އަދި އައިފޯން 6 ޕްލަސް އެވެ.
އެޕަލް އިން މިހާރު އަންނަނީ މި އަހަރުގެ ސެޕްޓެމްބަރުގައި އައިފޯން 13އާ އެކު އައިއޯއެސް 15 ދޫކޮށްލަން ތައްޔާރުވަމުންނެވެ.
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
ބިލް ގޭޓްސްއަށް ކަމުދަނީ އެންޑްރޮއިޑް ފޯން
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް
އެޕަލްގެ އޮފީސްތައް އަހަރުގެ ނިޔަލަށް ބަންދު
އާ އައިފޯނަށް ޗާޖަރާއި ހެޑްސެޓް ވަކިން ހޯދަންޖެހިދާނެ
މޫސުން ބަލާ "ޑާކް ސްކައި" އެޕަލް އިން ގަނެފި
5ޖީ އައިފޯނުތައް ތާރީޚަށް ނެރެވޭނެ: ފޮކްސްކޮން
5ޖީ އައިފޯނުތަކަށް އެޕަލްގެ އަމިއްލަ އެންޓަނާ
އައިފޯން 9 އުފެއްދޭތޯ ބަލަނީ
އައިފޯނުތަކަށް 5ޖީ 2020 ގައި