ތ. ކަނޑޫދޫ ސްކޫލް ދަރިވަރެއްގެ އިނގިލި އަނބުރާލި ކަމަށް ތުހުމަތުކުރާ މައްސަަލައިގައި ހައްޔަރުކުރި ބިދޭސީ ޓީޗަރު ދޫކޮށްލައިފި އެވެ.
29 މެއި 2025
ތ. ކަނޑޫދޫ ސްކޫލް ދަރިވަރެއްގެ އިނގިލި އަނބުރާލި ކަމަށް ތުހުމަތުކުރާ މައްސަަލައިގައި ހައްޔަރުކުރި ބިދޭސީ ޓީޗަރު ދޫކޮށްލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރި އިންޑިއާގެ ޓީޗަރު ދޫކޮށްލީ ހައްޔަރުކުރިތާ 24 ގަޑިއިރު ވުމުގެ ކުރިންނެވެ. ފުލުހުން ބުނީ ބަންދުގެ މުއްދަތި އިތުރު ނުކޮށް ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ކަމަށެވެ.
"ތަހުގީގަށް އެއްބާރުލުން ދެމުންދާތީ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ދޫކޮށްލީ،" ފުލުހުން ބުންޏެވެ.
ފުލުހުން ކުރިން ބުނީ އެ ޓީޗަރު އުމުރުން 11 އަހަރުގެ ފިރިހެންކުއްޖެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި ކަމަށް ބުނާ މައްސަލައިގައި އެ ކުއްޖާ އަށް ވޭމަންޑޫ ހޮސްޕިޓަލުގައި ވެސް ފަރުވާ ދީފައިވާ ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވެފައި ވަނީ އެ ހާދިސާ ހިނގީ ކިޔަވައިދެމުން ދަނިކޮށް އެ ދަރިވަރު ޓީޗަރުގެ ބުރަކަށީގައި ދަގަނޑު ފެން ފުޅިއަކުން ޖެހުމުން ކަމަށެވެ.
"ޖެހުނީމާ ކުލިއަކަށް އެނބުރިފައި މި ހިފުނީ އެ ދަރިވަރުގެ އިނގިލީގައި އެ ޓީޗަރަށް. އެއީ ވީ ގޮތަކީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މި ހާދިސާއަށް ފަހު ދަރިވަރުގެ ބެލެނިވެރިން ވަނީ ދަރިވަރުން ސްކޫލްގައި ކިޔަވަން ތިއްބައި ސްކޫލަށް ވަދެ، ވަރަށް ހަޑިހުތުރު ބަހުން "ޒުވާބު ކޮށްފައި" ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފައި އެވެ.
ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ޖެހި މައްސަލައެއް ބަލަނީ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުން ހަވާލުކުރާ މީހަކު ޔަގީންކުރަން އަންގައިފި
ކުދި ރަށްރަށަށް ދާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދެނީ
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
އަހަރު ދަންމާލިޔަސް ފިލާވަޅުތައް ފުރިހަމަކުރެވޭނެބާ؟
ޓީޗާސް ލައިސަންސް މުހިއްމު، ކުރަންޖެހޭ ކަންކަން ގިނަ
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
ޓީޗަރުންނަށް ބެލެނިވެރިންގެ ޝުކުރު މާމެލާމެލިން
"ހެޔޮ ބަދަލެއް ގެންނަން މޮޅު ޓީޗަރުން އުފައްދަންޖެހޭ"