Roadha Mihaaru
ވީޗެޓް ބޭނުންކުރާ ބަޔަކު އެމެރިކާ އަށް ދައުވާކޮށްފި

ވީޗެޓް ބޭނުންކުރާ ބަޔަކު އެމެރިކާ އަށް ދައުވާކޮށްފި

25 އޯގަސްޓް 2020

ޗައިނާގެ ޓިކްޓޮކާ އެއްގޮތަށް އެ ގައުމުގެ ވީޗެޓަކީ ވެސް އެމެރިކާ އަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ވީޗެޓް އެމެރިކާގައި މަނާކުރާނެ ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، އެ އެޕް ބޭނުންކުރާ ބަޔަކު އެމެރިކާ ސަރުކާރަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ޓިކްޓޮކާ އެއްގޮތަށް އެ ގައުމުގެ ވީޗެޓަކީ ވެސް އެމެރިކާ އަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ވީޗެޓް އެމެރިކާގައި މަނާކުރާނެ ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، އެ އެޕް ބޭނުންކުރާ ބަޔަކު އެމެރިކާ ސަރުކާރަށް ދައުވާކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ޓެންސެންޓުން އޮޕަރޭޓްކުރާ ވީޗެޓް މަނާކުރާނެ ކަމަށް ބުނެ ޓްރަމްޕް މި މަހުގެ 6 ގައި ނެރުއްވި އަމުރުގެ މައްސަލާގައި އެ ގައުމުގެ ސަރުކާރަށް ދައުވާކުރަން ހުކުރު ދުވަހު ސެން ފްރެންސިސްކޯގެ ޑިސްޓްރިކްޓް ކޯޓަށް ވީޗެޓް ޔޫޒާސް އެލައިންސުން ހުށަހެޅީ އެ އިންޒާރަކީ ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށް ބުނެ އެވެ.

މި ދައުވާގައި ޓެންސެންޓާއި ވީޗެޓްގެ އެއްވެސް ދައުރެއް ނެތެވެ. އެކަމަކު ވީޗެޓުންވެސް ވަނީ ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ކޯޓަށްދާނެ ކަމަށް ބުނެފަ އެވެ.

ދައުވާކުރަން ހުށަހެޅި ވީޗެޓް ޔޫޒާސް އެލައިންސުން ބުނެފައވާ ގޮތުގައި އެމެރިކާ އިން ވީޗެޓަށް ފިޔަވަޅު އަޅަން ދިމާކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް އަރައިގަތުމުގެ އަމަލެކެވެ. ދައުވާގައި ބުނެފައިވާ ގޮތުގައި ވީޗެޓް އެމެރިކާގައި މަނާކުރާނެ ކަމަށް ބުނެ ދެއްކި ބިރަކީ ޗައިނާ ދަރިކޮޅުގެ އެމެރިކާ ރައްޔިތުންނަށް ޓްރަމްޕް ދެއްވި އިންޒާރެކެވެ.

ދައުވާގައި ބުނެފައި ވަނީ ވީޗެޓަކީ މިހާރު އެ މީހުން ދުވަހުގެ ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެއް ކަމަށާއި އެމެރިކާ ސަރުކާރުން މަަސައްކަތްކުރަނީ އެ ހައްގަށް އަރައިގަންނަން ކަމަށެވެ. އެހެންވެ އެކަން ހުއްޓުވައިދޭން އެދިފައިވެ އެވެ.

މި މަހުގެ 6 ވަނަ ދުވަހު ނެޝަނަލް އިމަޖެންސީޒް އެކްޓާއި އިމަޖެންސީ އިކޮނިމިކް ޕަވާޒް އެކްޓްގެ ދަށުން ޓްރަމްޕް ނެރުއްވި އަމުރުގައިވާ ބުނެފައި ވަނީ ކުރިއަށް އޮތް 45 ދުވަހުގެ ފަހުން ބައިޓްޑާންސުން ހިންގާ ޓިކްޓޮކާއި ޓެންސެންޓުން ހިންގާ ވީ ޗެޓާ އެމެރިކާއިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއްކޮށްގެން ނުވާނެ ކަމަށެވެ.

ޓިކްޓޮކް އެމެރިކާ އަށް ވިއްކައިލަން އެމެރިކާ އިން މަޖުބޫރުކުރަމުންދާ އިރު، އެ މުއާމަލާތް ކޮޅެއްގައި ޖައްސަން ޓްރަމްޕް މި މަހުގެ 14 ގައި ވަނީ 90 ދުވަހުގެ މުހުލަތެއް ދެއްވައިފަ އެވެ.