ރައްޔިތުންގެ މަޖިލީހަށް އަމާޒުވި ފާޑުކިޔުންތަކާ އެކު، އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަވަސްކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިއަދު ނިންމައިފި އެވެ.
24 ނޮވެމްބަރ 2024
ރައްޔިތުންގެ މަޖިލީހަށް އަމާޒުވި ފާޑުކިޔުންތަކާ އެކު، އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަވަސްކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިއަދު ނިންމައިފި އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މޭ 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ގިނަ ދުވަސްތަކަކަށް ކޮމިޓީގައި ބިލު ޕާކުކޮށްފައި ބޭއްވުމަށް ފަހު، ބިލް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި ކޮމިޓީން ކަނޑައެޅީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ.
އޭގެ ފަހުން ބޭއްވި ކޮމިޓީގައި ވަނީ މި ބަދަލު ގެނައުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އިމިގްރޭޝަން އަދި މަޓީ އާއި އެހެނިހެން އެންޖީއޯތަކާ މަޝްވަރާ ކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިޓީ ފޮނުވުމަށް ނިންމައިފަ އެވެ.
އެގޮތަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ނިންމާފައި ވަނިކޮށް 241 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވީ ކުރިން ނިންމާފައިވާ ސުންގަޑި އަށް ވުރެ ބިލްގެ މަސައްކަތް އަވަސް ކުރުމަށްޓަކައި އިދާރީ ބައެއް ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށެވެ.
އެހެންވެ، ކޮމިޓީން ކުރިން ފާސްކޮށްފައި އޮތް ގޮތް ބަދަލުކޮށް، މާދަމާ އިން ފެށިގެން ކަމާ ގުޅުން ހުރި އިދާރާތައް ހާޒިރުކޮށް ނިންމުމަށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ މޭ މަހު މަޖިލީހަށް ހުށަހަޅައި ކޮމިޓީ އަށް ބަލައިގެންފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން އޮތީ ސަރުކާރު އަދި މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ ޕީއެންސީ އަށް ވަރަށް ބޮޑަށް އަމާޒު ވެފަ އެވެ.
އޭގެ ފަހުން ބިލް އަވަސް ކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ވެސް ސަރުކާރު މެންބަރުންގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލިހުން ބޭރުކޮށްލުމުން އެކަމާ އާންމުން ވަރަށް ބޮޑަށް ފާޑުކިޔައިފައިވެ އެވެ. ބިލްގެ މަސައްކަތް އަވަސް ކުރަން ނިންމީ މި ސަބަބާ ގުޅިގެން ކަމަށް ބެލެވެ އެވެ.
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ
އިޒްރޭލުގެ މީހުން ރާއްޖެ އިން ފޭބުމަށް އަންގައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
އިޒްރޭލްގެ މީހުން ރާއްޖެ އައުން ހުއްޓުވައިދޭން އެދިއްޖެ
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
އެދުނީ އިޒްރޭލު ނޫން ޕާސްޕޯޓެއް ނަމަ މަނާނުކުރަން
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލް ޕާސްޕޯޓު މަނާކުރުން: އިދާރާތައް ހާޒިރުކުރަނީ
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ފަށަނީ