Roadha Mihaaru
އައިފޯން 9 އުފެއްދޭތޯ ބަލަނީ

އެޕަލް އިން އައިފޯން 9 އުފެއްދޭތޯ ބަލަނީ

04 ފެބުރުއަރީ 2020

އައިފޯނު ވިޔަފާރި ރަނގަޅުވަމުން އަންނަ ކަމަށް އެޕަލް އިން ބުނެފި އެވެ. އެޕަލް އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، އައިފޯން ވިޔަފާރި ވަނީ ރަނގަޅުވާން ފަށައިފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އައިފޯނު ވިޔަފާރި ރަނގަޅުވަމުން އަންނަ ކަމަށް އެޕަލް އިން ބުނެފި އެވެ. އެޕަލް އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، އައިފޯން ވިޔަފާރި ވަނީ ރަނގަޅުވާން ފަށައިފަ އެވެ.

އެޕަލް އިން މި އަހަރު ކުރީކޮޅު، ބެލެވޭ ގޮތުގައި، މާޗު މަހު ހަފުލާއެއް ބާއްވާނެ އެވެ. އެއީ "އައިފޯން އެސްއީ 2" ތައާރުފުކުރުމަށެވެ. އައިފޯން އެސްއީ 2 ގެ ބަދަލުގައި، މި ފޯނަށް "އައިފޯން 9"ގެ ނަމުން ނަން ކިޔުމަށް ނިންމާފައި ވާ ކަމަށް ވެސް ބުނެވެ އެވެ.

އައިފޯނުން ލިބޭ ފައިދާ އިތުރުކުރުމަށް އެޕަލް އިން ކުރިހާ މަސައްކަތަކުން ވެސް، ފައިދާއެއް ނުކުރާތާ ވަނީ އަހަރުތަކެއް ވެފަ އެވެ. ސަބަބު ހޯދަމުން ގޮސް އެޕަލް އަށް މިހާރު ޖެހިފައި ވަނީ "ހޯމް ބަޓަން" އަލުން ގެންނާނެ ގޮތްތަކެއް ފަހިކުރަންޖެހިފަ އެވެ. "އައިފޯން އެސްއީ 2" މި މަންޒަރުގެ ތެރެ އަށް ވަންނަނީ މި ހިސާބުންނެވެ.

އެޕަލް އިން "އައިފޯން އެސްއީ" އުފައްދާފައި ވަނީ މެދުފަންތި އަށެވެ. މިއީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އައިފޯން އެންމެ ގިނައިން ބޭނުންުރާ އާބާދީ އެވެ. މާކެޓް ހިއްސާގައި އާބާދީ އިތުވުމަކީ ކުންފުންޏަށް ފައިދާ އިތުވާ މައިގަނޑު ސަބަބެވެ.

އައިފޯނަށް ހޯމް ބަޓަން އަކީ ވެސް އައިފޯނުގައި ތާއަބަދަށް އިންނަން ޖެހޭ ފީޗާއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އައިފޯން 9 ގައި ހޯމް ބަޓަން ހިމަނަނީ، މި ކަމަށް އެދި ތިބި މާކެޓުން ފައިދާ އިތުރުކުރުމަށެވެ.

އައިފޯން 9 އަންނާނީ ކޮންކޮން ބާރުތަކަކާ އެކު ކަމެއް އަދި ނޭނގެ އެވެ. އިންޓަނެޓަށް ފޭދިފައި ހުރި ރިޕޯޓްތައް ބުނާ ގޮތުގައި، ބޭނުން ބޮޑުވާނެ ކަމަށް ބަލައި، އައިފޯން 9 ގިނަ އަދަދަކަށް އުފައްދަން އެޕަލް އިން ވަނީ ނިންމާފަ އެވެ.