Roadha Mihaaru

ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައިވާ ކުއްޖެއްގެ ބޮލުގައި ޓީޗަރަކު ޖެހި ކަމަށް ބުނާ މައްސަލައެއް ބަލަނީ

އައްޑޫ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ޖެހި މައްސަލައެއް ބަލަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

14 މެއި 2025

އައްޑޫ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހުށަހެޅި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށާއި އެ ދަރިވަރު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ވެސް ދައްކާފައިވާ ކަމަށެވެ. ނަމަވެސް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަން ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.

އެ ދަރިވަރުގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނީ އެ ދަރިވަރަކީ ސިކުނޑީގެ އޮޕަރޭޝަނެއް ކުރިން ކޮށްފައިވާ ކުއްޖެއް ކަމަށެވެ. އަދި އިތުރު އޮޕަރޭޝަނެއް ކުރަން ވެސް ޖެހޭ ކަމަށް ބުންޏެވެ.

ކުއްޖާގެ ބޮލުގައި ޖެހީ ކްލާހުގައި އެ ކުއްޖާ އިން އިރު ޑެސްކުގައި ބޯ އަޅައިގެން އޮއްވާ ކަމަށްވެ އެވެ. ބޮލުގައި ޖެހީ ފެން އަޅަން ގެންގުޅޭ ދަގަނޑު ފުޅިންނެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.