19 ޑިސެމްބަރ 2023
އިޒްރޭލްގެ ރައްޔިތުން ރާއްޖެ ނައުމަށާއި އަދި ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް އަންގައި، އެ ގައުމުގެ ފޮރިން މިނިސްޓްރީން އިންޒާރުގެ މެސެޖެއް ނެރެފި އެވެ.
އިޒްރޭލްގެ ރައްޔިތުން ރާއްޖެ ނައުމަށާއި އަދި ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް އަންގައި، އެ ގައުމުގެ ފޮރިން މިނިސްޓްރީން އިންޒާރުގެ މެސެޖެއް ނެރެފި އެވެ.
އިޒްރޭލްގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ބަޔާނަކާ ހަވާލީ އެ ގައުމުގެ ނޫސް، އިޒްރޭލްޓައިމްސްގައި މިއަދު ބުނީ އެގޮތަށް އިޒްރޭލްގެ ސަރުކާރުން އެންގީ ރާއްޖޭގައި އިޒްރޭލާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރު ވަމުން ދިއުމާ ގުޅިގެން ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލާ ދެކޮޅު ހިޔާލުތައް ފާޅު ކުރާ މީހުންގެ ތެރޭގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ވެސް ހިމެނޭތީ މިވަގުތު ރާއްޖެއަށް ޒިޔާރަތް ނުކުރުމަށާއި އަދި ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން ވެސް ރާއްޖެ ދޫކޮށް ދިއުމަށް ވެސް އެ ގައުމުން ވަނީ އަންގައިފަ އެވެ.
ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާތީ، ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ގައުމުގެ ސަރުކާރަށް އުނދަގޫ ވާނެ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައިވެ އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އިންތިޒާމު ކޮއްގެން "ދިވެހިން ފަލަސްތީނާއެކު" ނަމުގައި ބޭއްވި ބޮޑު އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މީގެ ކުރިން ވެސް އިޒްރޭލްގެ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުން ރާއްޖެ ނައުމަށް އެދިފަ އެވެ.
ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްތީނުގެ މީހުންގެ ދިފާއުގައި އަޑު އުފުލައި، ބައިނަލްއަގްވާމީ މައިދާނުގައި ވެސް އެ މީހުންގެ ހައްގުތައް ދިފާއު ކުރަމުންނެވެ. އަދި އިޒްރޭލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ގޮވާލާ ގަރާރެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ދިވެހިން ތިބީ ފަލަސްތީނާ އެކު ކަން ހާމަކުރަން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
އިޒްރޭލާ އޮތް ހުރިހާ ސިޔާސީ ގުޅުންތަކެއް 1978 އިން ފެށިގެން ރާއްޖެ އިން ވަނީ ކަނޑާލައިފަ އެވެ. ނަމަވެސް ފަތުރުވެރިންގެ ގޮތުގައި އިޒްރޭލްގެ ރައްޔިތުން ރާއްޖެ އައުމުގެ ފުރުސަތު އަބަދުވެސް އޮވެ އެވެ. އެ މީހުން ރާއްޖެ އައުން މަނާކުރަން ގޮވާލަމުން ދިޔަ ނަމަވެސް އެފަދަ ފިޔަވަޅެއް މިހާތަނަކަށް ނާޅަ އެވެ.
ފަލަސްތީނުގެ ހައްގުގައި ރާއްޖޭން އައިސީޖޭގައި ބަޔާންދެނީ
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ގެންދަނީ
އިޒްރޭލްގެ މީހުން ރާއްޖެ އައުން ހުއްޓުވައިދޭން އެދިއްޖެ
ގާޒާ ހޮސްޕިޓަލް ހަމަލާ އިންސާނިއްޔަތާ ހިލާފު: ސަރުކާރު
އިޒްރޭލުގެ ޓޫރިސްޓުން އައުން މަނާކުރަން ހުށަހަޅައިފި
އިތުރު ބިންތަކަށް އެރުމަކީ ހަމަޖެހުން ނަގާލުމުގެ ބައެއް
ގާޒާ ބޯޑަރުގައި ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަނީ