ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ކުށްވެރިކޮށް ރާއްޖޭގައި އެތައް ހާސް ބަޔަކު ނުކުމެ މިއަދު އަޑު އުފުލައިފި އެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ކުށްވެރިކޮށް ރާއްޖޭގައި އެތައް ހާސް ބަޔަކު ނުކުމެ މިއަދު އަޑު އުފުލައިފި އެވެ.
މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި "ގައުމީ ބޮޑު ހަރަކާތް" ގެ ނަމުގައި ބޭއްވި އެ ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލި އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އިސް ނެގުމަށް ބޭއްވި މި އެއްވުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި އެހެން މިނިސްޓަރުންނާއި ސިޔާސީ އެކި ފިކުރުގެ އިސް ބައެއް ބޭފުޅުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ޖަމާވި އެވެ. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ، އެ ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ، އިޒްރޭލުން ފަލަސްތީނު ހިސާރު ކުރުން ނައްތާލުމަށް އަޑު އުފުލައި ސަރުކާރުތަކަށް ބާރު އެޅުން ކަމަށެވެ.
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު އެއްވި ބައެއް މިނިސްޓަރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އެހީދޭ ވަރަށް ގިނަ ފަރާތްތަކުގެ އެހީތައް ރަފާ ބޯޑަރުގައި އަދި މިސްރާއި ޖޯޑަން ފަޅީގައި ވެސް ޓްރަކްތައް ތައްޔާރަށް ވަންނަން އެބަހުރި. އެހެން ނަމަވެސް ބޯޑަރުތައް ހުޅުވައި ނުލުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބި، ކާބޯތަކެތި ނުލިބި، ޝަހީދުވަމުން މިދަނީ،" އެއިޑް ކެމްޕެއިނުން ޕީއެސްއެމަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އެ އެއްވުމުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ، މިއީ ފަލަސްތީނަށްޓަކައި އެ ގައުމުގެ ރައްޔިތުންނާއި ގާޒާއަށްޓަކައި ބޭއްވި އެއްވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ގާޒާފައި އޮތް ހިސާރު މިހާރުން މިހާރަށް ނައްތާލަން ޖެހޭ ކަމަށެވެ.
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު މާލޭގައި އަޑު އުފުލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑުމެން މި ބުނަނީ ބޯޑަރުތައް ހުޅުވައިލާށޭ. އަޅުގަނޑުމެން ކުށްވެރި ކުރަން އިޒްރޭލުން ގައްޒާގެ އަހުލުވެރިންނާ މެދު ހިންގާ އަނިޔާވެރި އުދުވާން. އަދި އަޅުގަނޑުމެން ކުށްވެރިކުރަން ބައިނަލްއަގްވާމީ ބޮޑެތި ބާރުތަކުން، އިޒްރޭލަށް ދެމުންގެންދާ އެހީތެރިކަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ކުޑަކުދިންނާއި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތަކުން އެ ސަރަހައްދަށް ވަދެވޭނެ ގޮތްތައް ފަހިކޮށްދޭން ގޮވާލާ ކަމަށެވެ. އޭނާ ވިދާޅުވީ، މިކަމުގައި ދިވެހި ހުރިހާ ރައްޔިތުން ވެސް ސާބިތުކޮށް ތިބެންޖެހޭ ކަމަށާއި ފަލަސްތީނުގައި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްވެއްޖެއުމަށް ދާންދެން ސާބިތުވެ ތިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލްގެ އަނިޔާވެރިކަމާ ދެކޮޅަށް ބޮޑު އެއްވުމެއް
ޣައްޒާ ހިފަން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި
މިނިސްޓަރު ޝަހީމަށް އެމެރިކާ ވިސާ ނުދީ ހިފަހައްޓައިފި
ޒިންމާއިން ރެކެން އިޒްރޭލުން ދައްކަނީ ބަހަނާ: ރާއްޖެ
އައިސީޖޭގައި އުޝާމް މާދަމާ ބަޔާނެއް ދެއްވަނީ
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
އެދުނީ އިޒްރޭލު ނޫން ޕާސްޕޯޓެއް ނަމަ މަނާނުކުރަން
ފަލަސްތީނަށް އެހީ ހުއްޓުވާ މައްސަލާގައި ބަޔާން ދީފި
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭ: ރައީސް