ޕްރީއޯޑަރަށް ހުޅުވައިިލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ދިރާގުން އައިފޯން 17 ޕްރޯގެ ފުރަތަމަ ސްޓޮކް ހުސްވެއްޖެ އެވެ.
ޕްރީއޯޑަރަށް ހުޅުވައިިލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ދިރާގުން އައިފޯން 17 ޕްރޯގެ ފުރަތަމަ ސްޓޮކް ހުސްވެއްޖެ އެވެ.
ކައުންޓްޑައުންއެއް ހިންގުމަށް ފަހު އައިފޯން 17 ޕްރޯ އާއި ޕްރޯމެކްސް ޕްރީއޯޑަރަށް ވިއްކަން ދިރާގުން ހުޅުވައިލީ ރޭ ދަންވަރު 12:01 ގަ އެވެ. ޕްރީއޯޑަރަށް ލިބެން ހުރި ފޯނުތަކުގެ ތެރެއިން މިއަދުގެ ހެނދުނު 10:30 އާ ހަމައަށް ވަނީ އައިފޯން 18 ޕްރޯ ހުސްވެފަ އެވެ.
އެކަމަކު، އައިފޯން 17 ޕްރޯ މެކްސް އާއި އައިފޯން 17 އަދިވެސް ވަރަށް މަދު އަދަދަކަށް ލިބެން އެބަހުރި ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން މިއަދު ބުނީ، މި ފަހަރުގެ ސްޓޮކްގެ ގޮތުގައި ލިބުނީ އައިފޯން 17 ޕްރޯ އާއި އައިފޯން 17 ޕްރޯމެކްސްގެ ވަރަށް ލިމިޓެޑް އަދަދެއް ކަމަށާއި އެކަމަކު އިތުރު ސްޓޮކެއް ވަރަށް އަވަހަށް ގެންނާނެ ކަމަށެވެ.
އެޕަލް އައިފޯން 17 ޕްރޯ އަކީ މިހާތަނަށް އެންމެ ބޮޑު ބެޓެރީއާ އެކު ހެދި އައިފޯނެވެ.
އަދި އެންމެ ބާރުގަދަ އައިފޯނެވެ. މީގެ ތިން ކެމެރާއަކީ 48 މެގަޕިކްސެލްގެ ކެމެރާ އެވެ. މިއީ މިހާތަނަށް އޮޕްޓިކަލް ޒޫމް އެންމެ ވަރުގަދަ ފޯނު ކެމެރާ އެވެ. އަދި ކުރީގެ ފޯނުތަކަށް ވުރެ އެތައް ގުނައެއް ވަނީ ވަރުގަދަ ވެސް ކޮށްފަ އެވެ.
ވީޑިއޯގެ ފެންވަރު ވެސް އިތުރަށް ވަނީ މި މޮޑެލްގައި ވަރުގަދަކޮށްފަ އެވެ. އެޕަލްގެ އާ އުފެއްދުންތައް ނެރެން މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިވެންޓު ވީޑިއޯ ކޮށްފައިވަނީ ވެސް އައިފޯން 17 ޕްރޯއިންނެވެ.
އައިފޯން 17 ޕްރޯ މެކްސް އަކީ އައިފޯން 17 ޕްރޯއަށް ވުރެ ސައިޒުގެ ގޮތުން ބޮޑު ފޯނެކެވެ.
ދިރާގާއި އުރީދޫގެ އައިފޯން ސްޓޮކް ހުސްވެއްޖެ
ދިރާގުން އައިފޯނު 10 ވިއްކަން ފަށައިފި
އައިފޯނު 10 ދިރާގުން މިރޭ ވިއްކަން ފަށަނީ
ދިރާގުން އެންމެ ފަހުގެ އައިފޯނު ވިއްކަން ފަށައިފި
އެންމެ ފަހުގެ އައިފޯނު ދިރާގުން ހުކުރު ދުވަހު ވިއްކަނީ
އެޕަލްގެ އެންމެ ފަހުގެ އައިފޯން ދިރާގުން ވިއްކަނީ
އައިފޯނު 7 ލިބުނުތަ؟ މުޅި ރާއްޖޭން ވިކި ހުސްވެއްޖެ
ރީލޯޑުކޮށްގެން ކޮންމެ ހަފްތާއަކު އައިފޯން 15 ޕްރޯއެއް
ދިރާގުގެ އިންޓަނެޓްގެ ހިދުމަތަށް މައްސަލަތަކެއް
އައިފޯން 15 ހޫނުވާ ސަބަބު އެޕަލް އިން ކިޔައިދީފި