Roadha Mihaaru
ޓިކްޓޮކުން އެމެރިކާ ސަރުކާރަށް ދައުވާކޮށްފި

ޓިކްޓޮކުން އެމެރިކާ ސަރުކާރަށް ދައުވާކޮށްފި

26 އޯގަސްޓް 2020

ޗައިނާގެ ބައިޓްޑްންސުން ހިންގާ ޓިކްޓޮކް އެމެރިކާ އަށް ވިއްކައިނުލާ ނަމަ އެ ގައުމުގައި މަނާކުރާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޓްރަމްޕް ބިރު ދައްކަވާ ކަމަށް ބުނެ ދައުވާކުރަން ފެޑެރަލް ކޯޓަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ބައިޓްޑްންސުން ހިންގާ ޓިކްޓޮކް އެމެރިކާ އަށް ވިއްކައިނުލާ ނަމަ އެ ގައުމުގައި މަނާކުރާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޓްރަމްޕް ބިރު ދައްކަވާ ކަމަށް ބުނެ ދައުވާކުރަން ފެޑެރަލް ކޯޓަށް ހުށަހަޅައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ބައިޓްޑާންސުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކޯޓާ ހަމަ އަށް ދާން ނިންމީ ޓިކްޓޮކާ ބެހޭ ގޮތުން އެމެރިކާގެ ސަރުކާރުން ކުރާ ތުހުމަތުތައް ސާފުކޮށްދޭން ކުރި އެއްވެސް މަސައްކަތްތަކަށް އެއްބާރުލުން ނުދީ، ފިއްތުންތައް ކުރިމަތިކުރަނުންދާތީ ކަމަށެވެ. އެހެންވެ މިކަން ލުއިކޮށް ނުނަގާނެ ކަމަށާއި އެމެރިކާ އިން ތުހުމަތުކުރާ ގޮތަށް ޓިކްޓޮކަކީ އެ ގައުމުގެ ސަލާމަތެއް ހުރި ނުރައްކަލެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. ޓިކްޓޮކުން ބުނި އެ ޕްލެޓްފޯމަކީ އަބަދު ވެސް އެ ބޭނުންކުރާ މީހުންގެ ހައްގުތައް ކަށަވަރުކޮށްދޭ، ޕްރައިވެސީ ދަމަހައްޓައިދޭނެ އެއްޗެއް ކަމަށެވެ.

އެމެރިކާ އިން ތަކުރާރުކޮށް ކުރާ ތުހުމަތުގައި، ޓިކްޓޮކަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާ އިން ވާގިދީގެން އެމެރިކާ އަށް ޖާސޫސްކުރާ އެއްޗެއް ކަމަށް ބުނެ އެވެ. އަދި އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތުތައް ވެސް ޓިކްޓޮކުން ނަހަމަ ގޮތުގައި ޗައިނާ އިން ބޭނުންކުރާ ކަމަށް އެމެރިކާ އިން ބުނެ އެވެ.

އެމެރިކާއާ ދެކޮޅަށް ޓިކްޓޮކުން ކުރާ ދައުވާގައި ބުނެފައި ވަނީ މިކަން ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ވެސް ނޫން ކަމަށެވެ.

ތުހުމަތުތަކެއް އަޅުވައި ޓްރަމްޕްގެ ސަރުކާރުން ގެންދަވަނީ އެމެރިކާގައި ޓިކްޓޮކް މަނާކުރަން ބޭނުންނުވާ ނަމަ އޮތް ހަމައެކަނި ހައްލަކީ އެ އެޕް އެމެރިކާގެ ކުންފުންޏަކަށް ވިއްކައިލުން ކަމަށް ބުނެފަ އެވެ. އަދި މިކަމާ ގުޅިގެން ޓްރަމްޕްގެ ރުހުމާ އެކު މައިކްރޮސޮފްޓާއި އޮރޭކަލް ކޯޕަރޭޝަނުން އަންނަނީ ޓިކްޓޮކް ގަންނަން ބައިޓްޑާންސާ އެކު މަޝްވަރާކަރަމުންނެވެ. މައިކްރޮސިފްޓުން ބުނެފައިބާ ގޮތުގައި އެ މުއާމަލާތް އަންނަ މަހުގެ 15 ހިސާބުގައި ކޮޅެއްގައި ޖެއްސޭނެ އެވެ.

ޓިކްޓޮކް އެމެރިކާ ވިއްކައިލަން ޓްރަމްޕްގެ އަމުރަކުން 45 ދުވަހުގެ މުހުލަތެއް މި މަހުގެ 6 ވަނަ ދުވަހު ދެއްވުވުމަށް ފަހު، އެ މުހުލަތު މި މަހުގެ 14 ގައި ވަނީ 90 ދުވަހަށް އިތުރު ވެސް ކޮށް ދެއްވައިފަ އެވެ. އެހެންވެ ޓިކްޓޮކާ އެކު ކުރިއަށް ގެންދާ މުއާލަމާތް އަންނަ ނޮވެމްބަރު މަހުގެ 12 އާ ހަމައަށް ކުރިއަށް ގެންދެވޭނެ އެވެ.

އެމެރިކާ ސަރުކާރަށް ޓިކްޓޮކް ދައުވާކުރި އިރުު މިދިޔަ ހުކުރު ދުވަހު ޗައިނާގެ ޓެންސެންޓުން ހިންގާ ވީޗެޓުން ބޭނުންކުރާ ބަޔަކު ވަނީ ޓްރަމްޕްގެ ސަރުކާރަށް ދައުވާކުރަން ސެން ފްރެންސިސްކޯގެ ޑިސްޓްރިކްޓް ކޯޓަށް ހުށަަޅައިފަ އެވެ. އަދި ޓެންސުންޓުން ވެސް ބުނެފައި ވަނީ އެމެރިކާގެ ސަރުކާރާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށެވެ.