Roadha Mihaaru
ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި

ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި

27 ފެބުރުއަރީ 2021

ކޮވިޑް-19 އިންް ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން (ކޮވިޝީލްޑް)ގެ ފުރަތަމަ ޑޯޒު މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުންނަށް ދީފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އިންް ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން (ކޮވިޝީލްޑް)ގެ ފުރަތަމަ ޑޯޒު މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުންނަށް ދީފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިރޭ ބުނެފި އެވެ.

އެޗުޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ވެސިނުގެ ފުރަތަމަަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 105،492 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 72،872 މީހުންނަކީ މާލެ ސަރަހައްދުގައި ވެކްސިން ދިިން މީހުންނެވެ. ރާއްޖޭގެ އެހެން ސަަރަހައްދުތަކުގައި ވެކްސިނުގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދަކީ 32،620 މީހުންނެވެ.

ވެކްސިން ޖެހި މީހުންގެ އަދަދު ލައްކައަކަށް ވުރެ މަތިވި އިރު މިއަދު އެކަނި ވެސް 6،073 މީހަކަށް ރާއްްޖޭގައި ވެކްސިން ދިނެވެ. އެއީ މާލެ ސަރަހައްދުން 3،147 މީހަކާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި 2،926 މީހުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ވެކްސިން ފުރަތަމަ ދޭން ފެށީ އަވަށްޓެރި އިންޑިއާ އިން އެއްލައްކަ ޑޯޒުގެ ވެކްސިން ހަދިޔާ ކުރުމުންނެވެ. އިންޑިއާ އިން އޭގެ ފަހުން ވެސް ވަނީ ރާއްޖެ އަށް އެއްލައްކަ ޑޯޒްގެ ވެކްސިން ދީފަ އެވެ. ހަމަ އެއަދަދުގެ ވެކްސިން ޑޯޒު ރާއްޖެ އަށް ދޭން ޗައިނާ އިން ވެސް ވައުދު ވެފައި ވާއިރު އިންޑިިއާ އިން ވަނީ ދެވަނަ ފަހަރަށް ވެސް ހަމަ އެއަދަށް ވެކްސިން ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ޗައިނާގައި އުފެއްދި ސައިނޯފާމް ވެކްސިނުގެ 10،000 ޑޯޒުގެ ވެކްސިން އަމިއްލަ ފަރާތަކުން ވެސް ވަނީ ހަދިޔާ ކޮށްފަ އެވެ. މިއާ އެކު، ރާއްޖެއަށް ލިބުނު ވެކްސިން ޑޯޒުގެ އަދަދު 240،000 އަށް އަރަ އެވެ.

ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މި ދިޔަ މަހުގެ 28 ގަ އެވެ. އޭގެ ފަހުން އެއްލައްކަ އަށް ވުރެ ގިނަ މީނުންގެ ގަޔަށް ވެސް މިހާރު ވެކްސިން ޖަހާފައި ވާއިރު ވެކްސިން ދިނުމުގެ މަސައްކަތް ރާއްްޖޭގައި މެދުކަނޑައެއް ނުލަ އެވެ. އެއީ އެޗްޕީއޭ އިން ކުރިއްސުރެ ކަނޑައަޅާފައި އޮތް ލަނޑުދަނޑިއެކެވެ.