ށ. ޅައިމަގު ސްކޫލުގެ ޓީޗަރަކު އިޒްރޭލަށް ތާއީދުކޮށް، ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުމާއެކު، އެ ރަށުގެ މީހުން ރުޅިގަދަވެ، މުޒާހަރާ ކުރަން ފެށުމުން ފުލުހުންގެ އެހީގައި އޭނާ ރަށުން ބާލައިފަ އެވެ.
22 މެއި 2021
ށ. ޅައިމަގު ސްކޫލުގެ ޓީޗަރަކު އިޒްރޭލަށް ތާއީދުކޮށް، ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުމާއެކު، އެ ރަށުގެ މީހުން ރުޅިގަދަވެ، މުޒާހަރާ ކުރަން ފެށުމުން ފުލުހުންގެ އެހީގައި އޭނާ ރަށުން ބާލައިފަ އެވެ.
އެނގިފައިވާ ގޮތުގައި އިންޑިއާގެ އެ ފިރިހެން ޓީޗަރު، އިޒްރޭލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެކަމަކު ސްކޫލުގެ ސަމާލުކަމަށް އެކަން އައީ އިއްޔެ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާއެކު އެ މައްސަލަ މިހާރު ބަލައި ނިމެންދެން، ޓީޗަރު ހުރީ ސަސްޕެންޑްކޮށްފަ އެވެ.
ރަށުގެ ޒުވާނުންގެ ތެރެއިން ބަޔަކު ރޭ ޓީޗަރުގެ ގޭދޮށުގައި މުޒާހަރާކުރީ، އޭނާ ރަށުން ބޭރުކުރުމަށް ގޮވައިލަ އެވެ.
ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރު މިއަދު ވިދާޅުވި ގޮތުގައި އިޒްރޭލަށް ތާއީދުކުރާ މީހަކު، ހާއްސަކޮށް ކުދިންނަށް ކިޔަވައިދޭ ޓީޗަރަކު ރަށުގައި ބަހައްޓާކަށް ޒުވާނުން ބޭނުމެއް ނުވި އެވެ. ރޭ މުޒާހަރާ ކުރި މީހުން ޑިމާންޑުކުރީ ޓީޗަރު ވަގުތުންވަގުތަށް ރަށުން ބޭލުމަށް ކަމަށް އޭނާ ބުންޏެވެ.
"އެންމެން ވެސް ވަރަށް ރުޅި އައިސްފައި ތިބީމާ އަޅުގަނޑުމެން ބޭނުންވީ ފުލުހުންގެ ރައްކާތެރިކަމުގައި އޭނާ ރަށުން ބާލަން. އެއީ އޭނާއަށް އިތުރު ގެއްލުމެއް ލިބިދާނެތީ،" އަޒްމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރޭ ދަންވަރު 2:30 ގައި ފުލުހުން ވަނީ ޓީޗަރު އެ އަތޮޅު ފުނަދު އަށް ގެންގޮސްފަ އެވެ.
ހދ. ހަނިމާދޫގައި ވެސް އިއްޔެ ވަނީ ހަމަ މި ފަދަ މައްސަލައެއް ފެންމަތިވެފަ އެވެ.
އެކަމަކު ހަނިމާދޫ ސްކޫލުގެ ޓީޗަރު އިޒްރޭލަށް ތާއީދުކޮށް ހިޔާލުފާޅުކުރުމާއެކު، އޭނާ ވަނީ ވަގުތުން ވަޒީފާ އިން ވަކިކޮށްފަ އެވެ. އޭނާ އަނބުރާ އިންޑިއާ އަށް ފޮނުުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފައި ވެ އެވެ.
އިންޑިއާ ޓީޗަރު އިޒްރޭލަށް ތާއީދުކުރުމުން ވަކިކޮށްފި
އައިސީޖޭގައި އުޝާމް މާދަމާ ބަޔާނެއް ދެއްވަނީ
"އިންޑިއާ ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ނުލިބުމުން"
ގުރުއާން/އަރަބި ކިޔަވައިދޭނެ މީހުން އިންޑިއާއިން
ޓީޗަރުން ހޯދުމުގެ ކަންކަން އިންޑިއާގެ ކުންފުންޏަކަށް
ދަރިވަރެއްގެ "އިނގިލި އަނބުރާލި" ޓީޗަރު ދޫކޮށްލައިފި
ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ޖެހި މައްސަލައެއް ބަލަނީ
ހިނގާފައި އެއާޕޯޓަށް ވަންނަން އުޅެނިކޮށް ހިފަހައްޓައިފި
ޒިންމާއިން ރެކެން އިޒްރޭލުން ދައްކަނީ ބަހަނާ: ރާއްޖެ
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި