ރާއްޖޭގެ ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ސިޓީ ހޮޓާތަކުގައި އިންޑިއާ ޓޫރިސްޓުން ބޭތިއްބުން ސަރުކާރުންް މިއަދު މަނާކޮށްފި އެވެ.
ރާއްޖޭގެ ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ސިޓީ ހޮޓާތަކުގައި އިންޑިއާ ޓޫރިސްޓުން ބޭތިއްބުން ސަރުކާރުންް މިއަދު މަނާކޮށްފި އެވެ.
މިއީ، އިންޑިއާގައި ވަރަށް ހަލުއިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅެކެވެ.
މުޅި ދުނިޔޭގައި ވެސް ކޮވިޑުގެ ހާލަތު މިހާރު އެންމެ ގޯސްކޮށް އޮތީ އިންޑިއާގަ އެވެ. އެ ގައުމުގައި އެއް ދުވަހުން އަނެއް ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރި ފަރުވާ ދެވޭނެ ގޮތެއް ނެތުމުން އެތައް ހާސް ބަޔަކު ތިބީ މަގުމަތިވެފަ އެވެ.
މިއަދު އެކަނި ވެސް 349،786 މީހުން ޕޮޒިޓިވްވެފައިވެ އެވެ.
އިންޑިއާ އިން ޓޫރިސްޓުން ދަތުރުކުރުން މަނާކުރުމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގޮވަމުން ދަނިކޮށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ހާއްސަ އެންގުމުގައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖެ އަންނަ މީހުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
އެގޮތުން އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން، އޭގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނަ ވަގުތު އިންޑިއާގައި ހޭދަކޮށްފައިވާ މީހުން ހިމެނޭގޮތަށް ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ޗެކްއިން ވުން ހުއްޓާލަން އަންގައިފަ އެވެ. ނަމަވެސް މިހާރު މިފަދަ ތަންތަނަށް ޗެކްއިން ވެފައި ތިބި އިންޑިއާ ޓޫރިސްޓުންނަށް ބުކިން ހަދާފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ބުންޏެވެ.
އިންޑިއާ އިން ދަތުރުކުރާ މީހުންނަށް ހާއްސަ އުސޫލެއް ހެދި ނަމަވެސް ރިސޯޓުތަކަށް ޓޫރިސްޓުން އައުމުގައި ހުރަހެއް ނެތެވެ.
ރިސޯޓްތަކުން ޓޫރިސްޓުން ފުރުމުގެ ކުރިން ޑިޕާޗާ ޕީސީއާރު ޓެސްޓެއް ހަދަންޖެހެ އެވެ.
ކޮވިޑު ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް ރާއްޖެ އަންނަ މީހުންނާއި އިންޑިއާގައި ޓްރާންސިޓުގައި 24 ގަޑިއިރަށްވުރެ ގިނައިރު ހޭދަކޮށްފައިވާ މީހުން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއާ އެކު ދަތުރުކުރުން ހިމެނެ އެވެ. އޭގެ އިތުރުން އެ ގައުމުން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާމިޓު ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރު ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމާއި 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ވެސް ވަނީ އަންގައިފަ އެވެ.
"މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅި ނަމަވެސް އަހުރެން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަހުރެން އަންގާ ގޮތެއްގެ މަތީން އަމަލުކުރެވޭނެ އެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތާއި ހާލަތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންނެވެ،" މައިމޫނާގެ އެންގުމުގައިވެ އެވެ.
އިންޑިއާގެ ކްލަސްޓާ ރާއްޖޭގައި ބޮމެއްހެން ގޮވައިފާނެ
ގެސްޓްހައުސްތަކުގައި ތިބޭނަމަ ވެކްސިންގެ 2ޑޯޒް މަޖުބޫރު
ގެސްޓުހައުސް ހުންނަ ރަށަކުން ދާ ނަމަ ކަރަންޓީން ލާޒިމު
މާލެ، ހުޅުމާލެ، ވިލިމާލެއަށް ޓޫރިސްޓުން ގެނައުން މަނާ
އިންޑިއާގެ ޓޫރިސްޓުން ރާއްޖޭގެ ދަތުރުތައް ފަސްކުރަނީ
އިންޑިއާގައި ރާއްޖޭގެ ގެސްޓްހައުސްތައް އިޝްތިހާރު ކުރަނީ
ގެސްޓް ހައުސްތައް ފުރި، އިންޑިއާ ޓޫރިސްޓުން ގޭގެޔަށް!
އިންޑިއާގެ ޓޫރިސްޓުން ގެސްޓް ހައުސްތައް ފުރާލައިފި
ވެކްސިން ހުއްޓައިލީ އެ ލިބުން ދަތިވެގެން
އިންޑިއާއިން އަންނަ ޓޫރިސްޓުން ނޫން މީހުން ކަރަންޓީނަށް