Roadha Mihaaru
އައިފޯނު 10 ދިރާގުން މިރޭ ވިއްކަން ފަށަނީ

އައިފޯނު 10 ދިރާގުން މިރޭ ވިއްކަން ފަށަނީ

30 ނޮވެމްބަރ 2017

މި މަހުގެ ތިންވަނަ ދުވަހު އެޕަލް އިން ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯން 10 ދިރާގުން މިރޭ ވިއްކަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މި މަހުގެ ތިންވަނަ ދުވަހު އެޕަލް އިން ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯން 10 ދިރާގުން މިރޭ ވިއްކަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ އެންމެ ފަހުގެ އައިފޯން ގަތުމަށް ޕްރީ އޯޑަ ކޮށްފައިވާ މީހުންނަށް ފޯން ދޫކުރަން ފަށާނީ މިރޭ ދަންވަރު 12:00 ގައި ކަމަށެވެ. އެކަމަށް ޚާއްސަ ހަރަކާތްތަކެއް ދިރާގުގެ ހެޑް އޮފީހުގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެޕަލް އިން ރާއްޖޭގައި އައިފޯނު ރަސްމީކޮށް ތައާރަފް ކުރަން ނިންމާފައި ވަނީ ޑިސެމްބަރު އެއްވަނަ ދުވަހު. އެކަމަކު އަޅުގަނޑުމެން ބޭނުންވީ މިރޭ ދަންވަރު 12 ޖެހުމާ އެކު އަޅުގަނޑުމެންގެ ކަސްޓަަރުންނަށް ފޯން ދޫކުރަން ފަށަން،" ދިރާގުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ކުންފުނިން ބުނިގޮތުގައި، އައިފޯން ވިއްކަން ފެށުމަށް ބާއްވާ ހަރަކާތްތައް މިރޭ 10 ޖަހާއިރު ފަށާނެ އެވެ. އަދި މިރޭ ދަންވަރު ދޭއް ޖަހަންދެން ފޯނު ދޫކުރުން އޮންނާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އައިފޯން 10 ގެ ޕްރީ އޯޑަރު، ދިރާގުން ނަގަން ފެށީ މި މަހުގެ 24 ގަ އެވެ. ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހުރިހާ ފޯނެއް ވަނީ ވިކި ހުސްވެފަ އެވެ.

އައިފޯން 10 އަކީ، އެޕަލް އިން އައިފޯނު ވިއްކަން ފެށިތާ 10 އަހަރު ފުރުން ފާހަގަކުރަން އެ ކުންފުނިން ނެރުނު ޚާއްސަ ފޯނެކެވެ. ފޭސް އައިޑީ ފަދަ އާ ކަންކަން ހިމަނައިގެން ނެރުނު އައިފޯން 10 ގެ ޑިމާންޑް ބޮޑުވެ، މި މަހުގެ ކުރީކޮޅު ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ހުރިހާ ފޯނެއް ވިކި ހުސްވެފަ އެވެ.