12 އޮކްޓޯބަރ 2016
ފޯނެއް ގަންނަން ދިރާގަށް އޯޑަރު ދިން މީހަކަށް ފޯނު ނުލިބުމުން ބަދަލުގެ ގޮތުގައި 160،000ރ. ދޭން ދިރާގުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ފޯނެއް ގަންނަން ދިރާގަށް އޯޑަރު ދިން މީހަކަށް ފޯނު ނުލިބުމުން ބަދަލުގެ ގޮތުގައި 160،000ރ. ދޭން ދިރާގުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ދުރާލާ އޯޑަރު ނަގައިގެން އައިފޯން "އެސް އީ" ވިއްކަން މިދިޔަ މާޗް މަހު ދިރާގުން ފެށި ޕްރޮމޯޝަންގައި އޭގެ ފޯނަކަށް އޯޑަރު ދީ، ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ 5،800ރ. ދެއްކުމުން ވެސް އެ މީހާއަށް ފޯނު ނުލިބުނު މައްސަލާގައި ބަދަލު ނަގައިދިނީ އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅުމުން މިދިޔަ އޮގަސްޓް މަހު އެވެ.
ފޯނު ނުލިބުމުން އެ މީހާއަށް ކުރިމަތިވި ލަދުވެތިކަމާއި އުފުލަން ޖެހުނު ތަކުލީފުތަކާއި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދޭން ބަދަލުގެ ގޮތުގައި ނަގައިދިނީ އެއް ލައްކަ ރުފިޔާ އެވެ. އޭގެ އިތުރަށް ވަކީލުންގެ ފީގެ ގޮތުގައި ޚަރަދުވި 50،000ރ. އާއި އޭނާ ދިރާގަށް ދެއްކި 5،800ރ. އާއި އެ ފޯނު ނުލިބުމުން އާ ފޯނެއް ގަންނަން ހޭދަކުރި 4،500ރ. ވެސް ދިރާގުން ދޭން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ދިރާގުން އިސްތިއުނާފްކުރީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށް އެނގިފައިވެ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނިންމިކަމެއް އަދިއެއް ނޭނގެ އެވެ.
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
ދިރާގުޓީވީގެ ލައިސަންސް ކޯޓުން ދެމެހެއްޓުމުން ހައިކޯޓަށް
ހުކުމް ތަންފީޒު ފަސްކުރުމަށް އާ ބާވަތުގެ އަމުރެއް
138 މިލިއަންގެ ޖޫރިމަނާ އެމްޕީއެލުން ދޭކަށް ނުޖެހޭނެ
ހުކުމް ފަސްކުރިޔަސް، ކޯޓަށް ފައިސާ ދައްކަން އެންގިދާނެ
ނަމްބަރެއްގެ މައްސަލާގައި ދިރާގުން ބަދަލުދޭކަށް ނުޖެހުނު
"ޝަރީއަތް ފަށާފައި ދައުވާ އިސްލާހުކުރަން ނުގެންދެވޭނެ"
3.7 މިލިއަން ޑޮލަރު ދޭން ހިލްމީ އަށް ހުކުމްކޮށްފި
އިންސާފު ހޯދުމުގެ "އަގު" ލިބޭނެ ގޮތެއް ނެތް!
ފޯނު ނުދެވުމުން ދައްކަން ޖެހުނު ބަދަލުން ސަލާމަތްވެއްޖެ