ފަލަސްތީނަށް ދޭ އިންސާނީ އެހީތައް އިޒްރޭލުން ހުއްޓުވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާރު ބަލަމުންދާ މައްސަލާގައި މާދަމާ ބާއްވާ އަޑުއެހުމެއްގައި ރާއްޖޭގެ ބަންޑާރަ ނައިބު އަހްމަދު އުޝާމް ބަޔާނެއް ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
30 އެޕްރީލް 2025
ފަލަސްތީނަށް ދޭ އިންސާނީ އެހީތައް އިޒްރޭލުން ހުއްޓުވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާރު ބަލަމުންދާ މައްސަލާގައި މާދަމާ ބާއްވާ އަޑުއެހުމެއްގައި ރާއްޖޭގެ ބަންޑާރަ ނައިބު އަހްމަދު އުޝާމް ބަޔާނެއް ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދިވެހި ސަރުކާރުން ބުނީ އިޒުރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިޒުރޭލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި މިހާރު ކުރިއަށް ގެންދާ އަޑުއެހުންތަކުގައި ރާއްޖޭގެ ފަރާތުން ބަންޑާރަ ނައިބު އުޝާމް މާދަމާ އެ ކޯޓަށް ހާޒިރުވެ، ބަޔާނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއީ އދ. އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުންދާ އަންނަ އިންސާނީ އެހީތެރިކަމަށް އިޒްރޭލުން ހުރަސްއަޅައ،ި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ ޖަމިއްޔާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރުޑަބްލިއުއޭ)ގެ މަސައްކަތްތައް ހުއްޓުވާލުމަށް އިޒްރޭލުން ކުރާ ކަންކަމާ ގުޅޭގޮތުން ބަލާ މައްސަލައެެކެވެ.
އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުން ގެންދާތީ، އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފާސްކުރުމުންނެވެ.
ރާއްޖޭގެ ފަރާތުން އެ މައްސަލާގައި ބައިވެރިވެ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ ލިޔުމުން ވެސް ބަޔާން ހުށަހަޅައިފަ އެވެ.
ޒިންމާއިން ރެކެން އިޒްރޭލުން ދައްކަނީ ބަހަނާ: ރާއްޖެ
އިޒްރޭލުގެ މައްސަލައަށް ތަދައްޚުލް ވާން ހުށަހަޅައިފި
އެދުނީ އިޒްރޭލު ނޫން ޕާސްޕޯޓެއް ނަމަ މަނާނުކުރަން
ފަލަސްތީނަށް އެހީ ހުއްޓުވާ މައްސަލާގައި ބަޔާން ދީފި
ފެނަށް ޖެއްސުން އެކަނި އިޒްރޭލާ ދެކޮޅު ހެއްކަކަށް ފުދޭ
ފަލަސްތީނުގެ ހައްގުގައި ރާއްޖޭން އައިސީޖޭގައި ބަޔާންދެނީ
ޓީޗަރަކު އިޒްރޭލަށް ތާއީދުކުރުމުން ރަށުން ބާލައިފި
ޣައްޒާއަށް އެހީ ނުވެއްދޭތީ ބައިނަލްއަގުވާމީ ކޯޓަށް
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި