04 މެއި 2021
ޗައިނާގެ ސޯޝަލް ޕްލެޓްފޯމް ޓިކްޓޮކްގެ މައްސަލާގައި އެމެރިކާ އާއި ޗައިނާ މިދިޔަ އަހަރު ކޯޅެމުން ދަނިކޮށް ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި އެ އެޕް ހިންގާ ބައިޓްޑާންސްގެ ސީއޯއޯގެ މަގާމު އަދާކުރަމުން ދިޔަ އެމެރިކާގެ ކެވިން މޭޔާ މަގާމުތައް ދޫކޮށްލިތާ ގާތްގަނޑަކަށް އަށް މަސް ފަހުން ޓިކްޓޮކްގެ އާ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ސިންގަޕޫރު މީހަކު ހަމަޖައްސައިފި އެވެ.
ޗައިނާގެ ސޯޝަލް ޕްލެޓްފޯމް ޓިކްޓޮކްގެ މައްސަލާގައި އެމެރިކާ އާއި ޗައިނާ މިދިޔަ އަހަރު ކޯޅެމުން ދަނިކޮށް ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި އެ އެޕް ހިންގާ ބައިޓްޑާންސްގެ ސީއޯއޯގެ މަގާމު އަދާކުރަމުން ދިޔަ އެމެރިކާގެ ކެވިން މޭޔާ މަގާމުތައް ދޫކޮށްލިތާ ގާތްގަނޑަކަށް އަށް މަސް ފަހުން ޓިކްޓޮކްގެ އާ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ސިންގަޕޫރު މީހަކު ހަމަޖައްސައިފި އެވެ.
ބައިޓްޑާންސުން ނެރުނު ބަޔާނެއްގައި ބުނީ އެ މަގާމަށް ހަމަޖެއްސީ މި އަހަރުގެ ކުރީކޮޅު ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި ޝޯޒީ ޗޫ ކަމަށެވެ. އޭނާ އަކީ ކުރިން ވާވޭގެ އިސް މަގާމެއް ވެސް އަދާކޮށްފައިވާ މީހެކެވެ. ބައިޓްޑާންސުން ބުނީ ސީއީއޯގެ އިތުރުން ޝޯޒީ ސީއެފްއޯގެ މަގާމުގައި ވެސް ދެމިހުންނަވާނެ ކަމަށެވެ.
ޓިކްޓޮކްގެ ސީއީއޯގެ މަގާމު ކެވިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ދޫކޮށްލެއްވުމާ ގުޅިގެން ވަގުތީ ގޮތުން ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދެވީ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމު އަދާކުރައްވަމުން ގެންދެވި ވަނެޒާ ޕަޕަޒް އެވެ. މިހާރު ޓިކްޓޮކަށް އާ ސީއީއޯ އަކު ހަމަޖެހުމާ ގުޅިގެން އޭނާ ކުރިން ހުރި މަގާމަށް މިހާރު ވަނީ އިޔާދަކޮށްފަ އެވެ.
ކުރިން ޑިޒްނީގެ އިސް މަގާމުތަކެއް ވެސް ފުރުއްވި ކެވިން ޓިކްޓޮކާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން 1 ގަ އެވެ.
ޓިކްޓޮކަށް އާ ސީއީއޯ އަކު ހަމަޖެހުމާ ގުޅިގެން ބައިޓްޑާންސްގެ ސީއީއޯ ޔިމިން ޒަންގް ވިދާޅުވީ އާ ސީއީއޯ އާއި ވަނެސާއާ އެކު އަނެއްކާ ވެސް ޓިކްޓިކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
"އެ ދެ މީހުންގެ ލީޑަޝިޕްގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވި، ޓިކްޓޮކްގެ މަގުބޫލުކަން އިތުރަށް ބޮޑުވެގެން ދާނެ،" ޔިމިން ވިދާޅުވި އެވެ. "ފާހަގަކޮށްލަން ޖެހޭ ކަމަކީ ޝޯޒީ އަކީ އިންޑަސްޓްރީގެ ވަރަށް ތަޖުރިބާ ހުންނެވި ގާބިލް ބޭފުޅެއްކަން. ޔަގީނުން ވެސް އޭނާގެ ތަޖުރިބާގެ އަލީގައި ޓިކްޓޮކްގެ ކުރިމަގު ވަރަށް ރަނގަޅަށް ބައްޓަންވެގެން ދާނެ."
ޓިކްޓޮކްގެ ހެޑްކުއާޓަރު ޗައިނާގައި ހުއްޓަސް، އާ ސީއީއޯ މަސައްކަތްކުރައްވާނީ އަމިއްލަ ގައުމު ސިންގަޕޫރްގައި ހުންނަވައިގެންނެވެ. ބައިޓްޑާންސުން ބުނީ އެގޮތަށް މަސައްކަތްކުރަން މިހާރު ޖެހުމަކީ މާ ބޮޑު ތަފާތެއް ފެންނަ ކަމެއް ނޫން ކަމަށެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް
މީހެއްގެ އަޑު ބޭނުންކުރާތީ ޓިކްޓޮކަށް ދައުވާކޮށްފި
ޓިކްޓޮކްގެ ފިރިހެން ރެކޯޑް ޒެކް ކިންގް އަށް
ކޮވިޑްގައި ކުއްލިއަކަށް އާންމުވި ޒޫމް ފުޅާކުރަނީ
ޓިކްޓޮކްގައި 100 މިލިއަން ހަމަކޮށްގެން ރެކޯޑެއް
ޓްރަމްޕުގެ ނާކާމިޔާބީން ޓިކްޓޮކަށް ހަމަނޭވާ ލެވިއްޖެ
ސޮނީ މިއުޒިކާއެކު ޓިކްޓޮކަށް މުއްސަނދިކަން
ޕާކިސްތާނުން ވެސް ޓިކްޓޮކް މަނާކޮށްފި
ޓިކްޓޮކާ ގުޅޭ ގޮތުން ޓްރަމްޕްގެ ރާގު ބަދަލުވެއްޖެ