ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެމުން އައި ވެކްސިންތަކުގެ ތެރެއިން ކޮވިޝީލްޑް ވެކްސިން ދިނުން ވަގުތީ ގޮތުން މިއަދުން ފެށިގެން މެދުކަނޑައިލީ، އެ ވެކްސިން ލިބުން ދަތިވެގެން ކަމަށާއި އާއްމުކޮށް އެ ޖަހަން އަލުން ފށާނެ ތާރީހެެއް ފަހުން އިއުލާނު ކުރާނެ ކަަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
04 މެއި 2021
ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެމުން އައި ވެކްސިންތަކުގެ ތެރެއިން ކޮވިޝީލްޑް ވެކްސިން ދިނުން ވަގުތީ ގޮތުން މިއަދުން ފެށިގެން މެދުކަނޑައިލީ، އެ ވެކްސިން ލިބުން ދަތިވެގެން ކަމަށާއި އާއްމުކޮށް އެ ޖަހަން އަލުން ފށާނެ ތާރީހެެއް ފަހުން އިއުލާނު ކުރާނެ ކަަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާއްމުކޮށް، ކޮވިޝީލްޑް ޖަހައިދިނުން ހުއްޓައިލި ނަމަވެސް ކުއްލި އަދި ބަލި ހާލަތު ހުރި ގޮތުން ވެކްސިން ޖަހައިދޭން ޖެހޭ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ވެކްސިން ގެނައުމަށް ކުރާ މަަސައްކަތުގެ ތަފްސީލު ދެމުން އެޗްޕީއޭގެ ބަޔާނުގައި ބުނިގޮތުގައި، އެސްޓްރަޒެނެކާ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ފައިސާ ދައްކާފައިވާ 700،000 ޑޯޒު ވެކްސިން އަންނަ ޖޫން މަަހު ލިބެން ފަށާނެ ކަން އަންގާފައިވާ ކަމަށެވެ.
"ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަސް ފުރުސަތެއްގައި، ވެކްސިންގެ އިތުރު ބެޗުތައް ހޯދުމަށެވެ. މިގޮތުން، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 'ކޮވިޝީލްޑް" ބްރޭންޑުގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދަންނަވަމެވެ،"--- އެޗްޕީއޭ
ނަމަވެސް އެ އަށް ވުރެ އަވަހަށް ރާއްޖެ އަށް ކޮވިޝީލްޑް ވެެކްސިން ގެންނަން ޖެހެނީ ބަޔާނުގައިވާ ގޮތުން، އިންޑިއާގެ ސިރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ، އެ އެއްބަސްވުމުގެ ދަށުން 300،000 ޑޯޒަށް ފައިސާ ދައްކައި އޭގެ ތެރެއިން 100،000 ޑޯޒް ލިބިފައިވާ ކަމަށާއި އިތުރު ޑޯޒްތައް ގެންނަން ތާވަލް ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
"ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަސް ފުރުސަތެއްގައި، ވެކްސިންގެ އިތުރު ބެޗުތައް ހޯދުމަށެވެ. މިގޮތުން، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 'ކޮވިޝީލްޑް" ބްރޭންޑުގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.
ސްޓޮކް މަދުވެގެން ކޮވިޝީލްޑް ދިނުން ހުއްޓައިލި އިރު ރާއްޖޭގައި އެ ވެކްސިނަށް ޝަރުތުހަމަވާ އާބާދީގެ 67 ޕަސެންޓަށް ފުރަތަމަ ޑޯޒް އަދި 24.67 ޕަސެންޓަށް ދެނަ ޑޯޒް ވެސް ވަނީ ޖަަހައިފަ އެވެ.
ބަލިމަޑުކަމުގެ ސަބަބުން ހާލަތު ގޯސްވެގެން ވެކްސިން އުފެއްދުމާއި ވެކްސިން ފޯރުކޮށް ދިނުމުގައި މުޅި ދުނިޔޭގައި ވެސް ދަތިކަން ކުރިމަތިވެފައިވާ ވެ އެވެ. ޚާއްސަކޮށް އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާއިރު، އެ ގައުމުގެ ކޮވިޝީލްޑް ވެކްސިން ގެނައުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
ކޮވިޑް ވެކްސިން ދޭން ފެށުމުން ޔުނިސެފްގެ ޝުުކުރު
ހާއްސަ އިސްކަމެއްދޭނީ ކޮވިޑުން އަރައިގަތުމަށް: ޝާހިދު
އޭޕްރީލްމަހު ވެކްސިން ޖެހި މީހުންގެ ދެވަނަ ޑޯޒު ފަށަނީ
ވެކްސިން ނެތިގެން، 92،000 މީހުން ދެވަނަ ޑޯޒް ނުޖެހިފައި
އިންޑިއާ ޓޫރިސްޓުންނަށް ގެސްޓް ހައުސްތައް މަނާކޮށްފި
އިންޑިއާގެ ކްލަސްޓާ ރާއްޖޭގައި ބޮމެއްހެން ގޮވައިފާނެ
ވެކްސިންގެ 700،000 ޑޯޒު ލިބޭނެ އިރެއް ނޭނގޭ
ވެކްސިން ގަންނަން ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރަނީ
ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި
ޗައިނާ ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފި