ފަލަސްތީނަށް ދޭ އިންސާނީ އެހީތައް އިޒްރޭލުން ހުއްޓުވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާރު ބަލަމުންދާ މައްސަލާގައި ރާއްޖޭގެ ބަންޑާރަ ނައިބު އަހްމަދު އުޝާމް ބަޔާންދީފި އެވެ.
01 މެއި 2025
ފަލަސްތީނަށް ދޭ އިންސާނީ އެހީތައް އިޒްރޭލުން ހުއްޓުވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާރު ބަލަމުންދާ މައްސަލާގައި ރާއްޖޭގެ ބަންޑާރަ ނައިބު އަހްމަދު އުޝާމް ބަޔާންދީފި އެވެ.
ބަންޑާރަ ނައިބްގެ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އދ. އާއި އެހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ތިބުމާއި އެ ބިންތަކުގައި އެ ފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުގެ އިލްތިޒާމްތަކާ ގުޅޭ ގޮތުން އައިސީޖޭގެ އިޝްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެ، ކޯޓުގައި ބޭއްވި އަޑުއެހުމުގައި މިއަދު މެންދުރު ފަހު ބަޔާންދީފައިވާ ކަމަށެވެ.
އެ މައްސަލައަކީ އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ މައި ޖަމިއްޔާ ކަމަށްވާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (އަންރުވާ) ގެ މަސައްކަތްތައް ހުއްޓުވާލުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައި ގައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާތީ އެ ގައުމުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމުން ކުރިއަށްދާ މައްސަލައެކެވެ.
އދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން ޑިސެމްބަރު 19، 2024 ގައި އެކަން ފާސްކުރުމުން ހުށަހަޅާފައިވާ މި މައްސަލާގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާން ހުށަހެޅުމުގެ ފުރުސަތު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ވަނީ ހުޅުވާލައިފަ އެވެ.
ރާއްޖެ ތަމްސީލު ކުރައްވާ، އުޝާމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކެނޑަނޭޅި ވަކާލާތު ކުރައްވާނެ ކަމަށެވެ.
ފަލަސްތީނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިއްމު ކަމަށް އަލިއަޅުއްވާލައްވާ އުޝާމް ވިދާޅުވީ އަންރުވާ ރޫޅާލުމަށް އިޒްރޭލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ އިންސާނީ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އެ އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި ވެސް ވަނީ ބޭރުގެ މުއާހަދާތަކުން ރެކުމަށް އިޒްރޭލުން ގައުމީ ސަލާމަތާއި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެެވެ.
އެ ބޭފުޅުން ވަނީ އިޒްރޭލާއި އަންރުވާއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓާސް އިން އިޒްރޭލު ނިކުތުމުގެ ގާނޫނީ ނަތީޖާތަކަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ.
ފަލަަސްތީނާއި އިޒްރޭލުގެ މައްސަލައަަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅުމާއި މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ގާއިމުކުރުން ކަމަށް ދިވެހި ސަރުކާރުން ދެކެ އެވެ. އެ ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތުގައި އެއްބާރުލުންދިނުމުގައި ދިވެހި ދައުލަތުން ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށް ވެސް ބުންޏެވެ.
އައިސީޖޭގައި އުޝާމް މާދަމާ ބަޔާނެއް ދެއްވަނީ
އިޒްރޭލުގެ މައްސަލައަށް ތަދައްޚުލް ވާން ހުށަހަޅައިފި
ފެނަށް ޖެއްސުން އެކަނި އިޒްރޭލާ ދެކޮޅު ހެއްކަކަށް ފުދޭ
ފަލަސްތީނުގެ ހައްގުގައި ރާއްޖޭން އައިސީޖޭގައި ބަޔާންދެނީ
އެދުނީ އިޒްރޭލު ނޫން ޕާސްޕޯޓެއް ނަމަ މަނާނުކުރަން
ފަލަސްތީނަށް އެހީ ހުއްޓުވާ މައްސަލާގައި ބަޔާން ދީފި
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
އދ. ގެ އޮފީސް އިޒްރޭލުން އަތުލުން ކުށްވެރިކޮށްފި
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ގެންދަނީ