21 މެއި 2021
ހަނިމާދޫގެ ސްކޫލުގެ އިންޑިއާގެ ޓީޗަރަކު، އިޒްރޭލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުމުން، އޭނާ ވަޒީފާ އިން ވަކިކޮށް، ގައުމަށް ފޮނުވާލަން ނިންމައިފި އެވެ.
ހަނިމާދޫގެ ސްކޫލުގެ އިންޑިއާގެ ޓީޗަރަކު، އިޒްރޭލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުމުން، އޭނާ ވަޒީފާ އިން ވަކިކޮށް، ގައުމަށް ފޮނުވާލަން ނިންމައިފި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުލްމުހުސިން އަބްދުއްލަތީފް މިއަދު ވިދާޅުވީ، ސްކޫލުގެ ސެކްޝަން އިންޗާޖުގެ ގޮތުގައި ވެސް މަސައްކަތް ކުރާ ޓީޗަރު، އޭނާގެ ފޭސްބުކްގައި، އިޒްރޭލަށް ތާއީދުކުރާކަން ރޭ ހާމަކޮށް ސްޓޭޓަސް ޖަހާފައިވާ ކަމަށެވެ. އެ ޓީޗަރު އެކަން ކުރީ، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އެސެމްބްލީގައި، ފަލަސްތީނާއެކު އެ ސްކޫލުގެ އެންމެން ވެސް ތިބިކަން ބުނެފައި ވަނިކޮށެވެ.
"އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭނެ އަޅުގަނޑުމެންގެ ސްޓޭންޑް. އިއްޔެ އެސެމްބްލީގައި ފަލަސްތީނުގެ ދިދައާއެކު ހުރިހާ ކުދިންނާއެކު އަޅުގަނޑުމެން ފޮޓޯ ވެސް ނެގިން،" މުހުސިން ވިދާޅުވި އެވެ.
"އެކަމަކު ފޮޓޯ ނެގި އިރު އޭނާ އުޅުނީ އެހެން ފަހަރުތަކާ ހިލާފަށް ވަރަށް ދުރުދުރުން."
މުހުސިން ވިދާޅުވިގޮތުގައި، ފޭސްބުކްގައި "އައި ސްޓޭންޑް ވިތު އިޒްރާއީލް" އެ ޓީޗަރު ޖެހުމާއެކު، މިއަދު ހެނދުނު ބައްދަލުވުމެއް ބާއްވައި، އެކަމާ ގުޅޭގޮތުން އަޅާނެ ފިޔަވަޅެއް މަޝްވަ ރާކޮށްފައިވާ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާ ވެސް ވާހަކަ ދައްކައި، ނިންމީ އޭނާ ވަޒީފާ އިން ވަކިކޮށް، ވީއެންމެ އަވަހަކަށް ގައުމަށް ފޮނުވައިލުމަށް ކަމަށް ވިދާޅުވި އެވެ.
ހަނިމާދޫ ސްކޫލުގައި އިނގިރޭސި ކިޔަވައިދޭ މި ޓީޗަރަށް، 2018 ވަނަ އަހަރު ވަނީ ސްޓްރޯކެއް ވެސް ޖެހިފަ އެވެ. ސްކޫލުތެރޭގައި ހުއްޓާ ސްޓްރޯކް ޖެހި، އެއް ފަޅި ވާގިނެތުމުން، ސްކޫލުގެ ވެރިން އޭނާ މާލެ ގެންދިޔައީ ހެލިކޮޕްޓަރެއްގަ އެވެ. އަދި އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދިޔަ އިރު، އޭނާގެ ހާލު ބެލުމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަޑައިގަތެވެ.
"މިހާ ރަނގަޅަށް ސަރުކާރުން ކަންތައް ކުރީމާ ވެސް، އޭނާ ކަންތައް ކުރިގޮތް އެއީ. އެހެންވީމާ އަޅުގަނޑުމެން ބޭނުން ނުވީ ވަޒީފާގައި ބަހައްޓަން،" ޕްރިންސިިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ރަށުތެރޭގެ މަސްލަހަތު ވެސް ގޯސްވެފައިވާ ކަމަށާއި ޓީޗަރު އަނބުރާ އިންޑިއާ އަށް ފޮނުވައިލަނީ، އޭނާ އަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރުވެސް އޮތުމުން ކަމަށެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދިޔަ ލާއިންސާނީ ހަމަލާތަކުގައި، އެ ގައުމުން ގިނަ ބަޔަކު ޝަހީދުވިއިރު، ދިވެހިން އަބަދުވެސް ތިބެނީ ފަލަސްތީނާއެކު އެވެ. އެކަން ހާމަކޮށް، ފަލަސްތީނުގެ ދިދައާއެކު މުޅި ރާއްޖޭގައި ހަރަކާތްތެއް ބޭއްވި އިރު، އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޓީޗަރަކު އިޒްރޭލަށް ތާއީދުކުރުމުން ރަށުން ބާލައިފި
"އިންޑިއާ ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ނުލިބުމުން"
ގުރުއާން/އަރަބި ކިޔަވައިދޭނެ މީހުން އިންޑިއާއިން
ޓީޗަރުން ހޯދުމުގެ ކަންކަން އިންޑިއާގެ ކުންފުންޏަކަށް
އިޒްރޭލު ހުއްޓުވަން މުޅި ދުނިޔެ ތެދުވަން ގޮވާލައްވައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަނީ
އިޒްރޭލު ޕާސްޕޯޓް ބިލުގެ މަސައްކަތް ކުރިއަށް ދާނެ
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ