Roadha Mihaaru
އޭޕްރީލްމަހު ވެކްސިން ޖެހި މީހުންގެ ދެވަނަ ޑޯޒު ފަށަނީ

އޭޕްރީލް މަހު ވެކްސިން ޖެހި މީހުންގެ ދެވަނަ ޑޯޒު ފަށަނީ

14 ޖުލައި 2021

ކޮވިޑް ވެކްސިން އިން ދިފާއުވުމަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިދިޔަ އޭޕްރީލް މަހު ޖެހި މީހުންގެ ދެވަނަ ޑޯޒު ޖެހުމުގެ ފުރުސަތު އެޗްޕީއޭ އިން މިއަދު ހުޅުވާލައިފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ކޮވިޑް ވެކްސިން އިން ދިފާއުވުމަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިދިޔަ އޭޕްރީލް މަހު ޖެހި މީހުންގެ ދެވަނަ ޑޯޒު ޖެހުމުގެ ފުރުސަތު އެޗްޕީއޭ އިން މިއަދު ހުޅުވާލައިފި އެވެ.

އެ އިދާރާ އިން ބުނީ، މިދިޔަ ފެބްރުއަރީ، މާޗް އަދި އޭޕްރީލް މަހު މާލޭގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ ދެވަނަ ޑޯޒު ޖެހުމުގެ އެޕޮއިންޓްމަންޓް https://book.hpa.gov.mv/ މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

އެޕޮއިންޓްމެންޓް ގަޑީގެ 15 މިނެޓު ކުރިން ވެކްސިން ސެންޓަރަށް ދިއުމަށާއި ވެކްސިން ކާޑާއި އައިޑީ ކާޑު ގެންދިއުމަށް އެޗްޕީއޭ އިން އެދެ އެވެ.

މިދިޔަ މެއި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން ހުއްޓައިލީ، ރާއްޖެ އިން އެ ވެކްސިން ހުސްވާން ފެށުމުންނެވެ. އޭރު ގިނަ ބަޔަކު ވެކްސިންގެ ދެވަނަ ޑޯޒު ނުޖަހައި ތިބި އިރު، އަލުން ދެވަނަ ޑޯޒު ޖެހުމުގެ ފުރުސަތު ހުޅުވައިލީ މި މަހު އެވެ.

ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަ އެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ. ވެކްސިންގެ އެއް ޑޯޒް ޖެހި މީހުންގެ އަދަދު އިއްޔެއާ ހަމައަށް ހުރީ 319,378 ގަ އެވެ. އަދި ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 242،370 އަށް އަރަ އެވެ.