Roadha Mihaaru
ކޮވިޑް-19 އަށް މިއަދު 2،600 މީހުން ޕޮޒިޓިވް

ކޮވިޑް-19 އަށް މިއަދު 2،600 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ

25 ޖެނުއަރީ 2022

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 2،600 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 2،600 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެގެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 2،609 މީހުންގެ ތެރެއިން 1،427 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. އަތޮޅު ތެރެއިން 783 މީހަކު ވެސް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 122،000 އަށް ވުރެ މައްޗަށް ގޮސްފައި ވިޔަސް، އެ ބަލި ޖެހުނު މީހުންގެ ތެރެއިން 105،000 އަށް ވުރެ ގިނަ މީހުން ރަނގަޅު ވެފައިވާތީ މިވަގުތު އެ ބަލި ޖެހިފައި ތިބީ 16،666 މީހެކެވެ. އޭގެ ތެރެއިން 57 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގަ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ވަނީ 271 މީހަކު މަރުވެފަ އެވެ. އެންމެ ފަހުން އެ ބަލީގައި މީހަކު މަރުވީ މިއަދެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް ދަނީ ވަރުގަދަ ކުރަމުންނެވެ.