Roadha Mihaaru
ގްރޫމްކުރި މައްސަލައިގައި ޓީޗަރަށް ދައުވާކުރަނީ

ދަރިވަރުންތަކެއް ގްރޫމް ކުރި ޓީޗަރަށް ދައުވާކުރަން ފޮނުވައިފި

05 ޑިސެމްބަރ 2024

ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި މައްސަލާގައި ޓީޗަރަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި މައްސަލާގައި ޓީޗަރަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން 20 ދުވަސް ދިން ކަމަށެވެ. އަދި ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު 30 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ވިއްސަކަށް ކުއްޖަކު ހިމެނެ އެވެ.

"މި މައްސަލައިގެ ތަހުގީގު ނިންމައި، ނޮވެމްބަރު 25 ވަނަ ދުވަހު ޕީޖީއަށް ވަނީ ފޮނުވައިފައި،" ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގީ ދެކުނުގެ ރަށެއްގަ އެވެ. މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ރަށުގެ ނަމާއި މައްސަލައިގައި ހިމެނޭ މީހުން ފަދަ، ކުދިންގެ މައުލޫމާތު އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.