14 ނޮވެމްބަރ 2020
ގައުމީ ސަލާމަތަށް ނުރައްކާތެރި އެޕެއް ކަމަށް ބުނެ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގައި ޓިކްޓޮކް މަނާކުރަން ކުރި މަސައްކަތް އެ ގައުމުގެ ކޮމާސް ޑިޕާޓަމަންޓް ހުއްޓުވައިފި އެވެ.
ގައުމީ ސަލާމަތަށް ނުރައްކާތެރި އެޕެއް ކަމަށް ބުނެ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގައި ޓިކްޓޮކް މަނާކުރަން ކުރި މަސައްކަތް އެ ގައުމުގެ ކޮމާސް ޑިޕާޓަމަންޓް ހުއްޓުވައިފި އެވެ.
މިގޮތަށް ނިންމީ ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކައި ނުލާ ނަމަ އެ އެޕް މަނާކުރާނެ ކަމަށް ބުނެ ދިން ސުންގަޑި މި މަހުގެ 12 އަށް ހަމަވުމުންނެވެ. ޓްރަމްޕްގެ ސަރުކާރުން ޓިކްޓޮކަށް އަޅަން ރޭވި ފިޔަވަޅު އެންމެ ފަހު ވަގުތު ކޮމާސް ޑިޕާޓްމަންޓުން ހުއްޓުވައިލި އިރު، ކުރިއެކޭ އެއްގޮތަށް ދެން އެމެރިކާގައި ޓިކްޓޮކް ޑައުންލޯޑްކޮށް، ބޭނުންކުރެވޭނެ އެވެ. ޓިކްޓޮކް މަނާކުރަން ސަރުކާރުން ކޯޓަށް ހުށަހެޅި މައްސަލަ ވެސް އޮތީ އިންތިހާބުގެ ފަހުން ނޫނީ ގޮތެއް ނުނިންމަން ބާއްވައިފަ އެވެ.
ޓްރަމްޕް ޓިކްޓޮކަށް ޖެއްސި ތުރާތަކަށް ނިމުމެއް އައިސްފައި މި ވަނީ މި މަހުގެ 3 ގައި ބޭއްވި ރިއާސީ އިންތިހާބުގައި ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވައި ބަލިވެވަޑައިގެންފައި ވަނިކޮށެވެ. އެކަމަކު ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވަމުންނެވެ.
ޓިކްޓޮކް އެމެރިކާގައި ހިންގަން ބޭނުންވާ ނަމަ އޮތް ގޮތަކީ އެ ގައުމު ހިއްސާވާ ގޮތަށް ޓިކްޓޮކް އެމެރިކާގައި އޮޕަރޭޓްކުރުން ކަމަށް ބުނެ، ދިން އިންޒާރުތަކާ އެކު ބައިޓްޑާންސުން ވަނީ އެމެރިކާގެ ދެ ކުންފުންޏަކާ އެކު ޕާޓްނަޝިޕް ވެސް މިދިޔަ ސެޕްޓެމްބަރު މަހު ހަދައިފަ އެވެ. އެ ދެ ކުންފުންޏަކީ އޮރޭކަލް ކޯޕަރޭޝަނާއި ވޮލްމާޓެވެ.
ޓްރަމްޕްގެ ސަރުކާރުން ތުހުމަތުކޮށްފައިވާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރާއި އަސްކަރިއްޔާ އިން ވާގިދީގެން އެމެރިކާ އަށް ޖާސޫސުކުރާ އެޕެކެވެ. އަދި އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތުތައް ވެސް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރެ އެވެ. އެކަމަކު އެ ތުހުމަތުތަކަށް ޓިކްޓޮކުން އިންކާރުކުރެ އެވެ.
ޓިކްޓޮކާ ގުޅޭ ގޮތުން ޓްރަމްޕްގެ ރާގު ބަދަލުވެއްޖެ
ވީޗެޓް އެމެރިކާގައި މަނާކުރުން ހުއްޓުވައިފި
ބައިޓްޑާންސްގެ ސަބްސިޑަރީއަކަށް "ޓިކްޓޮކް ގްލޯބަލް"
ޓިކްޓޮކާއި އޮރޭކަލްގެ މުއާމަލާތް ބަލައިނުގަނަވޭނެ
ވޮލްމާޓުން ވެސް ޓިކްޓޮކް ގަންނަން ނުކުމެއްޖެ
ކެވިން ޓިކްޓޮކްގެ ސީއީއޯގެ މަގާމުން ވަކިވެއްޖެ
ޓިކްޓޮކުން އެމެރިކާ ސަރުކާރަށް ދައުވާކޮށްފި
ވީޗެޓް ބޭނުންކުރާ ބަޔަކު އެމެރިކާ އަށް ދައުވާކޮށްފި
ޓިކްޓޮކުން އެމެރިކާ ސަރުކާރަށް ދައުވާކުރަނީ
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ