އިޒްރޭލްގެ ބެލުމުގެ ދަށަށް ފަލަސްތީނުގެ މުޅި ޣައްޒާ ގެންނާނެ ކަމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އިޒްރޭލްގެ ބެލުމުގެ ދަށަށް ފަލަސްތީނުގެ މުޅި ޣައްޒާ ގެންނާނެ ކަމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އެކަމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް ހާމަކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، އެއީ ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއް ކަމަށާއި ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމަށް ދެކޭ ކަމަށެވެ.
ސަރުކާރުން ބުނީ ބައިނަލްއަގްވާމީ މުޖުތަމައުއިން އިޒްރޭލުގެ އެ ނިންމުން ތަންފީޒު ކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމަށެވެ. އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، އެގައުމު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަން، ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދު ކުރެ އެވެ. އެ ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްޙަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކޮށްގެން ކަމަށް ރާއްޖެއިން ދެކޭ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ވެސް ނުދާހާ ގޯސް ދަރަޖަކަށް ގޮސްފައިވާ ކަމަށް ދާދިފަހުން އދ. އިން ވެސް ބުނެފައިވެ އެވެ.
ޣައްޒާއަށް އިޒްރޭލުން ހަމަލާދޭތާ 21 މަސް ދުވަސްވެފައި ވާއިރު މިހާރު ވަނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 60،000 އަށް އަރައިފަ އެވެ. އަދި އައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ.
ޒިންމާއިން ރެކެން އިޒްރޭލުން ދައްކަނީ ބަހަނާ: ރާއްޖެ
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
އދ. ގެ އޮފީސް އިޒްރޭލުން އަތުލުން ކުށްވެރިކޮށްފި
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ފެނަށް ޖެއްސުން އެކަނި އިޒްރޭލާ ދެކޮޅު ހެއްކަކަށް ފުދޭ
ފަލަސްތީނުގެ ހައްގުގައި ރާއްޖޭން އައިސީޖޭގައި ބަޔާންދެނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ގެންދަނީ
އިޒްރޭލު މީހުން ރާއްޖެ ނައުމަށް އެ ގައުމުން އިންޒާރެއް
ރާއްޖޭން އެދުނީ އިޒުރޭލަށް ހަރުކަށި ފިޔަވަޅު އަޅަން
ގާޒާ ހޮސްޕިޓަލް ހަމަލާ އިންސާނިއްޔަތާ ހިލާފު: ސަރުކާރު