Roadha Mihaaru
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ އަށް އެޖެންޑާކޮށްފި

03 ޖޫން 2024

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

އެ ބިލްގެ ފުރަތަމަ ކިޔުން މާދަމާ އިއްވުމަށް ފަހު އަނެއް ދުވަހު ބަހުސް ފަށަން ނިންމާފައިވާ ކަމަށް އެނގިފައި ވެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް މީކާއިލް އިސްލާހެއް ހުށަހަޅުއްވައި މާދަމާގެ ޖަލްސާ އަށް އެ ބިލްގެ ފުރަތަމަ ކިޔުން އިއްވަން އެޖެންޑާކުރިއިރު، ޕާސްޕޯޓު މަނާކުރުމަށްޓަކައި އެ ގާނޫނަށް އިސްލާހެއް ގެންނަން ސަރުކާރުން ވެސް ވަނީ ނިންމައިފަ އެވެ.

އެކަމަކު، ސަރުކާރުގެ ވިސްނުން ހުރީ އެނގިފައިވާ ގޮތުގައި އާ ބިލެއް ހުށަހެޅުމުގެ ބަދަލުގައި މީކާއިލްގެ ބިލަށް އިތުރު އިސްލާހުތައް ގެނެސް އިޒްރޭލުގެ ޕާސްޕޯޓު މަނާކުރެވޭނެ ގޮތްތަކެއް ހޯދުމެވެ. ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

މީކާއިލްގެ އިސްލާހުގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތަސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފަ އެވެ.

މީކާއިލްގެ އިސްލާހު މަޖިލިހަށް ވައްދާފައި ވަނިކޮށް، ސަރުކާރުން އާ އިސްލާހެއް ހުށަހަޅަން ނިންމުމުން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ކަންބޮޑުވުން ފާޅުކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ކެބިނެޓުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުން ހުއްޓުވުމަށްޓަކައި ގާނޫނަށް އިސްލާހު ގެންނާށެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނިވަޑައިގަންނަވާ ގޮތަށް ވަޒީރުންގެ ކޮމިޓީއެއް ވެސް ރައީސް ވަނީ އުފައްދަވައިފަ އެވެ.