18 އޮކްޓޯބަރ 2023
ފަލަސްތީނުގެ ބިންތަކަށް ނުހައްގުން ވެރިވެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާ އިޒްރޭލްގެ މީހުންގެ ޕާސްޕޯޓު ރާއްޖެ އިން ބަލައިގަތުން ހުއްޓާލުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން ހުއްޓުވުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު މަޖިލިހުގެ ކިބައިން އެދިވަޑައިގެންފި އެވެ.
ފަލަސްތީނުގެ ބިންތަކަށް ނުހައްގުން ވެރިވެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާ އިޒްރޭލްގެ މީހުންގެ ޕާސްޕޯޓު ރާއްޖެ އިން ބަލައިގަތުން ހުއްޓާލުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން ހުއްޓުވުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު މަޖިލިހުގެ ކިބައިން އެދިވަޑައިގެންފި އެވެ.
އެކަމަށް އެދިވަޑައިގެން ހައިތަމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި އެތައް ހާސް ފަލަސްތީނުގެ ތުއްތު ކުދިންނާއި އާންމުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
އިޒްރޭލުގެ މި އަމަލުތަކަކީ ލާއިންސާނީ، އިންސާނީ ހައްގާއި ކަރާމާތާ މުޅިން ދެކޮޅު ކަމެއްގެ ގޮތުގައި ހައިތަމް ސިފަކުރެއްވި އެވެ.
"ފާއިތުވީ 10 ދުވަސް ވެފައި ވަނީ އަނިޔާވެރިކަން އިންތިހާ އަށް ބޮޑު، ފެން، ކަރަންު ފަދަ ޒަރޫރީ ތަކެތި ގާޒާއިން ކަނޑާލާ ދެ މިލިއަނަށް ވުރެ ގިނަ މުސްލިމް ފަލަސްތީނުގެ ރައްޔިތުން ތާށިކޮށްލައި ނެތިކޮށްލަން މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެއް،" ދާދި ފަހުން އެމްޑީޕީން ވަކިވެވަޑައިގެން އަދި އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވި ހައިތަމް ވިދާޅުވި އެވެ.
އިޒްރޭލުގެ ޔަހޫދީން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އިން ބޮއިކޮޓް ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ބަލައިދިނުމަށް ހައިތަމް އެދިވަޑައިގަތެވެ.
އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރަކާއި ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައިވެ އެވެ. އެއް މައްސަލައެއްގައި ދެ އެއްޗެއް ހުށަހަޅައިފައިވުމުން ގަރާރަށް ޖާގަ ދީ ކުއްލި މައްސަލަ އެޖެންޑާކޮށްފައެއް ނުވެ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
އިޒްރޭލުގެ ޓޫރިސްޓުން އައުން މަނާކުރަން ހުށަހަޅައިފި
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަނީ
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ
އިޒްރޭލުގެ މީހުން ރާއްޖެ އިން ފޭބުމަށް އަންގައިފި
އިޒްރޭލު މީހުން ރާއްޖެ ނައުމަށް އެ ގައުމުން އިންޒާރެއް
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލް ޕާސްޕޯޓު މަނާކުރުން: އިދާރާތައް ހާޒިރުކުރަނީ
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ފަށަނީ